MTCC
Ooredoo

އާއިލާއިން ރައީސް ނަޝީދަށް އެންމެ ވޯޓެއްވެސް ނުލިބޭނެ، މާފަށް އެދެން ގޮވާލަން: އަނދުން ހުސެއިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) / ފޮޓޯ: ހުސެއިން ޝަހީމް --- ޓްވިޓާ

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ގެ އާއިލާގެ އެންމެ މެމްބަރެއްގެ ވޯޓުވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ލިބިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ADK GENERAl

ރައީސް ނަޝީދުގެ ކެމްޕެއިންގެ ތެރެއިން މިއަދު އެމަނިކުފާނު ވަނީ މާލޭގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވާފައެވެ. އެގޮތުން، ޕްރައިމަރީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއިދު ކުރައްވާ އަނދުން ހުސެއިންގެ އާއިލާ ދިރިއުޅޭ ހ. އަދުންގެއަށް ރައީސް ނަޝީދު ވަޑައިގަތެވެ. އަދި ކުޑަކުދިން ހިމެނޭހެން އެގޭގައި ދިރިއުޅޭ އެންމެންނާއެކު ފޮޓޯއެއް ނެންގެވިއެވެ.

ރައީސް ނަޝީދުގެ ކެމްޕެއިންގެ ހޭޝްޓެގް ބޭނުންކޮށް އެ ފޮޓޯ މީސްމީޑިއާގައި ބޭނުންކުރަން ފެށުމާއެކު، އަނދުން ހުސެއިން ވަނީ އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ.

"ސަން"އާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ރައީސް ނަޝީދު އެގެއަށް ވަޑައިގެންނެވުމުން އާއިލާގެ މެމްބަރުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެއީ މަޖިލީހުގެ ރައީސަށް ވުމުން ކަމަށެވެ. އަދި ގޭގެ ކުޑަކުދިން ހިމެނޭހެން ނަގާފައިވާ ފޮޓޯއެއް ކެމްޕެއިނަށް ބޭނުންކުރުމުން އޭނާ ވަނީ އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ.

އަނދުން ހުސައިން ވިދާޅުވީ، އޭނާގެ އާއިލާގެ އެއްވެސް މީހަކު ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއިދު ނުކުރާ ކަމަށެވެ.

ވަރަށް ލަދު ދެއްތޯ. އަޅުގަނޑުގެ އާއިލާގެ އެއްވެސް ކުޑަކުއްޖަކު ކެމްޕެއިންގެ އެއްވެސް ކަމަކަށް ބޭނުމެއް ނުކުރަން. އެކަމަކު ގެއަށް ވަދެވަޑައިގެން މެހެމާންދާރީ އަދާކުރެއްވީމާ އޭގެ މާނައެއްނޫން އެއީ ކުޑަކުދިންގެ ފޮޓޯ އެއުސޫލުން ބޭނުންކުރާކަށް. އަޅުގަނޑު މި ދަންނަވަނީ މިހާރުވެސް މި ހުރީ ރައީސް ޞާލިޙް އަރިހުގައި ކެމްޕޭނުގައި ގއ. ވިލިނގިލީގައި. އަޅުގަނޑުގެ އާއިލާއަކުން ރައީސް ނަޝީދަކަށް އެންމެ ވޯޓެއްވެސް ނުލިބޭނެ. ރައީސް ނަޝީދު މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ. ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)

އަނދުން ހުސައިން މީގެކުރިން ފާހަގަކުރެވުނީ ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް ނިމިދިޔަ މަޖިލީހުގެ ފަހު ދައުރުގައި އޭނާ ވަނީ ރައީސް ޞާލިޙަށް ތާއީދުކުރައްވައި މަސައްކަތް ކުރަން ފަށްޓަވާފައެވެ.

އެމްޑީޕީގެ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު، ދެ ބޭފުޅުން ވެސް ގެންދަވަނީ ވަރަށް ވާދަވެރި ކަމާއެކު ކެމްޕެއިން ކުރައްވަމުންނެވެ.

Redstar
comment ކޮމެންޓް

comment ސައީދު.

2 year 5 month ago

ކިތައްމެ ރުޅިދުރުވިޔަސް އާއިލާގެ ހުރިހާ މެންބަރުން ނަސީދުއަށް ވޯޓުދެއްވަން އެތިއްބެވީ ކެތްމަދުވެފަ.ހީވާގޮތުން ވޯޓުލާ ދުވަހުފަތިހު އެތަނަށް އެއާއިލާ ބޮޑު ކުޑަ އެންމެދަނެ.

comment ޖޖދޖދ

2 year 5 month ago

ވަރަށް ލަދު ދެއްތޯ އެހެން މީހަކާއެކީ އޮށޯވެ އޮވެ އޮތް ފޮޓޯ ވެސް

comment ލޮލް

2 year 5 month ago

އޯޖީ ހުސޭނު .. މީ ސެލްފީގެ ސަޕޯޓަރުންގެ ވައްތަރު.

comment އޮރެންން

2 year 5 month ago

ކުޑަކުދިން އުރައިގެން މީގެ ކުރިންވެސް ތިޔަ ސިޔާސީވެރިން ފޮޓޯނަގާ ކެމްޕެއިންތަކުގައި. އެއީ ގޯސްކަމެއް. އެހެން އާއިލާތަކުގެ ކުދިން ގޮވައިގެންވެސް ފޮޓޯ ނެގި އިރު އަނދުން ހުސައިން އެއްޗެކޭ ވިދާޅޫވިނަމަ. އިބޫ ސޯލިހު އެއްވެސް ކުއްޖަކާ އެކު ފޮޓޯ ނަންގަވާ ނަމަ، އެކަން ހުއްޓުވާނަންތޯ؟

comment ޑީޑީސް

2 year 5 month ago

ބުނަންތަ ރަގަޅު ވާހަކައެއް ! ތިޔަހެން ސޯޓު ބޭލިފަ ހުރި މީހަކަށް ހެންވޭރަކުން ދެނެއް ލިބޭނެ ވޯޓެއް ވެސް ނޯ ނާނެ.

comment ކޮހެކްސާނު

2 year 5 month ago

އަލަމްގިރި ގެ ވޯޓެއް ބޭނުމެއްނުވޭ ވ ސާފުބާ!!!!’