މިދިޔަ އަހަރުގެ ނިޔަލަށް އެކިއެކި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 233.1 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލީ ތަފާސް ހިސާބުތަކަށް ބަލާއިރު ޖޫރިމަނާ އަދި ޕެނަލްޓީގެ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 197 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަހަރު ނިމުނު އިރު ލަފާކުރި މިންވަރަށްވުރެ 36 މިލިއަން ރުފިޔާ ގިނައިން ވަނީ އާމްދަނީގެ ގޮތުގައި ލިބިފައެވެ.
މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުގައި ޖޫރިމަނާގެ ގޮތުގައި ޖުމްލަ 169.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ ތެރޭގައި ހިމެނެނީ ގާނޫނާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 83 މިލިއަން ރުފިޔާ އާއި ގަވައިދާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 30 މިލިއަން ރުފިޔާ އާއި އެގްރިމެންޓުތަކާ ހިލާފުވެގެން ކުރެވޭ ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 11 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން މުވައްޒަފުންގެ ގަޑީ ލާރިއާއި ޖޫރިމަނާގެ ގޮތުގައި އަށް ލައްކަ ރުފިޔާ، ދަރަންޏާއި ގަޒިއްޔާ ޖޫރިމަނާގެ ގޮތުގައި 166،869 ރުފިޔާ، ޓްރެފިކް ވަޔޮލޭޝަން ޗާޖުގެ ގޮތުގައި 31 މިލިއަން ރުފިޔާ އަދި އެހެން ޖޫރިމަނާގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
comment ސަޢީދު
5 year 6 month ago
އަދިވެސް އިިތުރު ކުރެވިދާނެ! ކޮންމެ ސައިިކަލެއްގެ ފަހަތުގައި ޕޮލިހެއް ފާރަވެރިވެ، ނިކަމެތި ރައްޔިތުމީހާ ފެލާ ހުސްކުރެވިދާނެ. ޕާކިންގ އެހާ ދަތި އުނދަގޫ.. ނުވިތާކު، މަގުމަތިން ހުއްޓުވާ އޭތި ކޮބާ މީީތި ކޮބާހޭ ފުލުުހުން އަހާ އިރު މާލޭ މަގުމަތި އޮތް ގޮތް ކާކަށް އެގެނީ..ދުއްވާ އެއްޗިއްސަށް ލިބޭ ގެއްލުން އަބަދުު މަރާމާތު ކުރަން ގަރާޖަށް މުސާރަކޮޅުން ބައެއްް.. ވިސްނާލަބަލަ. އެވްރެޖް 15000 ނުވަތަ 20000 ހާސް ބުރަ މަސައްްކަތުން ލިބޭ މީހުން ގިނައިރު އެމީހުންގެ އުދާސްތަކާއި ޙާލު! ކޮބާ އޯގާތެރިކަމަކީ؟ ކޮންމެވެސް ގޮތަކުން އާންމު މީހާގެ ޖީބު ކޮޅާލުން މި ފެންނަނީ! ދެރަކަމެއް! ރަށުގައި އުޅެވޭނެ ފުރިހަމަ ނިޒާމެއް ޤާއިިމުކޮށްދިނުން ނޫން އެހެން ގޮތެއް ނެތް..
comment މުރުގި
5 year 6 month ago
ދިވެހިންގެ ނިކަމެތި މީހުން ފައިސާހުސްކުރަނީ. ތިޔަށްވުރެ ރަގަޅުވާނެ ހިދުމަތް ކަޑާލުން. ޖޫރިމަނާ ކުރުމަކީ ވަރަށް ދިރަކަމެއް. ދަރަނެވެރިވަނީ ..