"ދި ޑާކެސްޓް މައިންޑްސް" އަދި "ކްރިސްޓޮފާ ރޮބިން" މި ހުކުރުގައި ޝްވެކަށް

ފިލްމުގެ ޕޯސްޓަރެއް---

ފިލްމު "ދި ޑާކެސްޓް މައިންޑްސް" އާއި "ކްރިސްޓޮފަރ ރޮބިން" މި ހަފްތާ ބަންދުގައި ޝްވެކް ސިނަމާގައި ޕްރިމިއާކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޖެނިފާ ޔޫ ނެލްސަން ޑައިރެކްޓްކޮށް އުފައްދާފައިވާ "ދި ޑާކެސްޓް މައިންޑްސް" އަކީ ޓްވެންޓިއަތު ސެންޗަރީ ފޮކްސް އިން ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

އާދަޔާ ހިލާފު ބާރުތަކެއް ލިބިގެން އުޅޭ ޒުވާން ކުދިންތަކެއްގެ ވާހަކަތަކެއް މި ފިލްމުން ކިޔާދޭނެއެވެ.

މި ފިލްމުގެ ބައެއް ތަރިންނަކީ މެންޑީ މޯރް، ގޯލްޑެން ބްރޫކްސް، އަމަންޑްލާ އަދި ހެރިސް އެވެ.

މި ފިލްމަކީ ސައިންސް ފިކްޝަނަލް އަދި ފެންޓަސީ ޖޯންރާގެ ފިލްމެކެވެ.

މާކް ފޯސްޓާ ޑައިރެކްޓްކޮށް އުފައްދާފައިވާ ފިލްމު "ކްރިސްޓޮފާ ރޮބިން" ވެސް މި ހަފްތާ ބަންދުގައި ޝްވެކްގައި އަޅުވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އޭގައި ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ހޭލޭ، އީވަން އަދި ޖިމް އެވެ.

ޑްރާމާ އަދި ފެންޓަސީ ޖޯންރާއަށް ގެނެސްދިނުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ޓްރެއިލާއިން ވެސް ޝައުގުވެރި ގިނަ މަންޒަރުތަކެއް ފެނިގެންދެއެވެ.

"ކްރިސްޓޮފާ ރޮބިން" އަކީ ޑިޒްނީ ކާޓޫން "ވިނީ ދަ ޕޫ"ގެ ރީޔުނައިޓް އެވެ.

ޝްވެކް ސިނަމާއިން ބުނީ ދެ ފިލްމުގެ ޓިކެޓް ބުކް ކުރުން މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

comment ކޮމެންޓް