ދުނިޔޭގެ ލަގްޒަރީ ރެސްޓޯރަންޓްތައްް ފާހަގަކޮށް ދޭ "ވޯލްޑް ލަގްޒަރީ ރެސްޓޯރަންޓް އެވޯޑްސް" ގައި، ރާއްޖޭގައި ހިންގާ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގެ ރެސްޓޯރަންޓުތައް ވިދާލައިފިއެވެ.
މި މަހުގެ 14 ވަނަ ދުވަހު ނޮދަން އަޔަލެންޑްގެ ގަލްގޯމް ރިސޯޓް އެންޑް ސްޕާގައި ވޯލްޑް ލަގްޒަރީ ސްޕާ އަދި ރެސްޓޯރަންޓް އެވޯޑުގެ 2018 ވަނަ އަހަރުގެ ގަލާ ބާއްވާފައިވާ އިރު، ރާއްޖޭގެ ބައިނަލްއަގުވާމީ ފެންވަރާއި ސަރަހައްދީ ފެންވަރުގައި ރާއްޖޭގެ ގިނަ ރިސޯޓުތަކެއްގެ ރެސްޓޯރަންޓްތަކަކަށް ވަނީ އެވޯޑު ލިބިފައެވެ.
ވޯލްޑް ލަގްޒަރީ ރެސްޓޯރަންޓް އެވޯޑު، ހަތަރު ފެންވަރެއްގައި ދެއެވެ. އެއީ ބައިނަލްއަގުވާމީ، ކޮންޓިނެންޓަލް، ރީޖަނަލް އަދި ވަކި ވަކި ގައުމުތަކުންނެވެ.

ހުޅުލެ އައިލެންޑް ހޮޓެލްގެ އުޑުވިލާ ރެސްޓޯރަންޓް --
މި އަހަރުގެ ވޯލްޑް ލަގްޒަރީ ރެސްޓޯރަންޓް އެވޯޑްސްގައި އެންމެ ރާއްޖެއިން އެންމެ ބޮޑު ކާމިޔާބެއް ހޯދީ އދ. ރަންގަލިފިނޮޅުގައި ހިންގާ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑަށެވެ. ރާއްޖޭގެ ރެސްޓޯރަންޓަކަށް މި އަހަރުގެ އެވޯޑްސްގައި ބައިނަލްއަގުވާމީ ފެންވަރުގައި ލިބުނު ހަމައެކަނި އެވޯޑު ލިބުނީ ކޮންރެޑްގައި ހުންނަ އިތާ އަންޑަސީ ރެސްޓޯރަންޓަށެވެ. އެއީ ލަގްޒަރީ ޔުނިކް އެކްސްޕީރިއަންސް އެވޯޑެވެ. މީގެ އިތުރުން އިންޑިއަން އޯޝަން އައިލެންޑްސް ރީޖަނުން ލަގްޒަރީ ރިސޯޓު ރެސްޓޯރަންޓްގެ އެވޯޑުވެސް އެތަނަށް ލިބުނެވެ.
މީގެ އިތުރުން ކޮންޓިނެންޓަލް ފެންވަރުގައި ކޮންރެޑްގެ އެހެން ދެ ރިސޯޓަކަށްވެސް އެވޯޑު ލިބުނެވެ. އޭގެ ތެރޭގައި ކޮންރެޑްގެ "އުފާ ބައި ޖެރީމް ލިއުންގް ރެސްޓޯރަންޓަށް ލިބުނު "މޯސްޓް ލަގްޒޫރިއަސް އެންބިއެންސް" އަދި "އޭޝިއަން ކުއިޒީން" އެވޯޑާއި، ކޮންރެޑްގެ "މަންދޫ ސްޕާ ރެސްޓޯރަންޓް"އަށް ލިބުނު "ލަގްޒަރީ ސީނިކް ސެޓިންގް" އަދި "ހެލްތު އެންޑް ވެލްނެސް ކުއިޒީން" އެވޯޑު ހިމެނެއެވެ.

