ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު ހަދިޔާގެ ގޮތުގައި ޗޮކްލެޓާއި މާބޮނޑި ދިނުމަށްވުރެ، މުހިއްމީ އެ ކަނބަލުންނަށް ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މަޢުމޫން ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އަންހެނުންގެ ދުވަހާ ގުޅުވައިގެން "ސަން"އަށް ދެއްވި އިންޓަވިއުއެއްގައެވެ.
ދުންޔާ ވިދާޅުވީ ރޭޕާއި ޖިންސީ އެކިއެކި ގޯނާ އާއި ފުރައްސާރައިގެ ޝިކާރައަކަށްވާ އަންހެނުންގެ ނިސްބަތް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށެވެ. އެހެންކަމުން ޤާނޫނެއް އޮތެއް ކަމަކު ރޭޕާ ކުރިމަތިލާންޖެހޭ ފަރާތްތަކަށް މިއަދު އިންސާފު ލިބޭ ކަމާމެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ހަދިޔާ ދެއްވިޔަސް މި ދަންނަވަނީ އަޅުގަނޑުމެންނަށް ދޭންޖެހޭ ހައްޤުތައް ދެއްވާށޭ. ދެއްވަންޖެހޭ އިޙްތިރާމް ދެއްވާށޭ. އަޅުގަނޑުމެން ޕްރޮޓެކްޓް ކޮށްދެއްވާށޭ. އަޅުގަނޑުމެން އަންހެނުންނަށް އެންމެ މުހިއްމު އެއްކަމަކީ އަޅުގަނޑުމެންގެ ރައްކާތެރިކަމޭ،" ދުންޔާ ވިދާޅުވިއެވެ.
"އަންހެނުންނަށް ކުރާ އަނިޔާ ތަކުގެ ވާހަކަ އަބަދު އިވޭ. އެކަމަކު އެކަންކަމަށް އިންސާފު ލިބޭ ތަނެއް ނުފެނެ. ޤާނޫނެއް އޮތޭ ކިޔާފަ އަޅުގަނޑުމެން އަންހެނުން އަދި ޒުވާން އަންހެން ކުދިން އުޅެނީ މާ ސޭފް ފީލް ވެގެނެއް ނޫން،"
އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް އަދިވެސް ކުރާން އެބަޖެހޭކަން ދުންޔާ ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި އަންހެނުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް އަމިއްލަ ފައި މައްޗަށް ތެދުވުމަށް އިތުރު ހިތްވަރާއެކު ގިނަ މަސައްކަތްތަކެއް ކުރާންޖެހޭކަން ފާހަގަ ކުރެއްވިއެވެ.
ސިޔާސީ ދާއިރާގައި އަންހެނުންގެ އަޑު ފަނޑުކަން ފާހަގަ ކުރައްވަމުން ދުންޔާ ވިދާޅުވީ އެގޮތުން ޤައުމުގެ މުހިއްމު ނިންމުންތައް ނިންމާ މަރުޙަލާ ތަކުގައި ވެސް އަންހެނުންގެ ހިއްސާ ވަރަށް ކުޑަ ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އަންހެނުންގެ ގޮފީގެ ރައީސަކަށް ވެސް ކުރައްވާ، ދުންޔާ އިތުރަށް ވިދާޅުވީ އަންހެނަކަށް އަނިޔާއެއް ލިބޭ ވަގުތު އެއަށް ލިބެންޖެހޭ އިންސާފު ހޯދާނެ ގޮތެއް ވެސް މިއަދަކު ނެތް ކަމަށެވެ.
"ކަމެއް ދިމާވީމަ އެއަށް ލިބެންޖެހޭ އިންސާފެއް ނުލިބެ. ލިބެންޖެހޭ ކެއާއެއް އަޅުގަނޑުމެންގެ މި ސޮސައިޓީއަކު ނެތް. މިސާލަކަށް އަންހެން ކުދިންނަށް ޝެލްޓާއެއް ވެސް ނެތް. ވަޒީފާއަށް ނުކުންނަ އަންހެނުންގެ ދަރިން ބެލޭނެ ރަނގަޅު އެފޯޑެބަލް ޗައިލްޑް ކެއާ ވެސް ނެތް. އެހެންވީމަ މި ހުރީ މުހިއްމު ކަންތައްތައް،" ދުންޔާ ވިދާޅުވިއެވެ.
އަންހެނުންގެ ހައްޤުތައް ކަށަވަރު ކޮށްދީ އެމީހުންނަކީ މުޖުމަތަޢު ތެރޭގައްޔާއި ގޭތެރޭގައި އުޅޭއިރު، ހިމާޔަތާއި ރައްކާތެރިކަން ޔަޤީން ކުރެވިފައިވާ ބަޔަކަށް ހަދައިދިނުމަށް ދުންޔާ ވަނީ ސަރުކާރަށް ގޮވައިލައްވާފައެވެ.
comment އައްޔު
3 year 3 month ago
ސަރުކާރުތަކުން ކުރަންވީ ކަމަކީ ބޯހިޔާވަހިކަން ކަށަވަރުކުރަންވީ އެކަން ނުކުރާނެ ދެން ކޮންވާހަކައެއްތޯ
comment ފަސީހް
3 year 3 month ago
އަހަރެންނަށް ނުވިސްނޭ މި މީހުން މި ކިޔާ އެއްޗެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި މުޖުތަމަޢުގައި ޔަގީނުންވެސް އަންހެނުންނަށް ރައްކާތެރިކަން އިތުރުވެ މާބޮޑު ތަނުން ސަލާމަތްތެރިވާނެ ﷲ އެންގެވިގޮތަށް ހެދުން ތުރުކުރެއްވުމުން. ފޫކޮޅު ފަޅާގެންދާވަރަށް ބާރުކޮށް ލާގެން ދައްކާގެން، ދެން ބޮލުގެ އިސްތަށިކޮޅު ފޮރުވުމުގެ އަސާސެއް ނެތް. ހަމަ އެގޮތަށް ފޫކޮޅު ނުފެންނަހެން ދޫކޮށް ހެދުންލާފައި ބުރުގާ ނާޅާ މީހުން އެއްގޮތުން މާ ރަނގަޅު. ފަހަރެއްގައިވެސް ބުރުގާ ނާޅަށް ހިތްވަރު ދެނީކީއެއް ނޫން. ބޮލުގެ އިސްތަށިކޮޅު ފޮރުވޭވަރަށް ބުރުގާ އަޅާފައި، ލާގެން ހުންނަށް ކުޑަ ރިޔަލާއި ބޮޑު ރިޔަލުގެ ކުލަ އެގޭވަރުވީމަ ގޯސް! އަމިއްލައަށް ތިމާމެން ނިކަމެތިވެގެން ތިޔަ އުޅެނީ. ﷲ ތަޢާލާގެ އެންގެވުންތަކަށް ބޯލަނބާ ކިޔަމަންވާނަމަ ތިހާ ހާސްކަމުގައި އުޅޭކަށް ނުޖެހޭނެކަން ކަށަވަރު!
comment ލލ
3 year 3 month ago
މިހާރުވެސް މާލޭގައި ޑޭކެއާރ މަދެއްނޫން، ހަދަންވި ގޮތަކީ ދައުލަތުގެ އޮފީސްތަށް ދެ ދަންފަޅިޔަށް ހިންގަންވީ، ހެދުނު އޮފީސްތަކަށްދާމީހުންގެ ދަރިން ހެދުނު ސްކޫލަށް ދާނީ، އޮފީސް ނިމިގެން ދާއިރު ދަރިން ގޮވައިގެން ގެޔަށްދާނީ، ދެވަނަ ޝިފުޓަށްދާ މީހުން ދަރިން ގޮވައިގެން ސްކޫލަށްދާނީ، އޮފީސް ނިމިގެން ގެޔަށްދާއިރު ދަރިން ގޮވައިގެން ދާނީ !
comment ޚަލަފު
3 year 3 month ago
ފިރިހެނުންނަށް ކުރާ އަނިޔާ ވަކިން މަދެއް ނޫނޭ.
comment ާއުދަމުދިންބެ
3 year 3 month ago
އަންހެނުން ރައްކާތެރިކަން ހޯދާދެވުނުތަ ކަމަނާގެ ބައްޕަގެ ވެރިކަމުގައި އަންހެނުންގެ ހައްގުތައް ގެއްލުވާލީ ރައްރަށުގަޢާއި ޙާއްސަކޮއް މާލޭގެ ރައްޔިތުންނައް ގޯތިނުދީ ބިންތައް ހިސޯރުކޮއް ދަތިކުރީ އަނިޔާކުރިޔަސް ގޮސްވަނަނާނެ ތަނެއް ނެތިއްޔާ ކީއްތޯކުރާނީ މިއަދު މާރީއްޗެއް ނޫނެއްތޯ