ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއު ކުރިއަށް ނުގެންދިޔުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ލަފާދިނުމުން ނ. މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން އެކަމަށް ފާާޑު ވިދާޅުވެއްޖެއެވެ.
މެންބަރު ހާރޫން މިއަދު ވިދާޅުވީ މާފަރު ފަޅުން ވެލިނެގުން ނުހުއްޓުވުނު ކަމަށާއި އަތޮޅުތެރެ ތަރައްގީ ވާތީ ތިމާވެށި ހަލާކުވާ ކަމަށް ބުނާ ކަމަށެވެ.
"މާލެ ކައިރި ރިސޯޓު ހަދަން ފަޅު ހިއްކުން އޯކޭ. ތަރައްގީ ކުރެވެނީ މާލެ ވަށައިގެން. އަތޮޅުތެރޭ ތަރައްގީއަށް ހުރަސް ނާޅުއްވާ،" ހާރޫން ވިދާޅުވިއެވެ.
އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމަށް ފަހު، އެ މަޝްރޫއު ކުރިއަށް ނުގެންދިޔުމަށް ލަފާދީ އީޕީއޭ އިން ބުނެފައިވަނީ މާފަރު އެއާޕޯޓްގެ އެކްސްޕެންޝަން މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވާ ބޯއިން 777 ޓްވިން ޖެޓް ލޭންޑު ކުރެވޭ ވަރަށް އެއާޕޯޓް ރަންވޭ ބޮޑު ކުރުމަކީ ދުރު ރާސްތާ އަށް ބަލާއިރު ލިބޭނެ ސޯޝިއޯ އިކޮނޮމިކް އަދި ތިމާވެށީގެ މައްސަލަތަކާ އަޅާބަލާއިރު، އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ.
މާފަރު އެއާޕޯޓަށް އެ މަރުކާގެ ބޯޓް ޖައްސާނީ ކިހާ ގިނައިންތޯ ޔަގީންނުވާ ކަމަށާއި މިއީ ދުރުރާސްތާ އަށް ބަލާއިރު ލަފާކުރަން ނޭނގޭ ކަމެއް ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އެއާޕޯޓު ބޮޑުކުރުމަށް މާފަރު ފަޅުން ހިއްކަންޖެހޭ ސަރަހައްދަކީ ރަށުގެ ފަޅުން ތާ އަބަދަށް ބޮޑު ބަޔެއް ގެއްލިގެން ދިޔުން ކަމަށާއި މިއީ އެ ސަރަހައްދުގެ ކަނޑުގެ ދިރުންތައް އެއްކޮށް ނެތިދާނެ ކަމެއްކަމަށް ވެސް އީޕީއޭ އިން ބުނެފައިވެ އެވެ. އަދި މާފަރު އެއާޕޯޓަށް ރަށުން ނަގާފައިވާ ބިމުގެ ބަދަލުގައި ރަށުގެ ފަޅުން ބޮޑު ބަޔެއް ހިއްކުމަށް ރައްޔިތުންނާއި ރަށު ކައުންސިލުން އެދެމުންދާއިރު އެއާޕޯޓު ބޮޑުކުރުމުގެ ނިޔަތުގައި ރަށުގެ ފަޅުން ބޮޑުބަޔެއް ހިއްކުމަކީ ކުރަން ރަނގަޅު ކަމެއް ކަމަށް ނުފެންނަ ކަމަށް ބުނެފައިވެ އެވެ.
އީޕީއޭ އިން ބުނެފައިވަނީ މާފަރު އެއާޕޯޓު ބޮޑުކުރުމަށް ވެލި ނަގަން ނިންމާފައިވާ ސަރަހައްދަކީ ކަނޑުގެ ދިރުން މުއްސަނދި، ވެލާކަހަނބު ގިނަ އަދަދަކަށް އުޅޭ ސަރަހައްދެއް ކަމަށެވެ. އަދި މާފަރުން ހިއްކަން ނިންމާފައިވާ ސަރަހައްދު ހިއްކި ނަމަވެސް އެ ސަރަހައްދު ގިރުން ފަދަ ކަންތައް ކުރިމަތިވާނެ ކަމަށާއި އެކަމަށް ހައްލު ހޯދުމަށް ކުރާ މަސައްކަތަށް ބޮޑު ހަރަދު ދާނެ ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ.
މާފަރަކީ ވެލާ ބިސްއަޅާ ރަށަކަށް ވެފައި، އެރަށުގެ ފަޅުން ބޮޑު ބަޔެއް ހިއްކުމަކީ ވެލާތަކަށް އެސޮރުމެން ބިސްއަޅަން ބޭނުންކުރާ ސަރަހައްދު ގެއްލޭނެ ކަމަކަށް ވާތީ، މިއީ ސީދާ ގޮތުން ކަނޑުގެ ދިރުންތަކަށާއި ވެލާކަހަނބަށް އަސަރު ކުރާނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.
މާފަރު އެއާޕޯޓު ބޮޑުކުރުމަށް ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއަށް 22،000 ރުއްގަސް ކަނޑަށް ޖެހޭ ކަން އީޕީއޭ އިން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އެއާޕޯޓު މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވާ ސަރަހައްދަކީ ބައެއް މީހުންނަށް ގޯތި ދޫކޮށްފައިވާ ސަރަހައްދެއް ކަމަށާއި މިކަމަށްވެސް ގިނަ އަދަދެއްގެ ކަސް ކަނޑަން ޖެހޭނެތީ މިއީ ތިމާވެށީގެ ގޮތުން ބަލާއިރު ރަށުގެ ފެހިކަަމަށް އަދި ބިންގަނޑަށްވެސް އަސަރު ކުރާނެ ކަމެއް ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ.
އީޕީއޭ އިން ފާހަގަކޮށްފައިވާގޮތުން އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދިޔުމަށް ކަނޑާ ރުއްގަހުގެ ބަދަލު ދޭނެ ގޮތެއްވެސް އަދި ކަނޑައަޅާފައެއް ނުވެ އެވެ.
އިންޓަނެޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ މާފަރު އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ.
އަބޫދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ މި އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.
މާފަރު އެއާޕޯޓަކީ އޭ380 ޖެއްސޭ ފެންވަރުގެ އެއާޕޯޓަކަށް ހަދަން އެ އެއާޕޯޓު ތަރައްގީކުރި ކުންފުނިން ބޭނުންވާ ކަން އިއުލާނު ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
މާފަރު އެއާޕޯޓު ބޮޑުކުރުމަށް ބޭނުންވާ ފަންޑު ދޭން ޔޫއޭއީ ސަރުކާރުންވެސް ވަނީ މިހާރު ރުހުން ދީފަ އެވެ.
comment ެެAli
5 year 6 month ago
Maafaru ga airport alhan ninmi iruves velaaaraa eyruves thi EPA survey thaka ehchethi hadhaa fa hudhadheefa othee mihaaru konvaahakaehtho
comment 0 ޓޮލަރެންސްގައި ވައްކަން
5 year 6 month ago
މިއީ ސަރުކާރައް ކަޓު ނުވަތަ ލާރިގަނޑެއް ނުދީގެން ހުއްޓުވި ޕްރެޖެކްޓެއް. 0 ޓޮލަރެންސްގައި ވައްކަމާއި ފަސާދަ އާއި އޮޅިވާލުމާއި މަކަރާއި ހީލަތް
comment ވެލާބިސް
5 year 6 month ago
ކޮބަޔޯ ވެލާތަކާ ބިސްތަކާ. ވަރަށް ހެއްވާ ރިޕޯޓެއްތީ. ބަލަ ކަލޭމެންނަށް ކީއްތަ ބޯޓެއް ނުޖެއްސިއްުޔާ. ޚަރަދު ކުރަަނީ ދިވެހި ސަރުކާރަކުންނޫނޭ. ރުއްގަހަށް ދޭ ބަދަލު ކަލޭމެން ބަލަންޖެހޭތަ؟ އެމީހުން ބަދަލެއް ބޭނުމެއްނުވެޔޭ. ބޭނުމީ އެއަރޕޯޓް. އެއޮތީ މާބޮޑު ބަަދަލެއްކަމަށް އެމީހުން ބުނި. ދެން ގޯތިދޭން ނިންމާފަ އޮތަސް އެހެން ސަރަހައްދަކަށްވެސް ބަދަލު ކުރެވޭނެއެއްނު. ކަލޭމެން ތިއުޅެނީ ރާއްޖެތެރެ އެއޮތް ހާލުގަ ބާއްވަން. ހުސްއަނގަނުތަޅާ. ބަޔަކަށް ފައިދާއެއްވާނެތީ. ކަލޭމެންނަށް ބައިއަޅާވަރު ކުޑަކަމުން ތިއުޅެނީ. ބަލަ އެހެންރަށްރަށް އެބަހުރި އެއްކޮށް ހިއްކާލާފަ. ފަޅެއްވިލެއްނެތް. މެންބަރު ތިކަމާ ތަންކޮޅެއް ބޮޑަށް އުޅެން އެބަޖެހޭ. ކަލެއަށް ތިކަން ވާނީ
comment ކޮކީ
5 year 6 month ago
ތިއުޅެނީ އަނތޮޅުތެރޭ ރަށެއް ތަރައްގީވެދާނެތީ ބިރުން