މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން އާންމުކުރި "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ހުރި މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރުވާން އެ ރިޕޯޓު ލިޔުމުގައި ބައިވެރިވި ޑރ. އަޒްރާ ނަސީމް އުޒުރުވެރިވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އަޒްރާ ދިރިއުޅެނީ ރާއްޖެއިން ބޭރުގައެވެ. މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރުވާން އެ ދެމީހުންނަށް ޗިޓު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނީ ހުސްވި އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އެވެ.
ނަމަވެސް ޗިޓު ކިޔުމަށް ފަހު، ސަލާމަތީ ސަބަބު ތަކަށް ޓަކައި، ރައްކާތެރި މާހައުލެއް ލިބޭނެކަމުގެ ޔަގީންކަން ނެތް ކަމަށް ބުނެ ރާއްޖެ އައުމަށް އުޒުރުވެރި ވާކަމަށް އަޒްރާ އަންގާފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.
ނަމަވެސް ޝަހިންދާގެ ފަރާތުން މިހާތަނަށް ޖަވާބެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއަށް ޗިޓު ކީ މުއްދަތުވެސް އަދި ހަމަ ނުވާކަމަށް ފުލުހުން ބުނެއެވެ.
އަޒްރާ ދިރިއުޅެމުން ދަނީ ސްޕެއިންގަ އެވެ. އަދި ޝަހިންދާ ދިރިއުޅެނީ ޖަރުމަނުގަ އެވެ. އެމްޑީއެންގެ މައްސަލަ ފެންމަތިވި އިރުވެސް އެމީހުން ތިބީ އެތަނުގަ އެވެ.
އެމްޑީއެން ރިޕޯޓުގެ މައްސަލާގައި ޝަހިންދާ އަދި އަޒްރާއަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ފުލުހުން ވަނީ ތިން ދީނީ އިލްމުވެރިން ލައްވައި، އެމްޑީއެންގެ ރިޕޯޓުގެ އިލްމީ ދިރާސާއެއް ކޮށްފައެވެ. އަދި އެ ދިރާސާއަށްފަހު ރިޕޯޓުގައި އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަން ފެންނަ ކަމަށް ވަނީ ނިންމައިފަ އެވެ.
ނޯޓު: އަޒްރާގެ އިތުރުން ޝަހިންދާވެސް ރާއްޖެ އައުމަށް އުޒުރުވެރިވާކަމަށް މި ޚަބަރުގައި ކުރިން ލިޔެވިފައި އޮތީ ފުލުހުން ފޯރުކޮށްދިން މައުލޫމާތުގައި އޮތް ކުށަކުންނެވެ. ފުލުހުންގެ ފަރާތުން އެ ކުށް ރަނގަޅުކޮށް، މީޑިއާއާ ހިއްސާކުރި ވަގުތުން ފެށިގެން މި ޚަބަރު ވަނީ އިސްލާހުކުރެވިފައެވެ.
comment ސެން
6 year 8 month ago
ޢެމީހުން އެތާތިއްބަސް މުސާރަ ބަރާބަރަށް ހިނގާ.... ދެން ކީއްކުރަން ރާއްޖެ އަންނަންވީ
comment ބެއްޔާ
6 year 8 month ago
މީކާއިލް ނަސީމް ކައިރީ ބުނޭ ބޮޑު ދައިތަ ގެނެސްދޭށޭ. އޭރުން ތިކަންވާނީ. މަޖްލީސްގައި ފޮނިވާހަކަ ދެއްކިޔަސް ތިކަމެއްނުވާނެ.
comment ޢޭނާރކީ
6 year 8 month ago
އެކަހަލަ މޮޔައިން ޑރ. ކަށް ވޭތަ؟؟
comment ނަޒްމާ
6 year 8 month ago
ތީ ތިވާވަރަކީ.. އެކަމު ބުނަން.. ދުނިޔޭގަ ތިބި 2.4 ބިލިޔަން މުސްލިމުންނައް ފިލާގެން އުޅެވިދާނެތަ..އެމީހުންގެ ދީނައް ފުރައްސާރަކޮއްފަ.؟
comment ރިސޯޓު ބޯއީ
6 year 8 month ago
ކޮބާ ޖަޒީރާ ގެ ރައްޔިތުން ނަ މީގެން ވި ފައިދާ އަކީ. ރާއްޖެ އިސްތިހާރު ކުރާނީ ދިވެހިން ގެ ލާރިން. ވަޒީފާތަކުގެ މުސާރައިގެ 90% ދަނީ ގައުމުން ބޭރަށް. މިކަމުން ކޮބާ އަހަރުން އުފާ ކުރަންވީ ސަބަބު.
comment ޢަލީ
6 year 8 month ago
މިބައިގަނޑު ފުރުވާލާފައި ފުލުހުން ޑްރާމާ ކުޅެނީ
comment މުލްކު
6 year 8 month ago
މިސަރުކާރާމެދު ފިޔަވަޅުއަޅަންވީ މިސަރުކާރުން އެމީހުން ފިލަން ފޮނުވާލީ
comment މޯ
6 year 8 month ago
ރައްކާތެރިކަން ނަގާލަނީ ކީއްކުރަން؟ ފުރަތަމަ އެވާހަކަ ދައްކަމާ؟ މަރު އައިސް ޖެހޭ ވަގުތު އިހުސާސް ވާނެ ތިމާ އަކީ އާރެއް ބާރެއް ނެތް އިންސާނެއްކަން. ވަގުތު ފާއިތު ނުވަނީސް ކުރެވުނު މޮޔަކަންތަކަށް ތައުބާވެ ފުރިހަމަ މުސްލިމަކަށް ރުޖޫއަވޭ. ވަރަށް ސަލާމް
comment އިސްސެ
6 year 8 month ago
ތި ދެކުދިންއަށް ކޯންޗެއްބާ ތިޔަ ކިޔެވުނީ؟
comment އާލު
6 year 8 month ago
ބޭރުގައުމުތަކުގަ އުޅެވިދާނެ އެކަމު މަރު ގެ މަލާއިކަތާ އައިސް އެގޮތްމިގޮތައް ތަޅާފޮޅަމުން އަނބުރަމުން ދަމާކޫތާފަ ފުރާން ލުހެލައިރު ފުރިހަމަ މުސްލިމުން ތިބޭނީ އަމާންކަންމަތީ ހޭން