ދެ އަތޮޅުގެ ކެމްޕޭން ނިންމާލިއިރު ލިބުނު އުފަލާއެކު ފުލިދޫއަށް ބަނދަރެއް

ރައީސް ވ. ފުލިދޫގައި ކެމްޕޭން ޖަލްސާގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ ކެމްޕޭން ޓީމް

މ. އަތޮޅާއި ވ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވައިލެއްވިއިރު ކުރެވެނީ އުފާވެރިކަމުގެ އިހްސާސެއް ކަމަށް ވިދާޅުވެ ވ. ފުލިދޫއަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ.

މ. އަތޮޅުގެ ރަށްތައް ނިންމައި، ވ. އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެންމެ ފަހު ރަށަކަށް ރައީސް ވަޑައިގަތީ ފުލިދޫއަށެވެ. މި ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވި ގިނަ މަޝްރޫތަކެއް ދެ އަތޮޅުގެ ރަށްތަކުގައި ހިންގިފައިވާކަމަށެވެ.

ރައީސް ވިދާޅުވީ ވަރަށް އަަވަހަށް އެ މަނިކުފާނުގެ ދެން އަންނަ ދައުރުގެ މެނިފެސްޓޯގެ މަސައްކަތް ނިމޭނެ ކަމަށެވެ. އެއީ ކުރާނެ ކަންކަން ދުރާލައި ރޭވިގެން ފައިސާ ހުރެގެން ކުރަން ނިންމާ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ މެނިފެސްޓޯ އާންމުކުރެވިގެންދާ އިރުގައި ކޮންމެ ރަށަކަށް ވެސް ކޮންމެ އަތޮޅަކަށް ވެސް އަޅުގަނޑުމެން މި ވާ ވައުދުތައް އޭގައި ހިމެނި، އޭގައިވާ ކަންތައްތައް ކުރާނެ ގޮތް ތަފްސީލާއެކު ހިމަނާނަން،" ރައީސް ވިދާޅުވިއެވެ.

ވ. ފުލިދޫއަށް ރައީސްގެ ވައުދުތައް:

  • ރަށުގެ ގުދުރަތީ ސިފަ ނުގެއްލޭ ގޮތަށް ބަނދަރެއް ހެދުން
  • ޒަމާނީ އައު ސިއްޙީ މަރުކަޒެއް ގާއިމްކުރުން
  • ފުލިދޫ ސްކޫލު އޭލެވެލްއަށް ކިޔަވައިދޭ ސްކޫލަކަށް ހެދުން

ރައީސް ވިދާޅުވީ ތަރައްގީގެ މަގުގައި ކޮންމެ ކަމެއްގައި ވެސް އަންނަން ޖެހޭ ބަދަލުތަކެއް ހުންނާނެކަމަށެވެ. އެއީ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކުރާނެ ކަންކަމަށް ރައީސް ވިދާޅުވިއެވެ.

މި ރަށުގައިި ރައީސްވަނީ ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވައިފައެވެ.

comment ކޮމެންޓް

comment ތުނޑު ޙުސެން

2 year 11 month ago

ފުލިދޫ ރައްޔިތުންނަށް ނަނާ ހުވަފެން ދައްކާ ގުއި ރޯނުގަ ޖައްސަނީ އިންތިހާބަށް ވީމަ.ހޭއަރާށޭ ރައްޔިތުންނޭ، ހޭއަރައި ހޭލާ ތިބޭށެ، ހޭގަ ހުރެގެން ނޫން ގޮތެއްގާ ވޯޓްގައި ފާހަގަ ނުލާށެ، ދައްކަނީ ފޮނި ހުވަފެނޭ ރޯމާ ދުވާލުގެ މެންދުރުގަ، ދައްކަމުން ގޮސް ދަންމަޅީ ޖެހުމުގެ ކުރިން ވިސްނާ ތިބޭށެ، ދަންމަވަން ތޯ މިފަހަރުގަ 23 ނުވިސްނާ ދީފިނަމަ، ދަންވި، ދަންވީހެން މެ ގޭގަ ނުނިދިފާ........

comment މަ

2 year 11 month ago

ބަނދަރު އަޅާނީ އިލޮށިން ކަންނޭންގެ

comment ތަކުރު

2 year 11 month ago

ފުލިދޫ ކުދިން ހޭއަރާ، ތީހަމަ ނަނާ ހުވަފެނެއް، އިންތިހާބު ކާމިޔާބު ކުރުމަށްޓަކާ ގޮނބޯ ހައްދަނީ. ޕާއްޓީ ދެކަފިވެ ނުހޮވޭނެ ކަން ޔަޤީން ވީމަ ރާއްޖޭގަ އޮތް އެންމެ ކުޑަ އާބާދީ އަށް ގޮސް އޭތި ކޮޅުވެސް ލިބޭތޯ އެ އުޅެނީ.

comment ސަނުރު

2 year 11 month ago

ކުދިންހނޭ ހެޔޮނުވާނެ ތިވަރުވާކަށް ފައިސާގެ ދަންތުރާގައި ޖެހުނީމަ ވޭގޮތްދޯ އޭނަ މި 5 އަހަރުތެރޭގައި ރާއްޖޭގެ 5 ސަރަހައްދުގައި އަޅަން ވައުދުވި ޓާސަރީ ހޮސްޕިޓަލްތައް ނިންނައިފިތަ