ދުބާއީ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މުޅި މަޖިލީހަށް ގަސްދުގައި އޮޅުވާލާފައިވާތީ އޭނާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ނިންމައި އޭނާ އަށް ދައުވާ ކުރަން ފޮނުވަން މަޖިލީހުން ފާސްކޮށްފި އެވެ.
މިރޭ ޖަލްސާގައި އެގޮތަށް ވޯޓު ދެއްވީ 57 މެމްބަރުންނެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ދިން މައުލޫމާތުތަކުގައި އޮޅުވާލުމެއް ނޯންނާނެ ކަމަށް އަމީން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
މަޖިލީހުން މިރޭ ފާސްކުރި ރިޕޯޓުގައި ބުނެފައި ވަނީ މައްސަލާގައި މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް، ލިޔުމުން ޖަވާބު ހޯދަން އަމީނަށް ފޮނުވި ސުވާލުގެ ހެލްތު މިނިސްޓްރީން 28 އޭޕްރީލް 2020ގައި ފޮނުވާފައިވާ ސިޓީން ދެއްވާފައިވާ މައުލޫމާތާއި 20 އޮކްޓޫބަރުގައި އެ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަމީން ދެއްވި މައުލޫމާތުގައި އެއްވެސް ތަފާތެއް ނެތް ކަން ފާހަގަވެފައިވާ ކަމަށެވެ.
ނަމަވެސް 16 އޯގަސްޓުގައި އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓު ރިޕޯޓުގައި ވާ މައުލޫމާތާއި އަމީން ކޮމެޓީއަށް ދެއްވި މައުލޫމާތާ ހިލާފުކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މިނިސްޓަރު ކޮމެޓީއަށް ހާޒިރުވެ ދެއްވި މައުލޫމާތަށް ބަލާއިރު، ވެންޓިލޭޓަރު ހޯދުމުގައި ޑަބްލިއުއެޗްއޯ އާއި ހެލްތް މިނިސްޓަރާ ދެމެދު ރަސްމީކޮށް މުއާމަލާތްކުރެވުނުކަން ފާހަގަކުރައްވައި، އެ މުއާމަލާތްކުރި ކަމުގެ ހެއްކެއްގެ ގޮތުން ކޮމިޓީއަށް ހުށަހެޅި އީމެއިލްގެ ކޮޕީ ކޮމެޓީން ބެލި ބެލުމުން، އެ އީމެއިލް އިން މުއާމަލާތްކޮށްފައި ވަނީ މިނިސްޓްރީގެ މުވައްޒަފަކާކަން ނުވަތަ މިނިސްޓްރީއާ ގުޅުންހުރި ފަރާތަކާކަން އެ ލިޔުމުން އެ ލިޔުމުން އެނގެން ނެތް ކަމަށް ރިޕޯޓުގައިވެ އެވެ.
އެ ދެފަރާތުގެ ދެމެދުގައި މުއާމަލާތްކުރެވުނު ރަސްމީ ލިޔުމެއް ވާނަމަ އެ ލިޔުމެއް ކޮމެޓީއަށް ހުށަހަޅަން ފުރުސަތު ދިން ނަމަވެސް، މިނިސްޓްރީން އެފަދަ އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާކަމަށް ރިޕޯޓުގައިވެ އެވެ.
އެހެންކަމުން ކޮމެޓީން އަމީން އާ ކުރިމަތިކުރުވި ސުވާލުތަކަށް އިތުރުފުޅުހައްދަވާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް ވަނީ ނިންމައިފަ އެވެ.
އެއީ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ މެމްބަރުގެ އިމްތިޔާޒަށް އުނިކަން އައިސްފައިވާ ކަމެއް ކަމަށާއި އަދި އަމީން މުޅި މަޖިލީހަށް ނުވަތަ ކޮމެޓީއަށް ގަސްދުގައި އޮޅުވާލައިގެން މައުލޫމާތު ދެއްވި ކަމަށް މަޖިލީހުން މިރޭ ވަނީ ފާސްކޮށްފަ އެވެ.
comment މުހައްމަދު ހަސަނު
5 year 7 month ago
އަސްލަމްއަށް ވެސް ދައުވާކުރަން ފޮނުވާ. ހަވަރު ތިނަދޫގެ ބޭރު ތޮށިލާން ދިން ލާރިގަނޑަށް ފަރެސްމާތޮޑާ ބޭރުތޮށިލީ މައްސަލައިގަ. އަމިއްލަ ގެސްޓްހައުސްއެއް ފަރެސްމާތޮޑާގަ ހުރުމަކީ ތިނަދޫ ތަރައްގީކުރަން ލިބިފަ އޮތްބަޖެޓުން ފަރެސަމާތޮޑާ ތަރައްގީކުރަން ޖެހޭ ސަބަބެއްވެސްނޫން. މަށަށް ހީވޭ ތި އަސްލަމްވެސް ރީތިބޮޑިއެއްބޯނެހެން
comment ލާމު
5 year 7 month ago
މެންބަރުންގެ އިމްތިޔާޒޯ. ހަހަހަހަ. ވަރުގަދަ އިމްތިޔާޒެއްތާ!!!
comment ވާނުވާ.
5 year 7 month ago
ބޮޑުވަރު1 ތިމާމެންނުރުހޭ ކޮންމެ މީހަކަށް ދަޢުވާކޮށް ޖަލަށް! އެކަމަކު އަނިޔާވެރިކަން ނައްތާލާށޯ އައީ!
comment ޙައިޒް
5 year 7 month ago
ޟަދޫމްގެ ހަމައިން ހަމަ ނެރެން ފެށުން