ޒިނޭކުރިކަން ސާބިތުވި މީހަކު ރަޖަމް ކުރަން ނައިފަރު މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކުރީ ނައިފަރު ކޯޓުގެ ގާޒީ ޝައިހު މުހައްމަދު މޫސާ އެވެ.
މުހައްމަދު މޫސާ އަކީ ނައިފަރު ކޯޓުގައި މަސައަކަތް ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ބޭފުޅެކެވެ. މުހައްމަދު މޫސާ އަކީ މިސްރުން ދީނީ ތައުލީމު އުނގެނިވަޑައިގެން ހުންނެވި ޝެއިހެކެވެ.
އެނގިފައިވާ ގޮތުން އަދަބާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދައުލަތުން އެދިފައި ވަނީ އެމީހާއަށް އަދަބެއްގެ ގޮތުން 100 އެތިފަހަރުން ހައްދު ޖެހުމާ އެކު ގޭބަންދުގައި ބެހެއްޓުމަށެވެ.
އެމައްސަލައަކީ ނިހާއީ ހުކުމެއްކަން ސާބިތު ކުރަން ޖެހޭ ޖިނާއީ މައްސަލައަކަށް ވާތީ އެ މައްސަލަ އޮޓޯއިން އިސްތިއުނާފަށް ދާނެ އެވެ. އެއީ ސުޕްރީމް ކޯޓޫން އާންމުކޮށްފައިވާ އުސޫލާ އެއްގޮތަށެވެ.
މީގެ ތިން އަހަރު ކުރިން ގއ. ގެމަނަފުށީ ކޯޓުން ވެސް ވަނީ ޒިނޭގެ ކުށް ސާބިތުވި މީހަކު ރަޖަމް ކުރަން ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ހުކުމް ކުރިތާ ގަޑިއެއްގެ އިރު ނުވަނީސް ސުޕްރީމް ކޯޓުން އޭރު ވަނީ އެ ހުކުމް ބާތިލުކޮށްފަ އެވެ. ސުޕްރީމް ކޯޓުން އޭރު އެ މައްސަލަ ބާތިލު ކުރީ ޝަރުއީ އަދި ގާނޫނީ އުސޫލާ ހިލާފަށް ކުރި ހުކުމެއް ކަމަށް ބުނެ އެވެ.
ގާނޫނުލް އުގޫބާތުގެ 1205 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތަސް އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް އިސްލާމީ ޝަރީއަތުގައި ބުނާ މިންގަނޑަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެއްޖެ ނަމަ އެ މީހަކަށް ދޭންޖެހޭނީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ކަމަށެވެ. ނަމަވެސް އެފަދަ އަދަބެއް ތަންފީޒު ކުރަންޖެހޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހު ކަމަށް އެ މާއްދާގައިވެ އެވެ.
comment މުސްލިމުން
6 year 6 month ago
ޢަހަރެމެން މުސްލިމުން އަމަލުކުރަންޖެހޭ ޤާނޫން އެއޮތީ ފެންނަން. އިތުރު ޤާނޫނެއް ބޭނުމެއްނުވޭ.
comment ާހަލީމާ
6 year 6 month ago
މިއަށް ކޮމެންޓުކުރާ ޒިނޭކުރަން އެދޭ ނުވަތަ ﷲ ގެ ޙުކުމްފުޅާއި ނުރުހޭ މީހުން މިހިރީ މިތަނުން ފެންނަން.
comment ޢެމީހާ
6 year 6 month ago
ﷲ ގެ ހުކުމް މުހިއްމީ އެއީ ކޮއްމެ ީހަކުވިޔަސް.. ޟިހާރު ދެން ގޯސްވާނީ ޤާޒީ.. ލައުނަތް ހުރި ﷲގެ ހުކުމަށް އިންކާރު ކުރާމީހުންނަށް
comment ކަޓުމުއްލާ
6 year 6 month ago
ތިޔަ ކަހަލަ ލާއިންސާނީ ހުކުމް ކުރަން ކަންދަހާރަށް ދޭ!
comment ރިލެކްސް
6 year 6 month ago
ސާބަސް. ޒިނޭގެ ހުކުމަކީ 100 އެތިފަހަރުން ހައްދު ޖެހުން. އެ ވަރިހަމަ މީހަކާ އިނދެގެން އުޅުނަސް. ރަޖަމްކުރުމަކީ ކުރީގެ ލޯ. އެ ލޯ ވަނީ އިސްލާމްދީން އައުމަށް ފަހު ބާތިލްވެފައި. ގުރުއާނުގެ އެއްވެސް އާޔަތަކަުން ނެތް ސާބިތުވާކަމަށް ރަޖަމްގެ ހުކުމް.
comment ފާފު
6 year 6 month ago
ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އިސްލާމީ ޝަރީޢަތާ އެއްގޮތަށް...
comment މަ
6 year 6 month ago
ތަންފީޒު ކުރާނެބާ
comment ޙަކީމް
6 year 6 month ago
ތީ ފިސާރި ގާޒީއެއް.. ހުކުމް ކުރަންޖެހޭނީ އިސްލާމީ ޝަރީއަތުގައިވާ ގޮތަށް ، ކޮން ގާނޫނު އުގޫބާތެއް..
comment ޝިރުހާން
6 year 6 month ago
ޢަލްހަމްދު ލިލްލަާހި. ޤާނޫނީ އުޤޫބާތަކީ ކޮންއެއްޗެއްތޯ ﷲ ގެ ޤާނޫނާ އަޅާކިޔަން.
comment އިބްރާހީމް ލިންކޮން
6 year 6 month ago
ޒިނޭކުރީ ކޮންބޭފުޅެއްބާ އެވެ. 🤔
comment ހުސެއިން
6 year 6 month ago
މޮޔަވެފަ ހުރި ގާޒީ އެއްތިޔައީ އަވަހަށް ބޭރުކުރޭ
comment އެނެލިސްޓް
6 year 6 month ago
ޢަލީ ހަމީދަކީ މައްކާއިން ދީނީ ތަޢުލީމު އުނގެނުން ޝެއިޚެެއް. މާވަރަކަށް ޝެއިޚެކޭ ތިކިޔަނީ ކޮން މަޤުޞަދެއްގައިކަމެއް ނޭންގެ. މުހިންމީ ޙުކުމްކުރި ޤާޟީއެއް ނޫން. ކުރި ޙުކުމާ މައްސަލަ ސާބިތުވިގޮތް މުހިންމީ
comment އަލީ
6 year 6 month ago
ހުކުމް ކުރަންޖެހޭނީ ގާނޫނުލް އުގޫބާތުގައި ލިޔެފައިވާ ގޮތަށް. އޭގައި ނެތް ހުކުމެއް ކުރީމާ އެ ވާނީ ގާނުނާއި ޚިލާފު ހުކުމަކަށް.