އެތުލެޓިކޯ މެޑްރިޑް ދޫކޮށް ބާސެލޯނާއަށް އާދެވުނު ދުވަހު އުފަލުން ކަރުނަ އަޅައި ރޮވެގަނެވުނު ކަމަށް އެ ކުލަބަށް އަލަށް ގުޅުނު ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބުނެފި އެވެ.
ކާމިޔާބު އަހަރުތަކެއް އެތުލެޓިކޯއަށް ކުޅެދިނުމަށް ފަހު ގްރީޒްމަން ވަނީ ވޭތުވެ ދިޔަ ސީޒަން ނިންމާލުމުގެ ކުރިން އަންނަ ސީޒަނުގައި އެކުލަބުން ނުފެންނާނެކަން އިއުލާންކޮށްފަ އެވެ. އެއާ އެކު އޭނާ ހޯދުމަށް ޔޫރޮޕުގެ ބޮޑެތި ބާރުތަކުން މަސައްކަތް ކުރަމުން އަންނަނިކޮށް ބާސެލޯނާ އިން އޭނާގެ ސޮއެ ހޯދީ 120 މިލިއަން ޕައުންޑްގެ އަގަކަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން މީސްމީޑިއާގައި ދެކެވުނު "ޔޯލަ" ވާހަކަތަކަކަށް ފަހު ގްރީޒްމަން ބާސެލޯނާއަށް ބަދަލުވެ، އޭނާ މިހާރު އަންނަނީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެކުލަބާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. އަދި ބާސެލޯނާއަށް ބަދަލުވުމާ ގުޅޭ ގޮތުން އޭނާ ވާހަކަ ދައްކަމުން ބުނީ ޑީލް ފައިނަލްވެ، ބާސެލޯނާއަށް އާދެވުމުން ފުރަތަމައިން ވެސް ބައްޕައަށް ގުޅާފައި ކުޑަ ކުއްޖެއް ފަދައިން ރޯން ފެށުނީ ކަމަށެވެ.
"އަހަރެންނަށް ރޮވުނީ އުފަލުން ގޮސް. ބޮޑު ހުވަފެނެއް ހަގީގަތަކަށް މިވީ،" ގްރީޒްމަން ބުންޏެވެ.
އޭނާ ބުނީ އޭނާ ބޭނުންވީ ޗުއްޓީ ނިންމާލުމަށް ފަހު ރަނގަޅަށް ހަމަޖެހިލައިގެން ކުލަބާ ގުޅެން ކަމަށެވެ. އަދި ކުލަބާ ގުޅުނު ދުވަހު ރ