ވިލިމާލޭގެ މެޓް ދަނޑު ޓާފަށް ބަދަލުކޮށް، މިރޭ ހުޅުވައިފި

ވިލިމާލޭގެ ދަނޑު ޓާފަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ/ މީސް މީޑިއާ

ވިލިމާލޭގެ އޮންނަ މެޓް ފުޓްސަލް ދަނޑު، ޓާފް ދަނޑަކަށް ބަދަލުކޮށް، މިރޭ ހުޅުވައިފިއެވެ.

ވިލިމާލޭގައި ޔޫތު މިނިސްޓްރީން އަޅާފައިވާ ފުޓްސަލް ދަނޑު ޓާފަށް ބަދަލުކޮށްފައި ވަނީ އަމިއްލަ ފަރާތެއް ކަމަށްވާ، ކުރީގެ ގައުމީ ޓީމުގެ ފުޓުބޯޅަ ކުޅުންތެރިޔާ އަހުމަދު ނާޒް (އާކޭ)ގެ އަމިއްލަ ހަރަދުގައެވެ.

މިރޭ ދަނޑު ހުޅުވުމުގެ ގޮތުން އެމްއެންޑީއެފްއާއި ވިލިމާލޭ ޔޫތު ސެންޓަރާ ދެމެދު އެކުވެރި ކަމުގެ މެޗެއް ކުޅެފައިވާ އިރު، ދަނޑު ރަސްމީކޮށް ބޭނުން ކުރަން ފަށާނީ މާދަމާރޭ ފަށާ ޓީއެފްޓީގެ މުބާރާތުންނެވެ. ޓީއެފްޓީ މުބާރާތަކީ ކޮންމެ އަހަރު ރަމަޟާން މަހާ ދިމާކޮށް ވިލިމާލޭގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. މިއަހަރުވެސް 32 ޓީމާއެކު މުބާރާތް ކުރިއަށްދާނެއެވެ.

އާކޭގެ އަމިއްލަ ހަރަދުގައި ދަނޑު ޓާފަށް ބަދަލުކޮށްދެއްވާފައިވާތީ ޔޫތު މިނިސްޓްރީގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި ޔޫތު މިނިސްޓްރީން ބުނީ އާކޭގެ ފަރާތުން ޔޫތު މިނިސްޓްރީއަށާއި ވިލިމާލޭގެ ޒުވާނުންނަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން އަބަދުވެސް ފާހަގަކޮށްލެވޭ ކަމަށެވެ.

އާކޭގެ ހަރަދުގައި މީގެ ކުރިންވެސް ވިލިމާލޭގެ ރައްޔިތުންނަށް ޖިމްއެއް ހަދިޔާ ކޮށްފައިވާ އިރު، ދަނޑުގެ ޓާފް އެޅުމުގެ ހުރިހާ ހަރަދެއްވެސް ކޮށްފައިވަނީ އާކޭ އަމިއްލައަށެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ދަނޑު އަލުން ހުޅުވާ، ދަނޑުގެ ބޭނުން ކުރާ އެހެނިހެން ސާމާނު ވަނީ ހަދިޔާ ކޮށްދީފައެވެ.

ރާއީސް ޔާމީންގެ ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގެ އިތުރުން މާލޭ ސިޓީގެ އެކި ސަރަހައްދުތަކުގައިވެސް ގިނަ އަދަދެއްގެ ފުޓްސަލް ދަނޑުތައް އެޅި، ބޭނުން ކުރަމުން ދެއެވެ.

comment ކޮމެންޓް

comment ވިލިމާލެ ރައްޔިތާ

7 year 2 month ago

އާކޭ ތިވަރެއް ހަމަ ނެތް....

comment މސލ

7 year 2 month ago

ބަޔަކު ކުރި ބުރަ މަސައްކަތެއްގެ ފައިދާ އެހެން ބަޔަކު ނަގާފަ ތިއޮތީ... ވަރަށް ދެރަކަމެއް މައުލޫމާތު ނޭގޭ މީހުން ދޭމައުލޫމާތަށް ހަބަރު ލިޔުމަކީ ތި މަސައްކަތުގަ އިސްކޮށް އުޅުނު މީހެއްގެ ހައިސިއްޔަތުން ތިކަހަލަ މަސައްކަތެއް ކުރުން ދެން ނިމުނީ ވ ސަލާން

comment ބީޗް އާރޓްސް

7 year 2 month ago

ސާބަހޭ އާކޭ...