އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހަދަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުން ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
މި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައި ހަމަލާއެއް ދީފައިވާ އިރު، އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ.
އެ ހަމަލާއަށް ފަހު، ސިފައިންނާއި ފުލުހުންގެ އިންޓެލިޖެންސަށް އެ މައުލޫމާތު ނުލިބުނީ ކީއްވެގެންތޯ އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމަށްޓަކައި ރައީސް އޮފީހުގެ ބޭފުޅުންނާއި އެޓާނީ ޖެނެރަލް ހިމެނޭ ގޮތަށް ރައީސް ވަނީ ހަތަރު މެންބަރުންގެ ކޮމިޓީއެއް މިދިޔަ އަންގާރަ ދުވަހު އެކުލަވާލާފަ އެވެ.
އެ ކޮމިޓީގެ މަސައްކަތްތައް ފަށާފައިވާއިރު، ކޮމިޓީއަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ކަމާ ބެހޭ އިދާރާތަކުން ދެމުންދާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އެ ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުން ކަމަށެވެ. މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެ އޮފީހުގެ އިސްވެރިއަކަށް އާއިޝަތު ނޫޝީން ވަހީދު ވަނީ ހަމަޖައްސައިފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ކޮމިޓީގެ މައިގަނޑު މަގުސަދަކީ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މައުލޫމާތު ރައްކާތެރިކަމާއެކު ހިއްސާކުރުމާއި ގާނޫނުގައިވާ ގޮތުގެ މަތިން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި، އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާރުމުގައި ވިލަރެސްކުރެވިފައިވާ މިންވަރު ދެނެގަތުމެވެ.
އޭގެ އިތުރުން، ޓެރަރިޒަމްގެ އަމަލުތައް ހިމެނޭ މައްސަލަތަކުގައި އިންޓެލިޖެންސާއި މައުލޫމާތު ހިއްސާކުރެވިފައިވާ މިންވަރާއި، އިންޓެލިޖެންސް އިދާރާތަކަށް ބޭނުންވާ ވަސީލަތްތައް ހުރި މިންވަރާއި، ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާއި، އެ ނިޒާމުގައި އިސްލާހުކުރަންޖެހޭ ކަންކަން ދެނެގަތުންވެސް ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ.
ކޮމިޓީގެ މަސައްކަތްތައް ނިމުމުން ދިރާސާ ރިޕޯޓަކާއި ކޮމިޓީގެ ރިކޮމެންޑޭޝަން ރައީސްއަށް ފޮނުވުމަށްވަނީ ހަމަޖެހިފަ އެވެ.
comment ސަލާމޭ
4 year 1 month ago
ކޮން އެކްސްޕީރިއަންސް އެއް ހުރީ. ހައެއްކަ ދުވަހު ޕޮލިސް އިންޓެލްގަ އުޅެނިކަން. ދެން އުޅުނީ ދީނާ އިދޮކޮޅުމަސައްކަތުގައި
comment ހައްވާ
4 year 1 month ago
އަނެއްކާ އަނެއް ގަމާރުކަންތައް އެކުރަނީ. ބަލަގަ ނޫޝީނަކީ މިކަހަލަ ކޮމްޕުލެކުސް ކަމެއްގެ އިންވެސްޓިގޭޓްކޮއް އޮޑިޓް ކުރެވޭ ފެންވަރުހެ މީހެއްތަ. ސަރުކާރުގެ ބޯ ޅަކަމުގެ ފެންވަރި ހިތައްއަރާފަ އަންތަރީސްވޭ. ބަލަގަ ތިއީ ކަމުގެ އެކުސްޕާޓް ދަރަޖައިގަ ތިބޭ އަދި ތަޖުރިބާއި ތަތްތެޅިފަ ތިބޭ މީހުންނާއި ހަވާލުކުރަންޖެހޭ ކަހަަލަ ނުލާހިކު މުހިންމު ކަންކަމޭ. ކަލޭމެން ތިޔަ އޮޑިޓް ހަދަން ޕުރީ ސުކޫލް ޕުރިންސިޕަލަކާ ހަވާލު ކުރަންވީނުން. ސޯލިހައް ތިކަން ކުރާކައް ނޭނގޭ.
comment ރައްޔިތުން
4 year 1 month ago
ދީނަށް ފުރައްސާރަ ކުރާ ލީދީނީ މީހުން ސަރުކާރު ން ބޭރުކުރުމުގެ ބަދަލުގާ އެކި ނަން ނަމުގައި ލާރި ބަހަނީ
comment ފާރިހަތު ޖަމީލު
4 year 1 month ago
އަސްލު އިންޓެލިޖެންސް އޮޑިޓެއް ހިންގަންވާނީ ދުނިޔޭގެ އެކިގައުމުތަކުގައި އެކަންތައްކޮށްފައި އެކަމުގެ ފަންނީ ގާބިލުކަމާއި އަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަށް ލައިގެން. ނޫޝީން މިކަން ކުރަނީ މިއުސޫލުން ކަމަށްވާނަމަ ފާރި މިކަމަށް ސަޕޯޓްކުރަން. އެހެން ނޫންނަމަ، މިއީ ބޭކާރު ވަގުތުތަކާއި ފައިސާ ހޭދަކުރުން. ސަރުކާރުގެ ބޮޑެތި ކަންކަން ކުރަންވާނީ ޒިންމާދާރު ތަޖުރިބާ ލިބިފައިވާ، ދާއިރާގެ ފަންނީ ޤާބިލުކަން މީހުން ލައިގެން.
reply ސަފީން
4 year 1 month ago
މިކަހަލަ ކަމެއް އެކުސްޕާޓުންތަކެއް ލައްވާ ކުރުވާއިރު އޯވަސީ ކުރަންވެސް ތަޖުރިބާނެތް ސީޒަންޑުމީހަކު ނުލެވޭނެ. އެބީދާއިން ކުރަންޏާ ބޮޑުކައްކާއަކު އެކަން އޯވަސީ ކުރަންވެސް ލާންވީނޫންތޯ.
comment އަޅާبنت އަޅާ
4 year 1 month ago
ދެން ވަރަށް ބަރާރުވާނެ މޑނ ބުނާގޮތަށް ތުހުމަތު ނެރޭނެ ސޯލިހުގެ ރޭވުން ވަރަށް މޮޅު ޔﷲ މި އަނިޔާ ވެރިން ގެ ކިބައިން ހަށްގު ވާފަރާތް ސަލާމަތް ކުރައްވާދޭވެ ހަށގުގަ ވާބަޔަކު މޮޅަށް ދެނެވޮޑިގެން ވަނީ އިބަﷲ .އަޅަމެން ވާގި އދެނީ ﷲގެ خضرة ނެވެ އާމީން