މިދިޔަ އަހަރު ސާނަވީ އިމްތިހާން (އޯ ލެވެލް) އިމްތިހާން ނިންމި ކުދިންތަކުގެ ތެރެއިން ލޮލުގައި ފެނުމުގެ މައްސަލަ އުޅޭ ދަރިވަރަކު ޓޮޕް ޓެންގައި ހިމެނިއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ބުނީ ޓޮޕް ޓެންގައި ހިމެނުނީ ތާޖުއްދީން ސްކޫލުގެ ދަރިވަރެއް ކަމަށްވާ އަބްދުﷲ ޖިނާހް އަލީ ކަމަށެވެ. އޭނާ އޯ ލެވެލް އިމްތިހާނުގައި ތިން އޭ ސްޓާ އާއި ތިން އޭ އަދި ދެ ބީ ފާސް ވަނީ ހޯދައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ދަރިވަރަކީ މުޅިން ލޮލަށް ނުފެންނަ ދަރިވަރެއް ނޫން ކަމަށާއި އެ ދަރިވަރު އިމްތިހާން ހެދީ ހާއްސަ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ.
އެގޮތުން ވަކި ވައްތަރެއްގެ ލައިޓްއެއް ދިއްލައި ލިޔެފައި ހުންނަ ތަކެތި ބޮޑުކޮށް ފެންނާނެ ގޮތް ހެދުމުގެ އިތުރުން ވާހަކަ ދައްކާ ކަލްކިއުލޭޓަރު ފަދަ ތަކެތި ބޭނުންކުރި ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ދަރިވަރު ކްލާސްތަކުގައި ކިޔެވީ ވެސް އެހެން ކުދިންނާ އެއްކޮށް ކްލާހުގައި ކަމަށެވެ.
އަދި މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާންގައި އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ނުކުޅެދުންތެރިކަން ހުންނަ ތިން ކުއްޖަކު ޖަމާލުއްދީން ސްކޫލުން ބައިވެރިވި އެވެ.
comment ޝާމް
6 year 5 month ago
ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުންވެސް އަދޫ އިވުމުގައި އަދި ވާހަކަ ދެއްކުމުގައި ވަރަހ ބޮޑަށް މައްސަލަ ހުރި ކުޖޖަކުވަނީ އިސްލާމް ދިވެހި ދެ މާއްދާއިން ބީ އެއް މާއްދާއިން އޭ އަނެއް ފަސް މާއްދާއިން އޭ ޕްލަސް ހޯދާފައި.އަތޮޅު ތެރެ ވީމަ ނޫހަކުވެސް ނުޖަހާނެ.ތަފާތު ކުރުން.މިއަށްކިޔަނީ.
comment ޑިސްކްރިމިނޭޝަން
6 year 5 month ago
މާލޭ ސްކޫލްތަކުން އެކަންޏެއްނޫން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންބައިވެރިވެ ޓޮޕްޓެން އަށް އެރީ. ރާއްޖެތެރޭ ސްކޫލް ތަކުގަވެސް ކިޔަވަނީ ހަމަ ދިވެހި ދަރީން. ޏ.އަތޮޅު ތައުލީމީ މަރުކަޒުންވެސް ވެސް ޚާްއްސަ އެހީ އަށް ބޭނުންވާ ދަރިވަރަކު ބައިވެރިވެ ވަނަ ހޯދި. ޢާރޓިކަލް ލިޔުމުގެ ކުރިން ދިރާސާއެއްކޮށްލި ނަމަ.
comment ޢައިމިނަތު
6 year 5 month ago
އެެއްވެސް ކުއްޖަކު ބާކީ ނުކުރަާ ސިޔާސަތުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތް. ކުރީގެ މިނިސްޓަރ ގެ ބުރަ މަސައްކަތް 🤗
comment ޢައިމިނަތު
6 year 5 month ago
އެެއްވެސް ކުއްޖަކު ބާކީ ނުކުރަާ ސިޔާސަތުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތް. ކުރީގެ މިނިސްޓަރ ގެ ބުރަ މަސައްކަތް 🤗