މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ އެކްރެޑިޓޭޝަނާ ޚިލާފަށް ކޯސްތަކެއް ހިންގަން އެވިޑް ކޮލެޖުން އިޝްތިހާރު ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެކްރެޑިޓޭޝަން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގައި މަތީ ތައުލީމް ފޯރުކޯށްދޭ މަރުކަޒުތަކުން ޕްރޮގްރާމްތައް ހިންގައި އިޝްތިހާރު ކުރަން ވާނީ އެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ނަމަވެސް އެމްކިއުއޭއިން އެކްރެޑިޓޭޝަން ދީފައިވާ އުސޫލާ ޚިލާފަށް ދެ ކޯހެއް އެވިޑް ކޮލެޖުން ސޯޝަލް މީޑިއާ މެދުވެރިކޮށް އިޝްތިހާރު ކޮށްފައިވާ ކަމަށް އެމްކިޔުއޭއިން ބުނެއެވެ.
އެ ކޮލެޖުން އޭސީސީގެ ދެ ޕްރޮގްރާމެއް އިޝްތިހާރު ކޮށްފައިވާއިރު، އެ ޕްރޮގްރާމްތަކުގެ މުއްދަތުވެސް އިޝްތިހާރު ކޮށްފައި ވަނީ އެމްކިއުއޭގެ އެކްރެޑިޓޭޝަނާ ޚިލާފަށެވެ. އެގޮތުން އެ އޮތޯރިޓީން އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގަން ހުއްދަދީފައިވާ ޕްރޮގްރާމެއް އެވިޑް ކޮލެޖުން އިޝްތިހާރުކޮށްފައިވަނީ ހަތަރު މަސްދުވަހުގެ މުއްދަތަށެވެ.

އެމްކިޔުއޭގެ އުސޫލާ ހިލާފަށް ހިންގުމަށް އެވިޑް ކޮލެޖުން އިއުލާން ކޮށްފައިވާ ކޯހެއްގެ އިސްތިހާރު.
މިކަމާ ގުޅޭގޮތުން އެމްކިއުއޭގެ ޗީފް އެކްޒެކެޓިވް އޮފިސަރު ޑރ. އަބްދުލް ހަންނާން ވަހީދު "ސަން" އަށް ވިދާޅުވީ މިފަދަ ގަވާއިދުތައް އާންމުކުރުމަކުން ނުފުދޭ ކަމަށާއި، އެ ގަވާއިދުތައް ތަންފީޒް ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި، މިކަމަކީ އާންމު ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ ކަމަކަށް ވީ ހިނދު އެކަމުގެ މައުލޫމާތު ސާފު ކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އާންމުކޮށްފައިވާ އެކްރެޑިޓޭޝަން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި އެމްކިއުއޭއިން އެކްރެޑިޓް ނުކޮށް މަތީ ތައުލީމް ނުވަތަ ތަމްރީނުގެ ޕްރޮގްރާމެއް ހިންގައިފި ނަމަ އެފަދަ ޕްރޮގްރާމެއްގައި ކިޔަވާ ދަރިވަރުންނަށް ލިބޭ ގެއްލުމުގެ ޒިންމާ އުފުލަން ޖެހޭނީ އެޕްރޮގްރާމެއް ހިންގާ ފަރާތަކުންނެވެ.
އެފަދަ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައް ވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، އެކަންކަން ރަނގަޅު ކުރުމަށް އެވިޑް ކޮލެޖަށް ސިޓީއެއް މެދުވެރިކޮށް އަންގާފައިވާނެ ކަމަށް ޑރ. ހަންނާން ވިދާޅުވިއެވެ. އަދި ގަވާއިދުގައިވާ ގޮތުގެ މަތީން އެކަން ވަނީ އާންމުކޮށް އަންގާ އިއުލާން ކޮށްފައެވެ.
އެފަދަ މަރުކަޒުތައް 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު އެމްކިއުއޭއަށް ލިބިގެންވީ ނަމަވެސް އަދި އެވިޑް ކޮލެޖު ޖޫރިމަނާ ކުރަން ނިންމާފައި ނުވާ ކަމަށް އެމްކިއުއޭއިން ވަނީ ބުނެފައެވެ.
comment ިއިބްޜާހިމް
3 year 6 month ago
ކޯސްތަކަކީ އެމްކިއުއޭ ހުއްދަދީފައިވާ ކޯސްތަކެއް ކަމައް އެމްކިއުއޭ ވެބްސައިޓުން އެބަ ބުނޭ... ދެން މީ ކޮން ވާހަކައެއް؟ އިޝްތިހާރުގައި ކުށެއް އޮތުމަކީ މުޅި ކޯސް ބާތިލުވާ ކަމެއްތޯ؟
comment ހުސައިނީ
3 year 6 month ago
އެވިޑްކޮލެޖަކީ ސްޓޭންޑަޑް އެއްނެތް ކުދިން ސީދާ ސެޓްފިކެޓުގެ ބޭނުމުގަ ވަންނަތަނެއް ކިޔަވަން ވަންނަތަނެއް ނޫން ތިތަނުން ކިޔަވާ ކުދިންގެ އެއްވެސް ސްޓޭންޑަޑް އެއް ނުހުންނާނެ
comment މދ
3 year 6 month ago
ނޫހުގައި މިއާޓިކަލް ޖެހިއިރު، އިސްތިހާރުގައިވާ އަންހެން ކުއްޖާގެ ފޮޓޯ ނުޖެހިނަމަ. އެކުއްޖާގެ ކުށެއް ނެތް. އެކުއްޖާ ލަދުގަންނުވާނެ ކަމެއް ނެތް. ނޫސްތަކުން ތަންކޮޅެއް ބޮޑަށް އެތިކްސް ދަސްކުރަންވެއްޖެ. ނޫސްތަކަށް މިހެން ދިމާވަނީ ރާއްޖޭގައި ސަރުކާރުންވެސް މިފަދަ ކަންކަމަށް ގައިޑްލައިނެއް ހަދާފައިނުވާތީ.
comment ކިޔު
3 year 6 month ago
ގާނޫނާ ގަވާެިދުތަކާ އެއްގޮތަށް އަމަލުކުރުމަކީ އެންމެންގެ ލާބައާއި މަންފާއަށް ކުރަންޖެހޭ ކަމެއް. ގަވާއިދު އެއްފަރާތްކޮށް ހިންގަންއުޅޭ ތިޔަފަދަ ކޯސްތަކުން ގެއްލުން ލިބޭނީ ބައިވެރޖވާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް.
comment އެވިޑް
3 year 6 month ago
MQAއިން ރަނގަޅަށް ބަލާބަލަ. މިފަހަރު ގްރެޖުއޭޝަންގައި އަނބިގޮއްޔަގެ ތިމާގެމީހާ ގްރެޖުއޭޓްވީ ކިހިނެތްތޯ. ކުފޫހަމަވޭތޯ. ގަޑި އަދި އެހެނިހެން އުސޫލަތަށް ފުރިހަމަވޭތޯ.. ރެކްޓަރގެ މޭޒުގައި ނުގަޑީގައި ބައިންދައިގެން އޮންލައިންއެގްޒޭމް ހަދުވަނީ ކާކުތަ. ލައްކަވާހަކަ. MQAއިން ބަލަންވާވަރަށް ބެލޭތަ