ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ބޮޑު ކުށަކަށް ހަދައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ޖިނާއީ އިޖުރާއަތު ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާއެކު ބޮޑު ކުށުގެ ތެރޭގައި މިހާރު 12 ކުށެެއް ހިމެނޭނެއެވެ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ހިމެނޭ ކުށްތަކުގެ ތެރޭގައި މީހުން މެރުމުގެ ކުށާއި ރޭޕްކުރުމުގެ ކުށާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތަކާއި ޓެރަރިޒަމްގެ ކުށްތަކާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށްތައް އަދި މަނީ ލޯންޑްރިންގެ ކުށްތަކުގެ އިތުރުން މީހުން ޓްރެފިކް ކުރުމުގެ ކުށްތަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށްތަކާއި އިތުރު ކުށްތައްވެސް ހިމެނެ އެވެ.
އޭގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ޒާތީ މުއާމަލާތު ކޯޓު އަމުރެއްގެ ދަށުން އަޑުއެހުމުގެ އިހުތިޔާރު ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ދޭންވެސް އިސްލާހުގައިވެއެވެ،
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅި މައިގަނޑު މަގުސަދަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، އެ ގާނޫނު ތަންފީޒުކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށާއި، އެ ގާނޫނުގައި އިތުރަށް ކަނޑައަޅަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުމެވެ.
ޖިނާޢީ އިޖުރާއަތުގެ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރެއްވުމާއިއެކު، އެ ގާނޫނު މިއަދު ވަނީ ގެޒެޓުގައި ޝާއިއުކޮށް އަމަލުކުރަން ވަނީ ފަށައިފައެވެ.
comment ޢާލިމް
5 year 7 month ago
މައްސަލައަކީ ގާނޫނެއް. ގާނޫނު ހަމަހަމަ ގޮތުގައި ތަންފީޒުކުރުމުގެ ކެރިކުޅަދާނަކަން ވެރިން ކިބާގައި އޮތުން. ގާނޫނަށްވެރެ މަތީގައި ވެރިންތިބެ ސިޔާސީ ހަތިޔާރެއް ގޮތުގައި ގާނޫނުތައް ބޭނުން ކުރުން
comment އަލީ
5 year 7 month ago
الله ގެ އަމުރުފުޅުގައި ވަނީ ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. އެހެންވުމާއި އެކު ހިތަށް އެރި ފަހަރަކު ނަމާދެއް ކޮށްލާފައި ހަފްތާގަ ހުކުރު ކޮށްލައިގެން ސުވަރުގެ ވަދެވޭނެ ކަމަށް އުންމީދު ކުރާނީ ބުއްދި ހަމަ ނުޖެހޭ މީހެކެވެ. އެހެންނަމަ ނުކިޔަވައި ޖާހިލެއްގެ ގޮތުގައި ހުރެ ޕައިލެޓުކަމާއި ޑރ އަކަށްވެވޭނެ ކަމުގެ އުންމީދު ހިތުގައި އޮވެއްޖެނަމަ އަމަލު ނުކުރިނަމަވެސް އުންމީދު ހާޞިލުވާނެހެއްޔެވެ؟ އެހެންޏާ އޭނައަށް ރިޒުޤު ލިބޭނެ ކަމަށް ހީކޮށް އެނދުގައި އޮންނަންވީނޫން ހެއްޔެވެ؟ މިގޮތަށް ކާމިޔާބު ލިބުމަށް އުޅޭނީ ހާދަހާވާ ބުއްދިނެތް މީހެކެވެ
comment ޔާބު
5 year 7 month ago
އިންޑިއާގަވެސް ތީ ބޮޑު ކުށެއް. ޝަރީޢާ ނޫން އެއްޗެއް ހޯދަން އަދާލަތުން އުޅުނަސް ޙައްލެއް ނުލިބޭނެ