Last Updated: 40 minutes 27 seconds ago

މުޅި ރާއްޖެއަށް ވެސް ވަރަށް ހޫނުގަދަ، 3 ގަޑިއިރު ތެރޭ ވޯޓްލީ 20 ޕަސެންޓް

ބުލޮގު ޚުލާސާ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރެފަރަންޑަމް އިންތިޚާބުގެ ކަވަރޭޖަށް މަރުޚަބާ.

12:24

މިއަދު 11 ޖެހުމާ ހަމައަށް ވޯޓްލީ, 19.95 ޕަސެންޓް, އެއީ 58819 މީހުން

12:18
މަޝްހޫރު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވޯޓް ލެއްވުން: ސަން ފޮޓޯ: ޝާތިއު މުޙައްމަދު
11:45

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އަމާންކަމާއެކީ ވޯޓުލާ މަންޒަރު ފެންނާތީ, ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް. އަދި ހުރިހާ ރައްޔިތުން ވެސް ހައްގު އަދާކުރެއްވުމަށް އިލްތިމާސް ކުރެއްވެވި.

އިންސާފުވެރިކަމާ ސުލްހަވެރިކަމާއެކު ކެމްޕެއިން ހިންގިއްޖެ. އެގޮތަށް ޑިމޮކްރަސީ ހިނގާތަން ފެންނާތީ އުފާވޭ.
ރައީސް މުޙައްމަދު ނަޝީދު ވޯޓް ލެއްވުން: ވިދާޅުވީ އަމާންކަމާއެކު ވޯޓުގެ ކަންކަން ދާނީ އުފާވެލައްވާ ކަމަށް-- ސަން ފޮޓޯ: ޝާތިއު މުޙައްމަދު
11:15

ވޯޓްލުމުގެ ކަންކަން މުޅި ރާއްޖޭގައި ކުރިއަށްދަނީ ވަރަށް ސުލްހަވެރިކަމާއެކުގައި. ފުލުހުން ބުނީ މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށް.

11:04

ވޯޓް ލެއްވުމަށް ފަހު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައި. އަދި ރައްޔިތުން ވޯޓް ލާއިރު ވަރަށް ވިސްނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި.

އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް ޞާލިޙް: -- ފޮޓޯ/ އެމްޑީޕީ
10:53

ވޯޓްލާން ފެށިތާ ދެ ގަޑިއިރުގެ ތެރޭގައި ވޯޓްލީ, 41162 މީހުން, އެއީ ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 13.96 ޕަސެންޓް.

ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުالله ޔާމީން ވޯޓްލެއްވުމަށް ފަހު ވިދާޅުވީ ރެފަރަންޑަމް ވޯޓަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށް. އަދި ހަމައެހެންމެ ވޯޓް ކަރުދާސް ޑިޒައިން ކޮށްފައި ވަނީ އާއްމުންނަށް ފަސޭހަ ގޮތަކަށް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވި.


އަޅުގަނޑުމެން އެންމެން އިލްތިމާސް މި ކުރަނީ ވީހާވެސް ގިނަ ބަޔަކު ވޯޓް ލެވޭގޮތް ހަދައި ދޭށޭ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން ވަރަށް ޣައިރު ޒިންމާދާރުކޮށް އެކަން ކޮށްފައި ވަނީ
10:00

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމާއި ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް, ވޯޓްލައްވައިފި.

ޕީއެންސީގެ މޭޔާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ވޯޓް ލައްވަނީ-- ސަން ފޮޓޯ: ޝާތިއު މުޙައްމަދު
މާލޭގެ މޭޔަރު އާދަމް އާޒިމް ވޯޓް ލައްވަނީ-- ސަން ފޮޓޯ: މުޙައްމަދު ޝާން
09:44

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް, އަބްދުއްރަހްމާން ސަލާހު ރަޝީދު ވިދާޅުވީ އިންތިޚާބާ ގުޅިގެން މިހާތަނަށް އެ ކޮމިޝަނަށް 10 ޝަކުވާ ހުށަހަޅާފައިވާ ކަމަށް. އޭގެ ތެރޭގައި ހިމެނެނީ މަނާ ގަޑީގައި ކެމްޕެއިން ކުރުމާއި ތިން ވޯޓެއް ކުރިއަށް ދާއިރު އެ ވޯޓް ކަރުދާހެއް ލާން ޖެހޭ ފޮށި ނޫން އެހެން ފޮއްޓަކަށް ލެވިއްޖެ ނަމަ ބާތިލު ވާނެތޯ އެހުން ފަދަ ކަންކަން ކަމަށް އޭނާ ވިދާޅުވި.

ވޯޓްލުން ކުރިއަށް ދަނީ: ސަން ފޮޓޯ: ޝާތިއު މުޙައްމަދު
09:43

ގިނަ މަރުކަޒުތަކުގައި 8 ޖެހިއިރު ވޯޓްލާން ފެށި، އީސީން 9:33 ގައި ބުނީ ހުރިހާ މަރުކަޒެއްގައި ވޯޓްލުން ފަށައިފި ކަމަށް

09:30

ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވީ, އިލެކްޝަންސް ކޮމިޝަނުން ސަރުކާރު ބޭނުންވާ ގޮތަށް ރިފަރެންޑަމްގެ ވޯޓު ގެންދިއުމަށް މަސައްކަތް ކުރާކަން ފާޅުކަން ބޮޑުކޮށް ސާބިތުވެއްޖެ ކަމަށް. އެހެން ނޫންނަމަ ވޯޓު ލާން ދާ މީހުންގެ ގާތުން އެ ވޯޓުގައި ބައިވެރިވާން ބޭނުންތޯ ނުވަތަ ނޫންތޯ އަހާކަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި.

