ބީއެމްއެލް އިން އައްޑޫގައި ބޭއްވި ކާނިވަލަށް ބޮޑު ތަރުހީބެއް

ބީއެމްއެލް އިން އައްޑޫސިޓީގައި އޮކްޓޫބަރު 29 ން 30 ށް ބޭއްވި ކާނިވަލަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ- ފޮޓޯ: ބީއެމްއެލް

ދިވެހީންގެ ބޭންކު، ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން އައްޑޫސިޓީގައި ބޭއްވި ކާނިވަލަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

އޮކްޓޫބަރު 29 އިން 31 އަށް އައްޑޫސިޓީގައި ކުރިޔަށް ގެންދިޔަ ކާނިވާގައި، އެ ސިޓީގެ ގިނަ ރައްޔިތުންވަނީ ބައިވެރިވެފައެވެ.


ބީއެމްއެލް އިން ބުނިގޮތުގައި މިކާނިވާ ގައި ކޮންމެ ދުވަަހަކުވެސް ލަކީޑްރޯ އެއް ކުރިޔަށްގެންދިޔައެވެ. މި ލަކީޑްރޯ ގައި ބައިވެރިންގެ ތެރެއިން ނަސީބުވެރި ހަތަރު ފަރާތަކަށް ޖުމްލަ ހަތަރު ސައިކަލު ދޫކޮށްފައިވެއެވެ.

ބީއެމްއެލް އިން އައްޑޫ ސިޑީގައި ބޭއްވި ކާނިވާގެ ތެރެއިން، މި ކާނިވަލަށް ވަނި ބޮޑު ތަރުހީބެއް ލިބިފަ- ފޮޓޯ: ބީއެމްއެލް

މީގެ އިތުރުންވެސް މި ކާނިވާގައި ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ. އެގޮތުން އައްޑޫ ސިޓީގެ އެކި ސްކޫލުތަކުގެ ދަރިވަރުންގެ ހުށަހެޅުންތަކާއި މަގުބޫލު ބޭންޑުތައްވެސް ފެނިގެން ދިޔައެވެ.

އަދި ކުޑަކުދިންނަށް ޚާއްސަ ގޭމްތަކުގެ އިތުރުން ކާބޯތަކެތި ވިއްކާ މަގުބޫލު ވިޔަފާރިތަކުގެ ސްޓޯލްތައް ވެސް ބެހެއްޓިފައިވެއެވެ. މި ކޮންމެ ހަރަކާތަކަށް ވެސް ބޮޑު ތަރުހީބެއް އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން ވަނީ ލިބިފައެވެ.

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އިން އަންނަނީ އެކި މުނާސާބާތަކާއި ގުޅިގެނާއި، އެ ނޫން ވެސް ގޮތްގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރައްޔިތުންނާއި ގުޅުންހުރި ތަފާތު ހަރަކާތްތަކާއި ޕްރޮމޯޝަންތައް ހިންގަމުންނެވެ. އަދި އެ ބޭންކުން އަންނަނީ ސީއެސްއާރުގެ ދަށުން މުޖުތަމައުއަށް އަގުހުރި ޚިދުމަތްތަކެއް ވެސް ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް