ތިން މޮޅާއެކު ކިރްގިސްތާނުގެ ބިޝްކެކް ފައިނަލާ ގާތަށް

ތިން މޮޅާއެކު ކިރްގިސްތާނުގެ ބިޝްކެކް ފައިނަލާ ގާތަށް

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025ގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު ބަލިކޮށް މުބާރާތުގައި ކިރްގިސްތާނުގެ ބިޝްކެކް ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު މެންދުރު ކުރިއަށްދިޔަ މެޗު އެ ޓީމުން ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

]ތިން މޮޅާއެކު ކިރްގިސްތާނުގެ ބިޝްކެކް ފައިނަލާ ގާތަށް

މެޗުގެ ފުރަތަމަ ސެޓު 25-20ގެ ނަތީޖާއަކުން ބިޝްކެކު ކާމިޔާބުކުރި ނަމަވެސް ހެލްޕް ނޭޕާލުންވަނީ ފަހަތުން އަރާ ދެވަނަ ސެޓު 28-26ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

ތިންވަނަ ސެޓު ބިޝްކެކުން 25-20ގެ ނަތީޖާއަކުން ކާމިޔާބުކޮށް އުންމީދު އައުކުރި ނަމަވެސް، ހެލްޕު ނޭޕާލުން ވަނީ 25-17އިން ހަތަރުވަނަ ސެޓު ކާމިޔާބުކޮށްފައެވެ.

މެޗުގެ ފަސްވަނަ ސެޓު ކިރްގިސްތާނުން ފެށީ ވެސް ވަރުގަދަކޮށެވެ. ފަސްވަނަ ސެޓު ކިރްގިސްތާނު ކާމިޔާބުކުރި ނަތީޖާއަކީ 15-11އެވެ.

މިއީ މުބާރާތުގައި ހެލްޕް ނޭޕާލުގެ ފުރަތަމަ ބައްޔެވެ. އެ ޓީމު ވަނީ ފުރަތަމަ މެޗުގައި ރާއްޖޭގެ ލީގު ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު ބަލިކޮށް، ދެވަނަ މެޗުގައި ކުލަބް އެޗްޑީސީ ބަލިކޮށްފައެވެ. އަނެއްކޮޅުން މިއީ ކިރްގިސްތާނަށް މުހިއްމު މޮޅެކެވެ. އެ ޓީމު ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފައެވެ.

ތިން މޮޅާއެކު ކިރްގިސްތާނުގެ ބިޝްކެކް ފައިނަލާ ގާތަށް

މުބާރާތުގައި ހެލްޕް ނޭޕާލް ދެން މެޗެއް ކުޅޭނީ ހޯމަ ދުވަހުއެވެ. އެ ދުވަހު 13:00 ބައްދަލުކުރާނީ ކަޒަކިސްތާނުގެ ޒައިކް ވީސީ އާއެވެ. އަދި ބިޝްކެކް ކުޅޭނީ އެ ދުވަހުގެރޭ 20:45 ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ކުލަބު އެޗްޑީސީއާއެވެ.

މި މެޗުތައް އެސްއެސްޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް