Ooredoo
Ooredoo

ނާސްތާ ޕްރޮގްރާމްއަށް އިތުރު 34 މިލިއަން ރުފިޔާ

ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުދެ ޕައިލެޓް ޕްރޮގްރާމް ރަސްމީކޮން ފެށުން -- ޕޮޓޯ/ ރައީސް އޮފީސް

ސްކޫލު ކުދިންނަށް ދެމުން އައި ނާސްތާ ޕްރޮގްރާމްއަށް އިތުރު 34 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް ސަރުކާރުން ނިންމައިފިއެވެ.

ADK GENERAl

މިދިޔަ ބުރާސްފަތު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނާސްތާ ޕްރޮގްރާމްއަށް 34 މިލިއަން ރުފިޔާ އިތުރުކުރަން ނިންމިކަން އިއުލާންކުރައްވައިފައެވެ.

ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އަޖުމަ ބެލުމުގެ ގޮތުން ފެށި އެ ޕްރޮގްރާމްގައި ނާސްތާ ފުރަތަމަ ދީފައިވަނީ 25 ސްކޫލެއްގަ އެވެ. އަދި ބާކީ ހުރި 188 ސްކޫލުގައި ނާސްތާ ޕްރޮގްރާމް ފެށީ މިދިޔަ މަހު 11 ގައެވެ.

ރައީސް ސޯލިހް ވިދާޅުވީ ކުރިން ނާސްތާ ޕްރޮގްރާމަށް މިއަހަރު 150 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އަންދާޒާކޮށްފައި އޮތް ނަމަވެސް ނާސްތާ ޕްރޮގްރާމްއަށް ގެނައި ބަދަލުތަކާއެކު 184 މިލިއަން ރުފިޔާ މިހާރު ބަޖެޓުން ހޭދަކުރަން ޖެހިފައިވާ ކަމަށެވެ.

" އެކަން ކުރަން ޖެހުނީ ދަރިވަރުންނަށްދޭ ނާސްތާއަކީ ރަނގަޅު ފެންވަރުގެ ތަކެއްޗަށް ހެދުމަށްޓަކައި ގެނެވުނު ބަދަލާ ގުޅިގެން" ރައީސް ސޯލިހް ވިދާޅުވިއެވެ.

ނާސްތާ ޕްރޮގްރާމްއަށް 150 މިލިއަން ރުފިޔާގެ ބެޖެޓަކުން އެކަން މުޅި އަހަރު ނުކުރެވޭނެކަމަށް ކުރިންވެސް ބައެއް ފަރާތްތަކުން ދިޔައީ ފާޑުކިޔަމުންނެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ބަޖެޓު އިތުުރުކުރިޔަސް ނާސްތާގެ މެނޫއަށް ބަދަލު ގެންނަން އަދި ނިންމާފައިވާ ކަމަށެވެ. އަދި ނާސްތާ މެނޫއަށް ބޭނުންވާ އިތުރު ފައިސާގެ ބަޖެޓު ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ސްކޫލް ނާސްތާ ޕްރޮގްރާމުގައި ކުދިން ހެދި ބޮޑުުވުމަށާއި ދަރިވަރުންގެ ގައިގާ ވަރުޖެއްސުމަށް ބޭނުންވާ ކާނާ އިތުުރުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ދާދި ފަހުން ވަނީ ވިދާޅުވެސްވެފައެވެ.

ނާސްތާ ދޭ އިރު އެކި ދުވަހު ނާސްތާ ދެމުންގެންދަނީ އެކި މެނޫތަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ރޮށި، ޕާން، ބިސްގަނޑު، ދޮންކެޔޮ، ކިރު، ފަތު މަސްހުނި، ބޭކަޑްބީންސް، ސޭންޑްވިޗް، ބަރަބޯ މަސްހުނި، ޗީޒް ސޭންޑްވިޗް، ބަށި މަސްހުނި، ޕީނަޓް ބަޓާ އަދި ތަރުކާރީ މަސްހުނި ހިމެނެ އެވެ.

SONEE
comment ކޮމެންޓް

comment ޝަމް

6 year 1 week ago

ވަރުޖައްސަން ދަރިވަރުންނަށް ކާންދޭއިރު އެދަރިވަރުންނަށް އުގަންނައި ދިނުމުގެބުރަ އަދި ގައުމީ މިބޮޑު ޒިއްމާ އުފުލަމުންދާ ޓީޗަރުން އެތިބީ ބަރަހަނާވެފަ..މާޔޫސްވެފަ.ހިތްދަތިކަމުގަ..އެމީހުންނަށް ހައްގުމިންވަރުބާ އެމީހުންނަށް އެދެނީ..

comment ޣުލްފިރާޝް

6 year 1 week ago

އާނ..ވަރުޖައްސަން، ފަތުމަސްހުނި ބޭކެޑްބީންސް ޕާން،ބިސްގަޑު ޗީޒް، މީދުވަހަކުވެސް ދިވެހިން ދެކުނު އެއްޗެއްވެސް ނޫން..ސީދާ ޔޫރަޕުން އަލަށް އޯޑަރުދީގެން ރާއްޖެއަށް ތައާރަފު ކުރި ކާނާ މީ...

comment ާަަ

6 year 1 week ago

ނަަާސްތާ ދޭތީ ޓީޏަރުން ޑަސްބިން ހަަައިވާގެން ސްކޫލް ފުރިޖް ފުރާފަ މިނިސްޓަރޫ ހޭއަރާ

comment ޙެޔޮނުވާނެ

6 year 1 week ago

ހެޔޮނުވާނެ ތިކަން ހުއްޓާލާފަ ތިހަރަދު ފެންވަރު ރަގަޅު ޓީޗަރުން އުފައްދަދީ. ސްކޫލްތަކުގައި ކުރަންޖެހޭ މުހިންމު ކަންތަކަށް ހަރަދު ކޮށްދީ. ނާސްތާގެ ކަންތައް ބެލެނެވެރިންނަށް ދޫކޮށްލާ. މިހާރުވެސް ތިކަމުން ލިބޭ ފައިދާއަށް ވުރެ އިސްރާފު ބޮޑު. ހެޔޮނުވާނެ އެވަރަށް އިސްރާފުކުރަން.

comment ރަހާ

6 year 1 week ago

ހެޔޮ ނުވާނެ! ތިލާރި އެހެން ކަމަކަށް ހަރަދުކުރިނަމަ! ސްކޫލްތަކުގަ އަހާލަބަލަ ތީގެން ކުރާ ފައިދާ އާއި ވާ އިސްރާފު! ރަނގަޅު ގޮތުގް ކުރިނަމަ މިކަންވެސް ހަމަ ރަނގަޅު ވީސް. އެކަމަކު މުޅިރާއްޖޭގައި މި ޕްރޮގްރާމް ހިގަނީ ރަނގަޅަކަށް ނޫން!

comment ޟިިނާ

6 year 1 week ago

ބޭކާރު ހަރަދެއް.

comment ަސދަ

6 year 1 week ago

މިނިސްޓަރެވެ. ކަލޭ އަހަރެން ބުންނާއެއްޗެއް އަޑެއް ނާހާނެ. ނަމަވެސް ކުރިން އެންގުމަކާއި ނުލައި ހަފްތާއަކު ސްކޫލަކަށް ގޮސް އެތަނުން ކަލޭވެސް ބްރެކްފާސްޓެއް ނަގާބަލާށެވެ. އެއިރުން އިނގޭނެ ކޮލިޓީ ހިފަހައްޓަން އަދި ކުރާ ކަރަދާއި ހިސާބު ދިމާވޭތޯވެސް ބަލަން

comment އިންސާފް

6 year 1 week ago

ކުރަނެނުކުރާނެކަމެއްނޭގިގެން ދައުލަތުގެ ބަޖެޓުން ބޮޑެތި އިސްރާފުކުރަނީ! ނާސްތާގެ ބޮޑުބައެއް ކުދިންއިސްރާފުކުރަނި! ބެލެނިވެރިންގެ ޖީބަށް އެއްވެސް ލުއިކަމެއްނުލިބޭ! ތިފައިސާއިން ސްކޫލްތަކުގެ ޙާލަތުރަނގަޅުކުރުމަށް މަސައްކަތްކުރާނަމަ ރަނގަޅުވީހެއްނޫން!

comment ރިޒްމާ

6 year 1 week ago

މިސަރުކާރަށް ހަމައެކަނި އަދި ވީކަމަކީ މީ! އެހެން ވައުދެއް އަދި ފުއްދޭނެ ދުވަހެއްވެސް ނޭންގެ، މިހާ ސްލޯކޮަށް ދަންޏާ މީފުއްދޭނެ ހަމައެކަނި ވައުދަށްވެސް ވެދާނެ....5 އަހަރު މަޑުކޮށްގެން ބަލާކަށް ނޯންނާނެ!

comment 19

6 year 1 week ago

.ނިންމާނެ ނިންމާނެ އިތުރަށް ވެސް ފައިސާ ޚަރަދު ކުރަން ނިންމާނެ މޑޕ މީހުނަށް ދެވެން އޮތް ލާރި ގަނޑެއް ކޮންމެހެން ވެސް ދޭނެ ވަޒީފާތަކުން މީހުން ކަނޑައިގެން ވެސް ތިމީހުން ބޭނުންވާ މީހުނަށް ކިރިއާވެސް އެއްޗެއް ދެވެން އޮތީވިއްޔާ ކަހާލެވޭތޯ ބަލާނެ މަހާރު މި އޮތީ ކަނޑުގެ އުސޫލު، .އޯގާތެރި އެއްމެނަށް ހަމަ ހަމަކަން އަދުލު އިންސާފު ތަނެއްގާ އޮންނާނީ ދެން މި ވަރަށް.