އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) ގެ ފަރާތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ތާޒާ ފެން ހަދިޔާ ކޮށްފިއެވެ.
އައިބީއެމް އިން ބުނީ ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ކުންފުނިން އުފައްދާ ތާޒާ ފެން ދައުލަތުގެ ބެލުމުގެެ ދަށުގައި ތިބޭ ކުދިން ބޭނުން ކުރުމަށް މިއަދު ހަދިޔާ ކޮށްފައިވާ ކަމަށެވެ.
ފެން ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައިބިއެމް އިން ހަދިޔާ ކުރި ފެނާ ހަވާލުވެލެއްވީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަނެވެ.
އެ ރަސްމިއްޔާތުގައި އައިބީއެމްގެ އެމްބެސެޑަރުންނާއި އެ ކުންފުނީގެ ޖެނެރަލް މެނެޖަރު އަލީ އާޒިމް އާއި ޗެއާމަން ހަސަން ޝާހު ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި އަހަރުގެ ފެނުގެ ދުވަހުގެ ޝިއާރަކީ "ފެނުގެ އަގު ވަޒަން ކުރުން" އެވެ.
comment ބަގި
4 year 3 month ago
އެއްކަމެއްވެސް ކުރެވޭތަނެއް ނޫން. ފޮއްޓެއް ލިބުނަސް ފޮޓޯއެއްނަގާ ސައިޓައްލާނެ، ހިތާވެގެން އުޅޭ މީހުންގެ ފިރިންގެންގޮސްގެންވެސް ފޮޓޯނެގުންކަމަކީ. ލަދެއްހަޔާތެއްނެތް.