ވަޒީފާގެ މާހައުލުގައި ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ ޒުވާނުންތަކެއް މާލޭގައި ކުރި މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް، ފުލުހުން އަނިޔާ ކޮށްފައިވާ ކަމަށް ބުނެ، ކަންބޮޑުވުންފާޅުކޮށްފި އެވެ.
މުޒާހަރާގެ ބައިވެރިއަކު ބުނީ މުޒާހަރާ ކުރިއަށް ގެންގޮސްފައި ވާނީ މާސްކު އަޅައިގެން ގައިދުރުކަން ބަހައްޓައިގެން ކަމަށެވެ.
މުޒާހަރާ ހުއްޓުވީ ފަސް މީހުންނަށް ވުރެ ގިނައިން މާލޭގައި އެއް ނުވެވޭނެ ކަމަށް އެޗްޕީއޭއިން އަންގާފައިވާ އެންގުމުގެ ދަށުންނެވެ.
އަޑުގަދަ ކުރާ ބޭނުންކޮށްގެން ރަސްފަންނު ސަރަހައްދުގައި އަޑުއުފުލުމަށްފަހު މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީމަގަށް ނުކުމެފަ އެވެ. އެއާއެކު ފުލުހުން ވަނީ މުޒާހަރާ ހުއްޓުވުމަށް ބާރުގެ ބޭނުން ކުރަން ފަށާފަ އެވެ.
މުޒާހަރާގައި ފުލުހުންގެ ފަރާތުން ލިބިފައިވާ އަނިޔާ ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ އެއްވުންތައް ކޮންޓްރޯލް ކުރަން ހަރަކާތްތެރިވާ ފުލުހުން އަމަލުކުރާ ގޮތާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބަލައި، އުސޫލުތަކާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އަދި މިރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ގޮތް، ޚާއްސަ އިސްކަމެއް ދީގެން ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުންނާއި ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީން ބަލަން ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
comment ލުގުމާން
4 year 1 month ago
ހަގީގަތަކީ މިހާރުގެ ސަރުކާރަކީ މަކަރާ ހީލަތުން ރައްޔިތުން އޮޅުވާލުމަށް ފަހު ވެރިކަން ހޯދި ސަރުކާރެއް. އަޅުގަނޑުމެން ހަނދާ އެބަހުރި އޭރު މަގުމަތީ ބެރިކޭޑުޖަހާލިޔަސް ހީވާނީ އެހެން ކަމެއްހެން، ހިއުންތައިޓުސްއޭ ގާނޫނޭކިޔާއިގެން ފުލުހުން ވަރުގެ ނުލަފާބައެއް ނެތްކަމަށް ހަދާލާފައޮތީ. ވަކި ކަމެއްނޫން ގައުމުގަ އަދުލު އިންސާފު ނެތްވާހަކަ، ވައްކަން ކުރާވާހަކަ. މިހަރު އެމީހުން ބުނިކަންތަ އެމީހުން ކުރަނީ އޭގެ 10 ގުނަ. ނުލަފާ ޖާހިލު ސަރުކާރެއް. އިސްތިއުފާ
comment އަހުމަދު 4090
4 year 1 month ago
ގޭގަ އޮއްވަތޯ އަނިޔާ ލިބުނީ ނޫނީ އަނިޔާ ކުރީ ، ރަނގަޅު ހަމަ ފުއްޕާފަ ނިކުން ނައްޔާ ވާނެ ތިޔަ ހެން
reply ނާނު
4 year 1 month ago
އަަހައްމަދު މެން އަދި ޅަވާނެ. ބުރޯމެން އަދި ވެސް ތިކިޔަނީ 30 އަހަރުގެ ކުރީކޮޅު ދައްކަމުން އައި ވާހަަކަތް. ރާއްޖެއަކީ މިބަގުތު ޑިމޮކްރަޓިކް ގައުމަކަށް ދައުވަ ކުރަމުން އަންނަ ޙައްޤުތައް ހޯދުމަށް ވަކާލާތު ކުރަމުން އަންނަ ގައުަމަކަށް ވީހިނދު އެފަދަ މުހިންމު ކަމެއްގައި މަގުމައްޗަށް ނިކުން މީހުންނަށް އަނިޔާ ކުރުމަކީ ވަރައް ވެސް ބޮޑު ގޯހެއް. މިދައު މިދަނި ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ކުރާ ޖިންސީ އަނިޔާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން. އެހެންވީމަ ރޭގަ މަގުމަށްޗަށް ނިކުތީ ހަމަ އަޅުގަނޑުދެކޭ ގޮތުގަ ޒުވާނުން ފަހުރުވެރިވާ ފަދަ ކަބަލެއް.
reply އަހުމަދު 4090 ކޮއްކޮ
4 year 1 month ago
ގޭގަ އޮއްވާ ރޭޕް ކުރަނީ، ކާން ބޯން ލާރި ހޯދަން މަސައްކަތް ކުރަން ދިޔާމަ ރޭޕް ކުރަނީ. ކަލޭމެން ގެ ވަހުށީ ކަން ބޮޑުވީމަ ރޭޕް ގިނަވަނީ. ރޭޕް ގިނަވީމަ އެކަން ހުއްޓުވޭތޯ ނިކުންނަން މި ޖެހެނީ. އިގިއްޖެ؟
reply އަހުމަދު 4090 ގެ މަންމަ
4 year 1 month ago
ކަލޭ ހިތުން ވަރަށް މޮޅު އެޗެކޭ ތިބުނީ. ކަލޭމެން ކަހަލަ އިންސާނުންގެ ސިފައިގައިތިބި ޖަނަވާރުން އުފަން ވާތީ މައްސަލަޔަކީ.
reply ހުސްނާ
4 year 1 month ago
ގޭގަ އޮއްވާތަ އެއްވެސަ މުޒާހަރާ އެއްގަ މީހުންށް އަނިޔާ ކޮށްގެން އެވާހަކަ ގޮވަނީ؟ އެމްޑީޕީ އިން ނުކުތީމަ މިހެން ވީނަމަ އުޅުމާ ނުކުޅަދާނަ ވީސް.. މިސަރުކާރު މީ ޑިމޮކްރަސީއަށް ލޯބި ކުރާ ސަރު ކާރެއްނު..ރީއްޗެއްނު ފެންނަ މަންޒަރު
reply ލުގުމާން
4 year 1 month ago
މިނިވަން ގައުމެއްގަ ރައްޔިތުއްނަ މިނިވަންކަމާއެކު މަގުމަތީގަ ވެސް ހުރިހާތާކު އުޅެވޭނެ. މީކީ ވަކިމީހެއްގެ ގައުމެއް ނޫނޭ. ނުކޭހޭނެ ގޭގަ އޮއްނާކަށް . ޑިމޮކުރަސީ ގެނައިކަމަ ދައުވާކުރާ މީހުނަކީ ޒައިނިސްޓުން ވީމަ އެހެން އެވަނީ