މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އަށް ނިސްބަތްވާ ފަރާތްތައް މަރަން، ރ. އަނގޮޅިތީމުގައި ބޭއްވި މުޒާހަރާއެއްގައި ގޮވާލާފައި ވަނީ އެ ނިޔަތުގައި ނޫން ކަމަށް އެ ރަށު ކައުންސިލް ރައީސް ގާސިމް ހުސައިން ވިދާޅުވެއްޖެ އެވެ.
އެމްޑީއެން އިން އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމައިގެން ނެރުނު ރިޕޯޓަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހު އަނގޮޅިތީމުގައި ކުރި މުޒާހާރާގައި އެ ޖަމިއްޔާގެ އިސްވެރިން މެރުމުގެ އިތުރަށް އަންދާލުމަށް ވަނީ ގޮވާލާފަ އެވެ. އެ ވީޑިއޯ ޝޯޝަލް މީޑިއާގައި ވެސް ދައުރުވި އެވެ. ބައެއް ފަރާތްތަކުން އެއީ އެޑިޓް ކޮށްފައިވާ ވީޑިއޯއެއް ކަމަށް ބުނާއިރު، ބައެއް ފަރާތްތަކުން ދަނީ އެކަމަށް ފާޑު ކިޔައި އެކަން ކުށްވެރިކުރަމުންނެވެ.
އަނގޮޅިތީމު ކައުންސިލް ރައީސް ގާސިމް ހުސައިން މިއަދު "ސަން" އަށް ވިދާޅުވީ، މުޒާހާރާގެ އިސްފަރާތްތަކާ އެކަމާ ގުޅިގެން ވާހަކަ ދެއްކި ކަމަށާއި އެ ފަރާތްތަކުން ބުނަނީ އެގޮތަށް މީހުން މެރުމަށް ގޮވާލީ އެކަމުގައި ރައްޔިތުންގެ މެދުގައި އޮތް ނުރުހުން ސަރުކާރަށް ބަޔާން ކުރުމުގެ ގޮތުން ކަމަށެވެ.
"އެދެބޭފުޅުން [މުޒާހަރާގެ އިސް ދެ ބޭފުޅުން] ބުނި ތިމަންނަމެން އެފަދަ ވިސްނުމެއްގައި ކުރި ކަމެއް ނޫނޭ. ތިިމަންނަމެންގެ ނުރުހުން ދައްކަން ވެގެން ބުނި އެއްޗެއް އެއީ. ކުއްޖަކު އެހެން ކީމަ އޭތި ވައިގެ ހިފީއޭ،" މުޒާހަރާގެ އިސްފަރާތްތަކާ ހަވާލާދީ ކައުންސިލް ރައީސް ގާސިމް ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެގޮތަށް މީހުން މެރުމަށް ގޮވާލެވިގެންވާނެ ކަމަކަށް ނުދޭކޭ ކަމަށެވެ.
"ކޮންމެ ބަޔަކު ކުރި ނަމަވެސް ރަނގަޅުކަމެއް ނޫން. އެއްވެސް މީހަކު މީހަކަށް އެގޮތަށް ގޮވާލެވިގެން ނުވާނެ،" ގާސިމް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ކައުންސިލުން އެއްވެސް ފިޔަވަޅެއް ނާޅަންތޯ ސުވާލުކުުރުމުން ގާސިމް ހުސައިން ވިދާޅުވީ، މިވަގުތު އޭނާ ހުންނެވީ މާލޭގައި ޗުއްޓީއެއްގައި ކަމަށާއި އެކަން ކުރައްވާނީ ރަށުގައި ތިއްބެވި ކައުންސިލަރުން ކަމަށެވެ.
އެމްޑީއެންއިން 2016 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓަކީ، ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ. ރިޕޯޓުގައި، އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ބައެއް ވާހަކަތައް ހިމެނޭތީ އެ ޖަމިއްޔާ އުވާލުމަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލުަމުންނެވެ.
ރައީސް އިބްރާހިމް މުހައްދު ސޯލިހާއި އިސްލާމިކް މިނިސްޓްރީންވެސް އެ ރިޕޯޓު ވަނީ ކުއްވެރިކޮށްފަ އެވެ.
އެކަމާ ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފަޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހް ވަނީ ދެއްވާފަ އެވެ. މައްސަލަ ބަލައި ނިމެދެން އެ އެމްޑީއެން މިހާރު ވަނީ ވަގުތީ ގޮތުން ސަސްޕެންޑް ވެސް ކޮށްފައެވެ.
އަނގޮޅިތީމްގައި މީހުން މެރުމަށް ގޮވާލާފައިވާއިރު، ފުލުހުން ރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުންދާ އިރު، އެ ރިޕޯޓުގެ މައްސަލައިގެ ބޭނުން ނަހަމަ ގޮތުގައި ބަޔަކު މީހުން ބޭނުންކުރަމުންދާ ކަމަށެވެ.
