އިންތިޚާބު އޮންނާތީ، ދުރާލާ އައިޑީކާޑު އާކުރަން އިލްތިމާސްކޮށްފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެއް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބާ ދިމާކޮށް، ދުރާލާ އައިޑީކާޑު އާކުރަން ޑިޕާޓްމެންޓް އޮފްް ނޭޝަނަލް ރެޖިސްޓްރޭޝަނުން އިލްތިމާސްކޮށްފިއެވެ.

އެ ޑިޕާޓްމެންޓުން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވާނަމަ ކާޑު އާކުރަން ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި މުއްދަތު ހަމަވުމަށް ކުޑަ މުއްދަތެއް އޮތްނަމަ ވެސް ކާޑު އާކުރަން ހުށަހެޅުމުން ކާޑު އާކޮށްދޭނެކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ކުރިއާލާ ކާޑު އާކުރަން ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައި މިވަނީ މިއަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރަށް ވެފައި، އިންތިޚާބު އޮންނަ ދުވަހާ ކައިރިކޮށް އެއްފަހަރާ ގިނަބަޔަކު ކާޑުހެއްދުމަށް ހުށަހެޅުމުން ދަތިތައް ކުރިމަތިވާތީ ކަމަށް ޑީއެންއާރުން ބުނެއެވެ.

މީގެ އިތުރުން ހައްޖާއި އުމުރާއަށް ވަޑައިގަތުމުގެ ކުރިން އައިޑީކާޑު އާކުރަން ޖެހޭނަމަ ވެސް ކާޑު އާކުރަން އެ ޑިޕާޓުމެންޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް