ފިނޮޅު ރިސޯޓް 90 މިލިއަން ޑޮލަރަށް ވިއްކާލައިފި

ފިނޮޅު ރިސޯޓް--

ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ބ. އަތޮޅުގައި ތަރައްގީކުރި “ފިނޮޅު” ރިސޯޓް 90 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.

އެ ރިސޯޓް ވިއްކާލުމަށް މެދުވެރިއެއްގެ ބައި އަދާކޮށްދިން ކުންފުންޏެއް ކަމަށްވާ ޖޭއެލްއެލްއިން އެ ރިސޯޓް މިދިޔަ އޭޕްރީލް މަހު ވަނީ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ސީސައިންޑް ހޮޓެލްސް އެންޑް ރިސޯޓްއަށް ވިއްކާލައިފައެވެ،

މިއީ އެ ކުންފުނިން ރާއްޖޭގެ ރިސޯޓެއް ޔޫރަޕްގެ ގައުމަކަށް ވިއްކުމުގައި މެދުވެރިއަަަކަށް ވި ފުރަތަމަ ފަހަރެވެ. އެ ކުންފުނިން ވަނީ ހިލްޓަން ވާލްޑް ވައިޑް ހޯލްޑިންގްސްއިން ހިންގަމުން އައި ރަންގަލި ރިސޯޓް އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ބްލެކްސްޓޯންއަށް މިދިޔަ ފެބްރުއަރީ މަހު ވިއްކާލައިފައެވެ.

ދެހާސް ސޯޅަވަނަ އަހަރު ހުޅުވި ފިނޮޅު ރިސޯޓް މީގެ ކުރިން ހިންގަމުން ދިޔައީ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީއިންނެވެ.

އެ ރިސޯޓްގައި ހަދާފައިވާ އެއްގަމު ވިލާ އަދި މޫދު ވިލާތަކުގައި އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ތަންތަން ހިމެނޭ ކަމަށެވެ. އަދި އެ ރަށުގައި ތަފާތު ހަތް ވައްތަރުގެ ވިލާ ހުންނައިރު ޕްރައިވެޓް ސްވިމިން ޕޫލް ހިމެނޭ ވިލާތައް ވެސް ހުރެއެވެ.

comment ކޮމެންޓް