ސައިކަލެއް ކޮންޓްރޯލްނުވެ، ފާމަސީއެއްގެ ބިއްލޫރިގަނޑުގައި ޖެހިއްޖެ

މިއަދު އެކްސިޑެންޓުވި ސައިކަލު---ފޮޓޯ: އެމްވީ ކްރައިސިސް

ސައިކަލެއް ކޮންޓްރޯލްނުވެ، ފާމަސީއެއްގެ ބިއްލޫރިގަނޑުގައި ޖެހި މިއަދު އެކްސިޑެންޓުވެއްޖެއެވެ.

ފުލުހުން މިއަދު 'ސަން'އަށް ބުނީ މި ހާދިސާ ހިނގީ މާލެ ހިތަށްފިނިވާ މަގުގައި ކަމަށެވެ. އެ މަގުގައި ދުއްވި ސައިކަލެއް ކޮންޓުރޯލުނުވެ، ގޮސް ފާމަސީއެއްގެ ބިއްލޫރިގަނޑުގައި ޖެހި އެކްސިޑެންޓުވެފައިވާ ވީޑިއޯތައް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 13:04 އެހާކަށްހާއިރުގައި ކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ.

މި ހާދިސާގައި ބިއްލޫރިގަނޑުގައި ޖެހުނު ސައިކަލު ދުއްވި މީހާގެ އިނގިލި ކަނޑައިގެން ގޮސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެކަމަކު، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއްވެފައިނުވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

https://sun.mv/212650

ފުލުހުން ބުނީ، މިހާތަނަށް ބެލިބެލުމުން މި އެކްސިޑެންޓު ހިނގަން މެދުވެރިވީ އެ ސައިކަލު އިތުރު ސައިކަލެއްގައި ޖެހި އެކްސިޑެންޓުވުމުންނެވެ. ސައިކަލު މަޑުކުރަން އުޅުމުގެ ތެރޭގައި މުއްގަނޑަށް ހިފާލެވި، ކޮންޓުރޯލު ނުވެގެން ގޮސް ފާމަސީ ބިއްލޫރިގަނޑުގައި ޖެހުނީ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.

މާލޭގައި ހިނގާ ސައިކަލުގެ އެކްސިޑެންޓުތައް ގިނަކަން ފާހަގަކޮށްލަން ޖެހެއެވެ. ތަފާސްހިސާބުން ދައްކާ ގޮތުގައި މި މަހު ފަސްވަނަ ދުވަހުން ފެށިގެން 11 ދުވަހުގެ ނިޔަލަށް ބުރިޖާއި ހައިވޭގައި ޖުމުލަ 40 އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ސައިކަލަކާއި ސައިކަލެއް ޖެހުމުގެ އަށް އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

މިދިޔަ ހަފުތާގައި ވެސް ސައިކަލެއްގައި ޖެހި ކުޑަކުއްޖަކަށް އަނިޔާ ލިބުނު ކަމަށް ފުލުހުން ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް