އެންމެ ރަނގަޅަށް ކޮވިޑު މެނޭޖުކުރި އެއް ގައުމަކަށް ރާއްޖެ ވާނެ: ނަސީމް

ހެލްތު މިނިސްޓަރު، އަހުމަދު ނަސީމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައި މުޅި ދުނިޔެއިން ވެސް އެންމެ ރަނގަޅަށް ކޮވިޑު ކޮންޓްރޯލުކޮށް، ނަމޫނާ ދެއްކި ގައުމުތަކުގެ ތެރޭގައި ރާއްޖެ ވާނެ ކަމަށް ހެލްތު މިނިސްޓަރު އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ކޮވިޑް ވެކްސިނޭޝަން ކޭމްޕް ކުރިއަށްގެންދިއުމުގައި ބުރަކޮށް މަސައްކަތް ކުރި މީހުންގެ އަގު ވަޒަން ކުރުމަށް ރޭ ބޭއްވި ހަފުލާއެއްގައި ނަސީމް ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމަކީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވި ދަތި އަދި އުނދަގޫ ވަގުތެއް ކަމަށެވެ.

ނަސީމް ވިދާޅުވީ މިނިސްޓަރުކަމާ އޭނާ ހަވާލުވެވަޑައިގެންނެވިއިރު ކޮވިޑުގެ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށެވެ.

"ރާއްޖެއަށް ޑެލްޓާ ވޭރިއަންޓާ ކުރިމަތިވެފައި އޮތް އިރު ކޮވިޑްއާ ގުޅިގެން ރާއްޖެއަށް އޮތް ނުރައްކާ ކުޑަ ކުރަން މަސައްކަތް އެންމެ ރަނގަޅަށް ކުރިން،" އޭނާ ވިދާޅުވިއެވެ.

ކޮވިޑުގައި ރާއްޖެއިން 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން ކޮންމެ މަރަކީ އަސަރުކުރުވި މަރެއް ކަމަށް ނަސީމް ވިދާޅުވިއެވެ. އަދި އެ ކަންކަމުން އަރައިގަނެވުނީ ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު މިނިސްޓަރު ނަސީމް ވިދާޅުވީ ކޮވިޑާއެކު ރާއްޖޭގައި އިއުލާން ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ކޮވިޑާއެކު އާއްމު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މަގުފަހިވީ ކަމާ ބެހޭ އިދާރާތަކުގެ ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.

ކޮވިޑް19ގެ ހާލަތު ކޮންޓްރޯލްކުރުމަށް ކުރި މަސައްކަތުގައާއި، ވެކްސިން ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގުމުގައި ކޮންމެވެސް ސިފައެއްގައި ނަމަވެސް މަސައްކަތުގައި ބައިވެރިނުވާ އެއްވެސް އިދާރާއެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެކްސިން ޖެހޭ އާބާދީގެ 85 ޕަސެންޓް މީހުން މިހާރު ވަނީ ވެކްސިން ފުރިހަމަކޮށްފައިކަން މިނިސްޓަރު ނަސީމް ފާހަގަކުރެއްވިއެވެ.

އެ ހަފުލާގައި، ކޮވިޑް ވެކްސިން ކެމްޕެއިން ކުރިއަށް ގެންދިއުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން 48 މުއައްސަސާއަކަށް ހަނދާނީ ފިލާ ވަނީ ދީފައެވެ. އެގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި ހޮސްޕިޓަލްތައް އަދި ޖަމިއްޔާ ޖަމާތްތަކަށް ވެސް ހަނދާނީ ފިލާ ދިނެވެ.

ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ގައުމީ ވެކްސިން ކެމްޕެއިނެއް ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ކެންޕޭން އަދިވެސް ކުރިއަށް އެބަގެންދެއެވެ.

comment ކޮމެންޓް

comment އާދަނު123

3 year 11 month ago

ފުރަތަމަ ރާއްޖޭގަ ފެތުރުނީ ވެސް ސަރުކާރުގެ އިހްމާލުން މި ބައްޔާކީ އާދައިގެ ރޯގާއެކޭ ކީ މަޖިލިސް މެންބަރުން ޖެހޭނެ ކޯވިޑްގަ މަރުވި އެންމެންގެ ޒިންމާނަގަން ރަށްތަށް ވަކިން އޮވެ މިބަލި ފަސޭހައިން ކޮނޓްރޯލް ނުވެ ފެތުރުނީ ވެސް ސަރުކާރުގެ އިހްމާލުން ފިޔަވަޅުތައް ރަނގަޅަށް އެޅުނުނަމަ މީހުން ދިރިއުޅޭ ރަށްރަށަށް މިބަލި ނުފެތުރުނީސް

comment 1206

3 year 11 month ago

ކޮވިޑުގައި ނިސްބަތުން އެންމެ ބޮޑަށް ކޮރަޕްޝަން ހިންގި ގައުމަށް ވެސް ވާނެ. ނޫސްވެރިން މި ތިބެނީ ވަކި ކޮޅަކަށް ޖެހި ހުސްވެފައި. މި ސަރުކާރުން ހިންގާފައި ކޮރަޕްޝަންތަކުގެ ވާހަކައަށް ދިވެހި ނޫސްވެރިން އެކަށީގެން ކަވަރޭޖެއް ނުދޭ. އެއީ ކީއްވެ؟ ކޮބާ 700000 ޑޯޒަށް ދެއްކި ފައިސާ؟ ކޮބާ ނޭވާ ހޮޅިން ކުރި ވައްކަން؟ ނޭއާވި (އޮކްސިޖަން) ސިލިންޑަރުތަކުން ކުރި ވައްކަން؟ އިހަކަށް ދުވަހު ނެެރުނު އޮޑިޓު ރިޕޯޓުގައި އޮތީ ޕީ.އީ.ޕީ އިން ކުރި ވައްކަން؟

comment ރުޝްދީ

3 year 11 month ago

ހާދަ ފަހަތުގަ އެޑިޓަރު އަށް ސަލާމް

comment ޙާޖަރާ

3 year 11 month ago

ދެން ދައުލަތުން ގެއްލުވާލި ފައިސާތަކޯ؟

comment މުހައްމަދު ޝީން

3 year 11 month ago

އެކަން ގަބޫލެއް ނުުކުރަން. ސަރުކާރުން ވަރަށް ހަރުކަށި އަންއެތިކަލް ކަންތައްކޮށްފަހުރި. އެކަމަކު އެއީ ކުރީގެ މިނިސްޓަރގެ ޒަމާނުގަ. މިނިސްޓަރ ނަސީމް މަގާމާ ހަވާލުވިފަހުން ކަންކަން ރަނގަޅު ވެގެން ދިޔަ. އަޅުގަނޑު ޑރ ނަޒްލާއަށް ވަރަށް އިހްތިރާމްކުރަން. ނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އެހެން އިސް ބޭފުޅުން ވަރަށް ބޭއިންސާފުން އަަޅުގަނޑުގެ އާއިލާއަށް ކަންތަައްކޮށްފައިވޭ.

comment އައްޔު

3 year 11 month ago

ރައްޔިތުން ލަފައީ އަމިއްލަ މޮޅުކަމަކުންވި ކަމެއްނޫންތީކީ މާތްﷲ މިގައުމަށް ދެރަގޮތެއް މެދުވެރި ނުކުރައްވާންދޭވެ. އާމީން

comment ސަމަދުﷲ

3 year 11 month ago

އެހެންވިއްޔާ އެންމެ ރަނގަޅަށް ކޮވިޑުން ވައްކަން ކުރިސަރުކާރަކަށް މި ސަރުކާރު ވާނެ، ކެރަފާކަލޭގެ