އދ.ގެ ސަބް ކޮމިޓީއަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝަތު ޝުޖޫން މިއަދު އިންތިހާބުކޮށްފި އެވެ.
ސްވިޒަލެންޑްގެ ވެރިރަށް ޖެނީވާގައި ބޭއްވި އެ އިންތިހާބުގައި ޝުޖޫން އިންތިހާބުކޮށްފައި ވަނީ، އަނިޔާވެރިކަމާއި ނާއިންސާނީ އަމަލުތަކާ ދެކޮޅަށް މަސައްކަތް ކުރާ ސަބް ކޮމިޓީ، ޕްރިވެންޝަން އޮފް ޓޯޗާ އެންޑް އަދާ އިންހިއުމަން އޯ ޑީގްރޭޑިން ޓްރީމެންޓް އޯ ޕަނިޝްމަންޓް އަށެވެ.
އެ ކޮމިޓީއަކީ، އދ.ގެ އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ކޮންވެންޝަން އެގެއިންސްޓް ޓޯޗާ ގެ ދަށުން އިންތިހާބުކުރާ ކޮމެޓީއެކެވެ.
މިއީ ޝުޖޫން އެ ކޮމިޓީއަށް އިންތިހާބުވެވަޑައިގެންނެވި ތިން ވަނަ ފަހަރެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް ޝުޖޫން ވަނީ އެ ކޮމިޓީގެ މެމްބަރުކަން އަދާކޮށްފައެވެ.
އެ އިންތިހާބުގައި އެކި ގައުމުތަކުން 19 ކެންޑިޑޭޓަކު ވާދަ ކުރިއެވެ. ޖުމްލަ 19 ބޭފުޅަކު ވަނީ އިންތިހާބުވެފައެވެ.
ތިން އަހަރުގެ ދައުރަކަށް އިންތިހާބު ކުރާ އެ ކޮމިޓީއަށް މިއަދު އިންތިހާބުވެވަޑައިގެންވި ބޭފުޅުންގެ ދައުރު ފެށޭނީ އަންނަ އަހަރުއެވެ. އެ ދައުރުު ނިމޭނީ 2024 އަށެވެ.
comment ލލ
5 year 7 month ago
އިސްލާމް ދީނަކީ އަނިޔާއެއްގެ ގޮތުގައި ސިފަކޮށް ދެކޭބަޔެއް ! މިމީހުން ބޭނުން ގޮތަަކަށް އުޅެވުނީމާ އަނިޔާއިން ސަލާމަތްވީތޯ ؟
comment ހިބަރުވަދޭ
5 year 7 month ago
އަނިޔާވެރި އަމަލުތަކާ ދެކޮޅު އދ.ގެ ސަބް ކޮމެޓީ އަށް ފަނޑިޔާރު ޝުޖޫން އިންތިޚާބުކޮށްފިނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ ރާއްޖޭގެ ސްޕްރީމް ކޯޓުގެ ޖަޖުން ނަކީ އެއީ ސްޓްރެއިޓް ލައިން މަތީގައި ތިބޭނެ ބަޔެއް ކަމަށް އެމެން ކަން ކުރިގޮތަށް ހިބަރު ވަދު ދޫކޮށްގެން ހިބަރު ބާނަން އުޅެން ހަދައިގެން ސްޕްރީމް ކޯޓަށް މީހުން ކުރާ އިހްތިރާމާއި ގަދަރުވަނީ ގެއްލިފައޭ ހިބަރުވަދޭ މެން މަމެން ނަގަން ޖެހުނީ ފުރާޅުގެ ޓިނުތައް ނަގާހޫރާލައި ގެންނޭ މަމެން ޕިންކީން އަދިވެސް ވެރިކަމަށް އަތުވެއްޖެނަމަ ހިބަރު ވަދޭ މެން ނަގާ ހޫރާލާނީ ސްޕްރީމް ކޯޓުގެ ފުރާޅުގެ ޓިނު ނަގާ ހޫރާލައިގެންނޭ މީމާލެއޭ ހިބަރު ވަދޭތަމެން ރަށުގައި އުޅޭ ޒާތަށް މާލޭގައި ނޫޅެވޭނެއޭ އެކަން ދަންނައްޗޭ ހިބަރުވަދޭ ވަން ސެންސް މިސިންގް ދަ ސައުތު ސައުތު ކަންޓްރީސައިޑޭ...