ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަގާމުން އައިމިނަތު އާތިފާ ޝުކޫރު އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބިގެން ދިޔަ ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރުގެ މަގާމަށް އާތިފާ އައްޔަނު ކޮށްފައިވަނީ ރައީސް މައުމޫންގެ މޯލްޑިވިސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ސްލޮޓެއްގަ އެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އާތިފާ އަކީ ހިތްވަރު ގަދަކަމާއި އިހްލާސްތެރިކަމުގެ ނަމޫނާއެއް ކަމަށާއި އެކަމަނާ ރައްޔިތުންނަށް ހިދުމަތްކޮށްދެއްވީ ތެދުވެރިކަމާއި އެކު ކަމަށެވެ. އަދި އާތިފާ އެ މަގާމުން އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބިގެންދިޔަ ބޮޑު ގެއްލުމެއް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވަނީ އާތިފާއަށް ފުރިހަމަ ސިއްހަތާއި ކާމިޔާބު ލިބުމަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.
އެ މަގާމުން އާތިފާ އިސްތިއުފާ ދެއްވާފައިވަނީ އިއްޔެ އެވެ. އެއީ ސިއްހީ ސަބަބުތަކަށްކަށްޓަކައި ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ހައުސިން މިނިސްޓްރީ އުވާލައްވާފަ އެވެ. އެ މިނިސްޓްރީގެ މަސައްކަތްތައް ބަދަލުކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީގެ ދަށަށެވެ.
ރައީސް އޮފީހުން ބުނީ ހައުސިން މިނިސްޓްރީ އުވާލުމަށް ފަހު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ ގެ ނަން "މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ"ގެ ނަމަށް ރައީސް ސޯލިހު މިއަދު ބަދަލުކުރައްވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ ހައުސިން މިނިސްޓްރީއިން ދެމުން ދިޔަ ހުރިހާ ހިދުމަތެއް ދެމުން ދާނީ ޕްލޭނިން މިނިސްޓްރީއިން ކަމަށެވެ. އަދި ހައުސިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ވެސް ޕްލޭނިން މިނިސްޓްރީއަށް ބަދަލުކުރަން ވެސް ރައީސް ނިންމަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
comment އަޙްމަދު
5 year 11 month ago
އާތިފާ އިސްތިޢްފާ ދެއްވުމަކީ ޤައުމަށް ލިބުނު ފައިދާއެއް.މިނިސްޓްރީ އުވާލުން ވެސް އެއީ ފައިދާއެއް.މިނިސްޓަރަށް ކުރަން ޖެހޭ ޚަރަދު ދެން ކުރާކަށް ނުޖެހޭނެ.
comment އަޙްމަދް
5 year 11 month ago
ކޮންގެއްލުމެއްލިބޭނީ އެއްވެސް ގެއްލުމެއްނުލިބޭނެ!
comment ތަމަޅަބޭ
5 year 11 month ago
މުޅި ދުނިޔެއަށް ލިބުނު ގެއްލުމެއް ނޫންބާ؟
comment ޏ
5 year 11 month ago
ނޫން އެއީ އެހާވަރުގެ ގެއްލުމެއްނޫން އެއަށްވުރެ ބޮޑުގެއްލުމެއް އެއީ އެއްވެސް ތައުލީމެއް ތަޖުރިބާއެއް ނެތް ބަޔަކަށް މަގުމަތީ އުޅޭ ވަކަރުގޭ ކުދިންނަށް މަނިކުފާނަށް ގޮޅާބޯ ކިޔާ މަނިކުފާނުގެ އަބުރުކޮށާ ކުދިކޮއް ގައުމުގަ ހުޅުޖަހާ މަނިކުފާނުގެ ގޭދޮށަށް އެއްވެ ހަލޭފަޅޭ ޖަހާ މަގުމަތިކުޑަކޮއް ގައުމުގެ އިޖްތިމާއީ ފޭރާން ވީދާލާ ގައުމުގެ ހަމަޖެހުން ނަގާލާން މަސައްކަތް ކުރިބަޔަކަށް މަނިކުފާނުގެ އެއްބާރުލުމާއެކު ވެރިކަން ހޯދާދިނުމަށް މަސައްކަތްކުރުން .އެދުވަހުން ފެށިގެން ކޮމެންޓް ކުރުން މިއުޅެނީ ހުއްޓާނުލެވިގެން .ކަށީގަ ހިފައި އާދައަކަށްވެއްޖެ މިބައިގަޑެއްގެ ބަލާބޮޑުކަމުން ބޮލަށް ތުރާވާވަރުން .ހަބަރު ކިޔާފަ ހުއްޓައެއްނުލެވޭނެ ކޮންމެވެސްއެއްޗެއްލިޔެވޭނެ .ދުޢާކޮއްދެއްވާ ހިޔާލުފާލުކުރުން ހުއްޓޭތޯ .އަބަދުލިޔެވޭތީ .
comment މޫން 1972
5 year 11 month ago
އިސްތިއުފާ ދިނީކީނޫން އެމްޑީޕީ އެކްޓިވިސްޓުންގެ ޕްރެސަރާ ހުރެ މަޖުބޫރުވެގެން އިސްތިއުފާ ދިނީ!
comment ޤައުމު
5 year 11 month ago
ޤައުމަ ލިބުނު ގެއްލުމަކީ އެމްޑީޕީޔަ ވެރިކަން ހޮދަދޭން މަނިކުފާން އުޅުނީމަ
comment ދުމައިން
5 year 11 month ago
މީނާ ހީކުރީ މީނަމީ "ގައުމު" ކަމަށްތަ؟ ގައުމަށް ވިއެއްވެސް ގެއްލުމެއް ނެތް. އާތިފާޔަކީ އަސްލު ތިމަގާމަށް މިވަގުތަށް އެންމެ އެކަށީގެންވަ މީހާއެއްނޫން. ގެއްލުންވީ މީނަޔަށް. ޟީނަގރ ސޮލޮޓެއް ގެއްލި އެ މަގާމަށް ނުއުފަން "ދަރި" ނާދިރާލާން ހިތަށް އަރުވާލިތަނާއެނގުނީ އެ މިނިސްޓަރީ އުވާލާ އެ ސްލޮޓު ގަތުލުކޮށްފިކަން. ކުރީ ވެރިކަމުގަ ޓުރާންސްޕޯޓު މިނިސްޓަރީއަށްވެސްވި އެކަހަލަ ގޮތެއް. އެހުންނަނީ ގައުމަށް ފައިދާހުރި ، މިމީހާއަށް ގެއްލުންހުރި ކަންކަން. ދެން ކޮން ގައުމެކޭ ކިޔާކަށް. ތިމަންނަޔަށޭ ބުނީމަ ނިމުނީނު ހަމަ.
comment ނާފިޒް
5 year 11 month ago
އެމްއާރްއެމް އަށް ލިބުނު ގެއްލުމެއް. ގައުމަށް ގެއްލުމެއް ބާ؟ އެއް ވަޒީރެއްގެ މުސާރަ މަދުވީ. ދެ ވުޒާރާ އެއް ކޮށްލުމުން. ހައުސިން އެއްވެސް ކަމެއް ރަނގަޅަށް ގޮސް ރައްޔިތުންނަށް ބޯ ހިޔާވަހި ކަމެއް ލިބުނު ބާ؟