ދީން ހިމާޔަތްކުރުމުގެ ނަމުގައި ނަފުރަތާއި ބައިބައިވުމާއި ރުޅިވެރިކަން އުފެދޭ ފަދަ ވާހަކަ ފެތުރުމާއި، ބައެއް ކަންކަމުގައި ދީނުގެ މަންހަޖަކީ ރުޅިވެރިކަމާއި ދެކޮޅުވެރިވުންކަން ދައްކައި، ފިތުނަވެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ބަޔަކު މީހުން އަމަލުކުރަމުން ދާތީ އެކަމާ ފުލުހުން ކަންބޮޑުވާކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން މިހާރު ދަނީ ރިޕޯޓުގައި ހުރި ދީނާ ހިލާފު ވާހަކަތަކަށް ތިން ދީނީ އިލްމުވެރިއެއް ލައްވައި ދިރާސީ ރިޕޯޓެއް ތަހުގީގުގެ ބޭނުމަށް ތައްޔާރު ކުރަމުންނެވެ. އެ ރިޕޯޓު ތައްޔާރުކޮށް ނިމުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުން ރޭ ނުރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.
comment މުޙައްމަދު
6 year 8 month ago
މުޖުތަމާ ފަސާދަ ވެއްޖެތޯ،؟ އެފަދަ ކަމެއްކުރީ ކޮންބައެއްތޯ؟ އެފަދަ މީހުންނަށް އިސްލާމް ދީނުގައި އޮތީ ކޮން ޙުކުމެއްތޯ، އެ ފަދަ ޙުކުމަކަށް ގޮވިދާނެތޯ؟
comment އިިބޫ
6 year 8 month ago
އެއީ އެހާވަރު ކަމެއްނޫން..މަރަން ޙުކުމް ކޮއްފަހުރިމީހަކު ނުވަތަބަޔަކު މަރަން ގޮވިއަސް ޝަހިންދާޔައް ހީވަނީ އަންނި މަރަން ގޮވާހެން ދޯ.. ކީއްކުރާނީ ހަމަނިދިނިދާނުލެވި ތިޔައުޅެންޖެހުނީ .. ޔަޤީން ކަމެއް ކިތަންމެ ބިރުގަތަސް އަދި ކިތަންމެ ގަޓަސް މަރު ބަލާ ގަޑިޖެމުން އަންނާނެ.ނޯއެކްސްކިއުޒް.
comment ބޯގަން
6 year 8 month ago
100% އިސްލާމީ ގައުމެއްގައި ރަސޫލާއަށް އަދިނދީނަށް ޖޯކްޖަހައި ރިޕޯޓްލިޔެ ނެރުމާއި އެކަން ކުރި މީހުން މަރަން ގޮވުމުގެ ތެރެއިން ބޮޑީ ކޮން ކުށެއްތޯ އެވެ ؟ މިހިސާބަށް ދިޔައީ ކީއްވެ ؟
comment ޙަސަން
6 year 8 month ago
ހިނގާލުން ބޭއްވީ ޞުލްހަވެރި އެއްވުމަކަށް ބެނާ ތަކުން ވެސް އެކަން އެނގޭނެ....
comment ރ
6 year 8 month ago
ކޮންމެގޮތަކުންވިޔަސް މިހާރު ގައުމުގައި ބަސްބުނެ އިއްވަންތިބީ ރޯނުއެދުރުންތަކެއް. ޢިސްލާމީ ގައުމެއްގެ ވެރިކަމަކަށް ކުފޫހަމަނުވާ ދީިނީގޮތުން ޖާހިލުބައެއް.
comment އަޑަފި
6 year 8 month ago
ދިވެހިން ގޮވީމަ މާނަކުރެވުނު ގޮތް ކަމަށް ފެންނަނީ
comment ޖަމާލު
6 year 8 month ago
ބުއްޅަބޭ ބުނިހެން ތިއޮތީ ޢަރަބިން ބުނަން އުޅެނިކޮށް ދިވެހިން ބުނެވިފަ... ހަހހހަަަަހަހަހަހަ
comment ނަޝީދު
6 year 8 month ago
އެވާނީ އިނގިރޭސިން ތަރުޖަމާ ކިރުމުގައި އޮޅުނީ ކަމަށް.
comment އަލީރާޖާ
6 year 8 month ago
ދެން އެމްޑީއެން މީހުންވެސް ރިޕޯޓު ނެރުނީ އެ ނިޔަތަކު ނޫނޭ ބުނީމާ ނިމުނީދޯ؟ ތިއީ ދެން ކޮންފާޑެއް؟ ކޮންމެ ނިޔަތެއްގައިވެސް ބުނެގެން ނުވާނެ އެއްޗެހި ހުންނާނެ.
comment ވގ
6 year 8 month ago
އެއީ ތޯ އިސްލާމްދީނުގަ އޮންނަގޮތް އަގޮޅިތީމްގެ މީހުނައް ދީންދަސްކޮއްދީ ކާކުތޯ އަހަރުމެން ދަންނަ އިސްލާމްދީނުގަ މީހުންމަރާކައްނޯވެ
reply މަ
6 year 8 month ago
މަރައް މަރު އޮވޭ