MTCC
Ooredoo

އައްޑޫ ސިޓީގެ މޭޔަރާއި ތިން ކައުންސިލަރަކު ސަސްޕެންޑުކޮށްފި

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ކ2) އާއި، ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް (ކ1) އަދި ފޭދޫ ދާއިރާގެ ކައުންސިލަރު އަލީ ފަހުމީ އަހުމަދު (ވ1)، ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ޖަމްޝީދާ މުހައްމަދު (ވ2) -- ފައިލް ފޮޓޯ

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި އިތުރު ދެ ކައުންސިލަރަކު އެއް މަސް ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.

ADK GENERAl

ސަސްޕެންޑުކުރި އަނެއް ދެ ކައުންސިލަރުންނަކީ ފޭދޫ ދާއިރާގެ ކައުންސިލަރު އަލީ ފަހުމީ އަހުމަދާއި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ޖަމްޝީދާ މުހައްމަދެވެ.

އައްޑޫސިޓީ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ސައުދީ ހަސަން އަށް އެޑްރެސްކޮށް އެލްޖީއޭ އިން ފޮނުވި ސިޓީގައި ބުނެފައިވަނީ ގާނޫނު ނަންބަރު 7/2010 (ލާމަރުކަޒީ ގާނޫނު) އިން ކައުންސިލްތަކަށް ލިބިދީފައިވާ ބާރާއި އިހްތިޔާރުގެ ބޭރުން އައްޑޫ ސިޓީ ކައުންސިލުން ނޫސް ބަޔާނެއް ނެރެފައިވާ ކަމަށެވެ.

އެހެންކަމުން ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ފަސްވަނަ މާއްދާގެ (ރ) އާ މިއަމަލު ހިލާފުވެފައިވާތީ، އެ ނޫސްބަޔާން ފާސްކުރުުމަށް ސޮއިކޮށްފައިވާ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ޞާދިގާއި، ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް އަދި ފޭދޫ ދާއިރާގެ ކައުންސިލަރު އަލީ ފަހުމީ އަހުމަދާއި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ޖަމްޝީދާ މުހައްމަދު މިއަދުން ފެށިގެން އެއް މަސްދުވަހަށް މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑު ކުރުމަށް ނިންމާފައިވާ ކަމަށް އެ ސޮޓީގައި ބުނެފައިވެއެވެ.

ސަސްޕެންޝަންގެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ހޯދަން ނޫންގޮތަކަށް އިދާރާއަށް ހާޒިރުވުމާއި، ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުންކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުމަކީ މަނާކަމެއް ކަމަށްވެސް އެލްޖީއޭގެ ސިޓީގައި ވެއެވެ.

އެ ސިޓީގައި އިތުރަށް ބުނެފައިވަނީ ކައުންސިލަރުންގެ ސަސްޕެންޝަނުގެ މުއްދަތުގައި އެލްޖީއޭގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމުގެ ކަންތައް ކުރިއަށް ގެންދާނީ ކައުންސިލަރު ފައިސަލް އިބްރާހިމާއި، ކައުންސިލަރު އިބްރާހިމް ޝުކުރީ އާއި ކައުންސިލަރު ހުސައިން އިޔާޟް މަޝްވަރާ ކުރުމަށްފަހު އެ ކައުންސިލަރުންގެ ތެރެއިން ކަނޑައަޅާ ކައުންސިލަރެއް ކަމަށެވެ.

މީގެ އިތުރުން މި ދަރަޖައިގެ ކުށެއް ކޮށްފިނަމަ އައްޑޫ ސިޓީ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު އައްޑޫ ސިޓީ ކައުންސިލަށް ދޭ ކަމަށްވެސް ސިޓީގައި ވެއެވެ.

Redstar
comment ކޮމެންޓް

comment ނަސީދު

7 year 2 month ago

ހަމަ ސަރުކާރާ އިދިކޮޅުވަނީ ވިއްޔާ އުވާލަންވީ

comment އާމީ

7 year 2 month ago

އައްޑޫ ސިޓީގެ ކައުންސިލަރުންނަކީ އައްޑޫގެ ތަރައްޤީއަށް އެއްވެސް ކަމެއްކުރާނެ ބައެއްނޫން. ނަޝީދުގެ ވެރިކަން ނިމުނު ހިސާބުން ފެށިގެން މިމީހުން ތިބެނީ ސަރުކާރު ބޮއިކަޓް ކޮށްފައިކަމަށްވަނީ. ވަހީދުގެ ސަރުކާރު ނިމި، މިހާރު ޔާމީނުގެ ސަރުކާރުގެ 5 އަހަރު ނިމުމަކާއި ހަމައަށް އައިސްފައިވާއިރު ސަރުކާރުން ހިންގާ އެއްވެސް ހަރަކާތެއްގައިވެސް މިމީހުން ބައިވެރި ނުވާނެ. އަބަދުވެސް ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުން މިމީހުންނަށް އޮތީ.

comment އަޙްމަދު

7 year 2 month ago

ވަރަށް އުފާފެއްޖެ މިޙަބަރު ފެނުމުން. އައްޑޫ ކައުންސިލަރުންނަށް ހީވެފައި އޮންނަނީ މީވަކިސަރުކާރެއްހެން. ދުނީޔޭގެ އެހެންތަންތާވެސް އިދިކޮޅު ފާޓީމީހުން ތަންތަނަށް ހޮވިފައި ތިބޭ އެކަމަކު އެމީހުންނަށް އެނގޭ ސަރުކާރާ ގުޅިގެން ރައްޔިރުންނަށް ކަންތައްތަށް ކޮށްދޭން. އެކަމަކު މިމީހުންނަށް އެނގެނީ ޒާތީވާން. ޖެއްސުންކުރަން. ދެންބުނާނެ ސަރުކާރުން ކަމެއްކޮށް ނުދެޔޭ. ކޮބާ ފެނުނު ސަރަުކާރުން ކުރެވޭނެ ކަންތަށްތައް. ކަައުންސިލް އުވާލުމަށް ގޮވާލަން.

comment އަޙުމަދު

7 year 2 month ago

މީ ހާދަ ކިބުރުވެރި ބައެކޭ ދޯ! ވަކިސަރުކާރެއް ހަދާހިތްވަނީދޯ! އެކަމަކު ބޮޑާބައެއް!

comment ހަސަނު

7 year 2 month ago

ހެހެ.. އަދިވެސް ހަމަ 7 - 0 އިން ބަލިވާނީ. އުވާލަންޏާ އުވާލާ.

comment އައްޑޫސިޓީ

7 year 2 month ago

މިވަރަށް މަވެގެންއުޅޭބައެއް .އުއާލަންވީ

comment ފައިސަލާ

7 year 2 month ago

ޗަކޮޔާ ފަރީހާ ކޮބޭ އެބުނާ ނޫސް ބަޔާނެއްގެ ވާހަކައެއް ނުލިޔަމެއްނު