ކޮކޫން މޯލްޑިވްސްގެ މެންޓާ ރެސްޓޯރަންޓް --
ވޯލްޑް ލަގްޒަރީ ރެސްޓޯރަންޓް އެވޯޑްސްގައި ރާއްޖެއިން އެންމެ ގިނަ އެވޯޑު ލިބުނު ރެސްޓޯރަންޓަކީ ހުޅުލެ އައިލެންޑް ހޮޓެލްގެ އުޑުވިލާ ރެސްޓޯރަންޓެވެ. އުޑުވިލާ ރެސްޓޯރަންޓަށް ރާއްޖޭގެ ލަގްޒަރީ ސީނިކް ސެޓިންގް އެވޯޑު ލިބުނު އިރު، ކޮންޓިނެންޓަލް ފެންވަރުގައި ތިން އެވޯޑެއް ލިބުނެވެ. އެއީ:
- ލަގްޒަރީ ހޮޓެލް ރެސްޓޯރަންޓް
- އެކްލެކްޓިކް/ އިންޓަނޭޝަނަލް ކުއިޒީން
- އޯޓް ކުއިޒީން
ކޮންރެޑް މޯލްޑިވްސް ރަންގަލިއާއި ހުޅުލެ އައިލެންޑް ހޮޓެލްގެ އިތުރުން އިތުރު އަށް ރިސޯޓެއްގެ ރެސްޓޯރަންޓުތަކަށް ވަނީ އެވޯޑު ލިބިފައެވެ.
ޖުމެއިރާ ވިއްޓަވެލި
- (ކޮންޓިނެންޓަލް) ފްރެންޗް ކުއިޒީން: ފެނެސް ރެސްޓޯރަންޓް
- (ކޮންޓިނެންޓަލް) އިންޑިއަން ކުއިޒީން: ސްވަރްނާ ރެސްޓޯރަންޓް
- (ދިވެހިރާއްޖެ) މޯސްޓް ރޮމޭންޓިކް އެޓްމޮސްފިއާ: ފެނެސް ރެސްޓޯރަންޓް
ކަނޑިންމަ މޯލްޑިވްސް
- (ކޮންޓިނެންޓަލް) ލަގްޒަރީ ސްޓޭކްހައުސް: ސްމޯކްޑް ގްރިލްހައުސް
- (ކޮންޓިނެންޓަލް) ލަގްޒަރީ ގްރިލް: ސްމޯކްޑް ގްރިލްހައުސް
- (ކޮންޓިނެންޓަލް) ޗައިނީޒް ކުއިޒީން: ސީ ޑްރެގަން
ކޮކޫން މޯލްޑިވްސް
- (ކޮންޓިނެންޓަލް) ލަގްޒަރީ ރިސޯޓު ރެސްޓޯރަންޓް: މެންޓާ ރެސްޓޯރަންޓް
- (ދިވެހިރާއްޖެ) ލަގްޒަރީ ރިސޯޓު ރެސްޓޯރަންޓް: މެންޓާ ރެސްޓޯރަންޓް
ކުރުނބާ މޯލްޑިވްސް
- (ކޮންޓިނެންޓަލް) ލަގްޒަރީ ސީފުޑް ރެސްޓޯރަންޓް: ތިލަ
- (ކޮންޓިނެންޓަލް) ލަގްޒަރީ ތީމް ރެސްޓޯރަންޓް: ތިލަ

އަމިއްލަފުށީގެ ފީލިންގް ކޮއި ރެސްޓޯރަންޓް --
އަމިއްލަފުށި
- (ކޮންޓިނެންޓަލް) ޖަޕަނީޒް ކުއިޒީން: ފީލިންގް ކޮއި
- (ދިވެހިރާއްޖެ) ލަގްޒަރީ ވޯޓާސައިޑް ރެސްޓޯރަންޓް: ފީލިންގް ކޮއި
ހައިޑްއަވޭ ބީޗު ރިސޯޓު އެޓް ސްޕާ އެޓް ދޮނަކުޅި މޯލްޑިވްސް
- (ކޮންޓިނެންޓަލް) ލަގްޒަރީ ވޯޓާސައިޑް ރެސްޓޯރަންޓް: ސަމްސަރާ އޭޝިއަން ފިއުޝަން
- (ދިވެހިރާއްޖެ) އޭޝިއަން ފިއުޝަން: ސަމްސަރާ އޭޝިއަން ފިއުޝަން
ފިނޮޅު ބާ އެޓޯލް
- (ކޮންޓިނެންޓަލް) އޭޝިއަން ފިއުޝަން: ކަނުސަން
ޑޫސިޓް ތާނީ މޯލްޑިވްސް
- (ކޮންޓިނެންޓަލް) ތައި ފިއުޝަން: ބެންޖަރޮންގް