09:26

09:23

މިހާތަނަށް ޖުމްލަ 588 ފޮށީގެ ތެރެއިން 585 ފޮށީގެ ވޯޓުލުން ވަނީ ފެށިފައި.

"ވޯޓުލުން ނުފެށިހުރި މަރުކަޒުތަކަކީ، އެ މަރުކަޒަކަށް ވޯޓުލުން ފެށުމަށް ބޭނުންވާ އާންމުންގެ ދެމީހުން ހާޒިރުނުވާ ތަންތަން." އިލެކްޝަންސް

09:18

މިހާތަނަށް ޖުމްލަ 588 ފޮށީގެ ތެރެއިން 560 ފޮށީގެ ވޯޓުލުން ވަނީ ފެށިފައި: އީސީ

09:10

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިއަދު ހެނދުނު 08:50 ހާއިރު ތާޖުއްދީން ސްކޫލަށް ވަޑައިގެން, ވޯޓު ލައްވާފައި.

އެއަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ, ވީހާވެސް ގިނަ ރައްޔިތުން ވޯޓުލާން ގޮސް، ހައްގު އަދާކުރުމަށް އެދިވަޑައިގަންނަވާ ކަމަށް.


ރައީސް ޑރ. މުޙައްމަދު މުއިއްޒު ވޯޓް ލައްވަނީ-- ސަން ފޮޓޯ: މުޙައްމަދު ޝާން
08:42

މިއަދު ތިން ވޯޓެއް ބާއްވާއިރު، އޭގެ ތެރެއިން ވޯޓެއްގައި ބައިވެރިވާން ބޭނުންނޫން ކަމަށް ވޯޓުލާން ދާ މީހަކު ބުނެފި ނަމަ، އެ ވޯޓެއްގެ ކަރުދާސް އެ މީހަކަށް ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު އެއީ ކަންބޮޑުވާ ކަމެއް ކަމަށް, އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި.

"މިއަދު ނަގާ ތިން ވޯޓުގެ ކަރުދާސް ކޮންމެ މީހަކަށް ދޫނުކުރުމަކީ މި ޕާޓީން ކަންބޮޑުވާ ކަމެއް. މިއީ، ވޯޓުގެ ސިއްރުކަން ގެއްލުވައިލުމަށް ކުރާ ކަމެއް." އެމްޑީޕީ

އެމްޑީޕީން ތުހުމަތު ކުރާގޮތުގައި މި ކަމަކީ، ސަރުކާރު މުވައްޒަފުންނަށް ބިރު ދައްކައި، އެ މީހުންގެ ވޯޓުލުމުގެ ހައްޤަށް ހުރަސްއެޅުމަށް ސަރުކާރުން ބޭނުންވެގެން އިލެކްޝަންސްއިން ކޮށްދޭ ކަމެއް. އެކަން އެގޮތަށް ނުކުރަން އެމްޑީޕީން ވަނީ އީސީއަށް ގޮވާލައިފައި.

އީސީގެ ރައީސް ޒާހިދު: --- ފޮޓޯ/ އިިލެކްޝަންސް ކޮމިޝަން
08:34
ވޯޓްލުން ކުރިއަށް ދަނީ: ވޯޓްލާން އަދި ނުކުންނަނީ މަދު ބައެއް-- ސަން ފޮޓޯ: މުޙައްމަދު ޝާން
08:24

ވޯޓްލާ ގިނަ މަރުކަޒުތަކުގައި މާ ބޮޑު ކިޔޫއެއް ނެތް، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 294،876އަށް އަރާ

08:17

އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލުމަށް ފުލުހުން ވަނީ މުޅި ރާއްޖޭގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފައި.

އިންތިޚާބާ ގުޅިގެން ފުލުހުންގެ އޮޕަރޭޝަން ފެށުން-- ފޮޓޯ: ފުލުހުން
08:07

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ވޯޓުލުމުގެ ކަންކަން ކުރިއަށް ދަނީ ވަރަށް އަމާންކޮށް

ވޯޓްލުމުގެ އިންތިޒާމުތައް އިލެކްޝަންސްގެ އޮފިޝަލުން ހަމަޖައްސަނީ: ފޮޓޯ: އީސީ
08:05

އެ މީހަކު ވޯޓްލާން ދާންވީ ތަން ޔަގީން ކުރުމަށް އެސްއެމްއެސް ކުރާނީ
VR (ID NUMBER) to 1414

08:01

8 ޖެހުމާއެކު ގިނަ މަރުކަޒުތަކުގައި ވޯޓްލާން ވަނީ ފަށައިފައި

07:54
07:40

މިއަދު 8:00 ޖެހުމާއެކު ވޯޓް ލުމަށް މުޅި ރާއްޖެ އޮތީ ތައްޔާރުވެފައި.

07:35 އަހުމަދު ސާއިލު އަލީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރެފަރަންޑަމް އިންތިޚާބުގެ ކަވަރޭޖަށް މަރުޚަބާ.