ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖްގެ ގުރުނައިފިއެވެ.
މިރޭ ޗެމްޕިއަންސް ލީގުގެ ގުރު ނެގިއިރު އެންމެންގެ ސަމާލުކަން ހުއްޓިފައި ވަނީ ގްރޫޕް ސީއަށެވެ.
"ގްރޫޕް އޮފް ޑެތް"ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އެ ގުރޫޕްގައި ބާސެލޯނާ އާއި ބަޔާން މިއުނިކް ހިމެނޭއިރު ދެން އެ ގްރޫޕްގައި ހިމެނިފައި ވަނީ އިންޓަމިލާންގެ އިތުރުން ޗެކްރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެންއެވެ.
ބާސާ އާއި ބަޔާން އަކީ މިދިޔަ ސީޒަންގައި ވެސް އެއް ގްރޫޕެއްގައި ހިމެނިފައިވާ ދެ ޓީމެވެ. ފަހަކަށް އައިސް ބާސާގެ ސަޕޯޓަރުންނަށް ހިތްދަތި އިހުސާސްތަކެއް ގެނުވާފައިވާ ބަޔާންއާ ވާދަކުރަން ބާސާގެ ސަޕޯޓަރުން ބޭނުމެއް ނުވާނެކަން ޔަގީނެވެ.
ދެހާސް ވިހި ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބާސާ އާއި ބަޔާން ބައްދަލުކުރިއިރު 8-2ގެ ހިތްދަތި ނަތީޖާއަކުން ބާސާ ވަނީ ބަލިވެފައެވެ. އަދި މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބަޔާންއާ އެއް ގުރޫޕެއްގައި ލައްވާލައި ދެ ލެގުން ވެސް ބަލިވެ އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައިފައެވެ.
މިއަހަރު ޗެމްޕިއަންސް ލީގުގެ ގްރޫޕްތައް އެތުރިފައިވާގޮތް
ގްރޫޕް އޭ
- އަޔެކްސް
 - ލިވަޕޫލް
 - ނަޕޯލީ
 - ރެންޖާސް
 
ގްރޫޕް ބީ
- ޕޯޓޯ
 - އެތްލެޓިކޯ މެޑްރިޑް
 - ބަޔާން ލިވަކޫސަން
 - ކްލަބް ބްރޫޖް
 
ގްރޫޕް ސީ
- ބަޔާންމިއުނިކް
 - ބާސެލޯނާ
 - އިންޓަމިލާން
 - ވިކްޓޯރިއާ ޕްލެޒެން
 
ގްރޫޕް ޑީ
- ފްރެންކްފާޓް
 - ޓޮޓެންހަމް
 - ސްޕޯޓިން
 - މާސިއެލޭ
 
ގްރޫޕް އީ
- އޭސީ މިލާން
 - ޗެލްސީ
 - ސެލްޒްބާގް
 - ޑިއޭނަމޯ ޒެގްރެބް
 
ގްރޫޕް އެފް
- ރެއާލް މެޑްރިޑް
 - ލެއިޕްޒިގް
 - ޝަކްތަރު ޑޮނެސްކް
 - ސެލްޓިކް
 
ގްރޫޕް ޖީ
- މެންޗެސްޓާ ސިޓީ
 - ސެވިއްޔާ
 - ޑޯޓުމަންޑް
 - ކޮބެންހޭވެން
 
ގްރޫޕް އެޗް
- ޕީއެސްޖީ
 - ޔުވެންޓަސް
 - ބެންފިކާ
 - މައްކަބީ ހައިފާ
 
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ފަށަން ވަނީ ހަމަޖެހިފައެވެ.