މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ފުޅަނދުބުރު އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު، ރޭ ބާއްވާފައިވާއިރު، އެ ފުޅަނދުތައް އާންމުކޮށް މިއަދު ދައްކާލުމަށް ހަމަޖެހިއްޖެ އެވެ.
މާލޭގެ ބައެއް މަގުތަކުގައި ރޭ ފުޅަނދުބުރު ދުއްވިއިރު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ފުޅަނދުބުރު ބައްލަވާލައްވައިފަ އެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ފުޅަދުބުރުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
ރޭގެ ފުޅަނދުބުރުން ދިވެހިންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަން ފެނިގެންދިޔަ އެވެ. ޒަމާނީ ކުލަވަރާއި އިހުގެ ކުލަވަރު އަދި ކުޑަކުދިން ގަޔާވާނެ ފަދަ ކުލަތައްވެސް ފުޅަނދުބުރުން ވަނީ ފެނިގެން ގޮސްފަ އެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ފުޅަދުބުރުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
އެމްޕީއެލް، އެމްއޭސީއެލް، ބީއެމްއެލް، އެމްޑަބްލިއުއެސްސީ އަދި ސްޓެލްކޯގެ ފުޅަނދުތަކާއެކު ބޭއްވި ފުޅަނދުބުރު ބަލައިލުމަށް ގިނަ އަދަދެއްގެ ކުޑަކުދިންވެސް ވަނީ މަގުތައް މައްޗަށް ނިކުމެފަ އެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ފުޅަދުބުރުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
ފުޅަނދުބުރުގެ ފުޅަނދުތައް އާންމުކޮށް ދައްކާލުން މިއަދު އޮންނާނެ އެވެ. ފުޅަނދުތައް ބަހައްޓާފައި ހުންނާނީ މާފަންނު ވެލިދަނޑުގަ އެވެ. މިއަދާއި މިރޭ ފުޅަނދުތައް ބަލާލައި، ފޮޓޯނެގުމުގެ ފުރުސަތު އޮންނާނެ ކަމަށް ހޯމް މިނިސްޓްރީ އިން ބުންޏެވެ. މިނިވަންދުވަހާއި ގުޅުވައިގެން ފުޅަނދުބުރު ބާއްވާފައިމިވަނީ ދެ އަހަރަށް ފަހު އެވެ.