Ooredoo
Ooredoo

ޔޯގާ ހަމަނުޖެހުން: ދެ ޝެއިޚުންގެ މައްސަލަ ދިރާސާ ކުރުމަށް މަހެއް ދީފި

އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމާއި އައްޝައިހް ފަޒްލޫން މުހައްމަދު: އެ ދެ ޝެއިހުންގެ މައްޗަށް އުފުލާފައިވާ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ވަނީ ބާއްވާފަ ---

ޔޯގާ ދުވަސް ފާހަގަކުރި ވަގުތު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޝެއިހު ފަޒްލޫން މުހައްމަދާއި އާދަމް ނިޝާންގެ މައްޗަށް އުފުލާފައިވާ ޓެރެރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދައުވާ ދިރާސާ ކުރުމަށް ޝަރީއަތުން މަސް ދުވަހުގެ ފުރުސަތެއް ދީފިއެވެ.

Ooredoo

އެ މައްސަލަގެ އެންމެ ފުރަތަމަ އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އިބްތިދާއީ އަޑުއެހުމަށް އެ ދެ ޝެއިހުން ވެސް ވަޑައިގަތީ ވަކީލަކާ ނުލައެވެ. އަދި އަޑުއެހުން ފެށުމުން ދެ ޝެއިހުން ވެސް ވިދާޅުވީ މައްސަލައިގައި ކުރިއަށް ދާން ބޭނުން ވަނީ ވަކީލެއްގެ ހާޒިރުގައި ކަމަށެވެ. ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދިނުމަށް އެ ދެ ޝެއިހުން ވެސް އެދިވަޑައިގަތެވެ.

މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު އެ ދުވަހުގެ އަޑުއެހުން ނިންމާލާފައި ވަނީ ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

އޭގެ ތިން މަހެއްހާ ދުވަސް ފަހުން މިއަދު ބޭއްވި އަޑުއެހުމަށް ދެ ޝެއިހުން ވެސް ވަޑައިގަންނަވާފައިވަނީ ވަކީލެއްގެ ހާޒިރުގައެވެ.

ދެ ޝެއިހުންގެ ވަކީލު އަލީ ސައީދު ވަނީ ދައުވާއާ ގުޅިގެން ގިނަ ލިޔެކިޔުންތަކެއް ހުރިކަން ފާހަގަކޮށް އެ މައްސަލަ ދިރާސާކޮށް ޖަވާބުދާރީވުމަށް 10 ދުވަހުގެ ފުރުސަތެއް ދިނުމަށް އެދިވަޑައިގަންނަވާފައެވެ.

އެހެންވެ، މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދެން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ މައްސަލަ ދިރާސާ ކުރުމަށް އެކަށިގެންވާ ވަގުތެއް ދިނުމަށް ފަހުގައި ކަމަށެވެ.

"މައްސަލަ ދިރާސާކުރުމަށް ޝަރީއަތުން އެކަށީގެންވާ ވަގުތު އެރުވުމަށްފަހުގައި ދެން އޮންނަ އަޑުއެހުމެއް ބާއްވާނީ," ގާޒީ ފާއިޒް ވިދާޅުވިއެވެ.

އެ އަޑުއެހުން ބާއްވާނީ މާޗު މަސް ތެރޭގައިކަން ފާހަގަކޮށް ޝަރީއަތުން ވިދާޅުވީ އެ އަޑުއެހުމަށް ވަޑައިގަންނަވާއިރު ދައުވާއަށް ޖަވާބުދާރީވެ ދިފާއީ ހެކި ހުރެއްޖެ ނަމަ ހެކި ހާމަކުރުމަށް ތައްޔާރުވެގެން ހާޒިރުވުމަށެވެ.

ގަލޮޅު ދަނޑުގައި އެ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި އެންމެން ވެސް މިހާރު ވަނީ ދޫކޮށްލައިފައެވެ. އަދި ދެ ޝެއިހުން ހިމެނޭހެން ޖުމުލަ 18 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ބޮޑެތި ދައުވާތަކެއް ކޮށްފައެވެ.

SONEE
comment ކޮމެންޓް

comment އެސްޓީ

2 year 5 month ago

ތީ ޝޭޚުން ކަމަކަށް ގަބޫލެއް ނުކުރެވޭ މިހާރަކު...

comment އާދަމް

2 year 5 month ago

އިސްލާމީ ތާރީޚަށް ބަލާއިރުވެސް ޙައްޤުގެ މަަގުގައި ސާބިތިވެ ތިއްބެވި ބޮޑެތި ބޮޑެތި ދީނީ ޢިލްމުވެރިންނަކީ ޖަލަށް ލެވި އަނިޔާ ދެވިފައި ތިއްްބެވި ޢިލްމުވެރިން.މިސާލަކަށް އިމާމް އަހްމަދު ބުނު ހަންބަލް، އިބްނު ތައިމިއްޔާ ފަދަ އެތަކެއް ދަންނަބޭކަލުންނެއް. ސަތޭކަ އިންސައްތަ މުސްލިމުން ކަމަކަށް ދައުވާކުރާ ރާއްޖޭގައިވެސް ކަން މިދަނީ މި މަގަށް. އެ ބޭކަލުންގެ ޙައްޤު ބަހާއި ޢަމަލު ސަރުކާރުގެ ޕޮލިސީއާ ދިމާނުވަންޏާ ދެން އަނގަ ބެދި ކުރާނެ ކަމެއް ނެތިގެން މި ޖެހެނީ ޖަލަށްލާން. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ފެންނަން އޮތް ކަމެއް. އެ ޢިލްމުވެރިންނަށް ވަނީ ގިނަގުނަ އިމްތިހާނުތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައި. ނަމަވެސް އެބޭކަލުން ޙައްޤުގެ މަގުގައި ސާބިތުވެވަޑައިގަތް.

comment ދެކޮޅުވެރިޔާ

2 year 5 month ago

ކުށް ސާބިތުވާ ވަރަށް ހެކި އެބަހުރި، މިސާލަކަށް ދައުލަތުގެ އިމާރާތަކަށް ވަދެގަތުން، ދަނޑިބުރި ހިފައިގެން ތިބުން. މީހުންގެ ހިތް ބިރުގަންނަ ގޮތްވުން މިއީ ސީދާ ޓެރަރިޒަމް. މިކަމަށް ހިތްވަރުދިނީ މި މީހުން

reply މޮދު

2 year 5 month ago

ހެލްތް މިނިސްޓްރީން ކޮވިޑް ދުވަސްވަރު އެކި އާއިލާތަކުގެ ބޮލުގައި ބްލޭމް އަޅުވާ، އަދި ރައްޔިތުން ބިރުގަންނަވާަފައި ބޭއްތިބީ. އެއީ ވެސް ޓެރަރިރަޒް.

reply އަސްލު

2 year 5 month ago

ތަޅާނެކުދިންކޮޅެއް ހޯދަންށާއި ހުޅުޖަހަންގޮވައި އަދި ކޯޓްތަކުގައާއި އެހެނިހެން ތަންތަނުގައި ހުޅުޖެހި... އެކަމަށް ހިއްވަރުދިންމީހުން ކޮބައި ؟؟