އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒަށް ވުރެ ދީނީ ގޮތުން އެތައް ހާސް ގުނައެއް ރަނގަޅު ބޭފުޅެއް ކަމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ކެންޕޭން ޖަގަހައެއްގައި އިއްޔެ ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ މުއިއްޒަކީ އަދާލަތު ޕާޓީން އުފަން ކުރި ބޭފުޅެއް ކަމަށެވެ.
އޭނާ ވިދާޅުވީ މުއިއްޒު، ރިޔާސީ އިންތިޚާބަށް ނިކުންނަވާ އެ ހުންނެވީ ކޮން ޕާޓީއަކުން ކަމެއް ވެސް މިއަދަކު ނޭނގޭ ކަމަށާއި އެނގޭހާ ވެސް ކަމަކީ އޭނާއަކީ އަދާލަތު ޕާޓީން އުފެއްދި ބޭފުޅެއް ކަން އެކަނި ކަމަށެވެ.
މައުރޫފް ވިދާޅުވިގޮތުގައި މުއިއްޒަކީ އެމްޑީއޭއަށް ދޮގު ހަދާފައި ޕީޕީއެމަށް މިއަދު ގޮސް އެ ޕާޓީއަށް ވެސް އޮޅުވާލައިގެން ރިޔާސީ ޓިކެޓް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ.
ރައީސް ޞާލިޙުގެ އަރިހުގައި މަސައްކަތްތަކެއް ކުރެވިއްޖެކަން ހާމަ ކުރައްވަމުން މައުރޫފް ވިދާޅުވީ ވެރިއެއްގެ ކިބައިގައި ހުންނާންޖެހޭ ހުރިހާ ސިފައެއް ވެސް އެމަނިކުގެ ހުރިކަމަށް ރާއްޖޭގެ އެންމެހާ ރައްޔިތުން މިއަދު ގަބޫލުކޮށްފި ކަމަށެވެ.
"ރައީސް ޞާލިޙް، މުއިއްޒަށް ވުރެ އެތައް ހާސް ގުނައެއް ދީނީގޮތުން ރަނގަޅުކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމަ މުއިއްޒާއި ރައީސް ޞާލިޙާ އެބަޖެހޭ ވަރަށް ރަނގަޅަށް ދީނީގޮތުން އަޅައި ކިރާލަން. އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންނަށް އަަަޅުގަނޑު ގޮވާލަން ވަރަށް ކެރިގެން ރައީސް ޞާލިޙުގެ ދިފާއުގައި އަދި މުއިއްޒުގެ ދީންވެރިކަމެއް ނެތްކަމުގެ ހަގީގަތް ހާމަކޮށްދިނުމަށް،" މައުރޫފް ވިދާޅުވިއެވެ.
ރައީސް ޞާލިޙު އާއި މުއިއްޒުއާ ދެބޭފުޅުންގެ ސިޔާސީ ހަޔާތުގައި ކުރީ ކޮންކަމެއްތޯ ބަލައިލަން އެބަޖެހޭ ކަމަށް ވިދާޅުވެ، މައުރޫފް ފާހަގަ ކުރެއްވީ މުއިއްޒަކީ މިހާތަނަށް ބެލިބެލުމުން ތެދުވެރި ބޭފުޅެއް ނޫންކަން ޔަގީން ވެފައިވާ ކަމަށެވެ. އެގޮތުން އޭނާއަކީ އެމްޑީއޭ އާއި އަދާލަތު ޕާޓީއަށް ވެސް ވަރަށް ބޮޑު "ދޯކާއެއް" ދީފައި ހުންނެވި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ މުއިއްޒަކީ އެއްވެސް ތެދުވެރިކަމެއް، އޯގާތެރިކަމެއް ހުރި ބޭފުޅެއް ނޫން ކަމަށާއި އެހެންވެ، ވަޒީފާގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއްވެސް އޭނާ ކޮށްފާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވެސް އޮޅުވާލައިގެން އަޅުގަނޑުމެންގެ އަތުން ހައުސިން މިނިސްޓަރުކަން ދަމައިގަނެ، އެންމެ ފަހުން ގޮސް ޕީޕީއެމް ކުލަ ޖެހި، އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ. އެހެންވީމަ އެއްވެސް ކަހަލަ އިހުސާންތެރިކަމެއް، އޯގާތެރިކަމެއް، އެއްވެސް ކަހަލަ އަދުލުވެރިކަމެއް ހުރި ބޭފުޅެއް ނޫން މުއިއްޒަކީ. އޭނާއަކީ ވަޒީފާގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ މީހެއް،" މައުރޫފް ވިދާޅުވިއެވެ.
ސިޔާސީ ހަޔާތުގައި ހާސިލުކުރެވުނު އެންމެ ހިތި ނަތީޖާއަށް ފަހު އެމްޑީޕީއާއެކު ކޯލިޝަން ހެދީ ވަރަށް ފުންކޮށް ވިސްނާފައި ކަމަށް މައުރޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިން ނިކުމެގެން އައިސް ސަރުކާރާ ގުޅުނީ ރައްޔިތުން އެދޭ ފަދަ އަމާން ރާއްޖެއަކަށް މި ރާއްޖެ ހަދައިދޭން ވެގެން ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވަމުން މައުރޫފް ވިދާޅުވީ ދައުލަތުގެ ބައިތުލްމާލުން އެތައް ބިލިއަން ޑޮލަރެއް ގެއްލެންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެ ޚިޔާނާތުގެ ޒިންމާ ނަގަންޖެހޭނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ނޫން ކަމަށާއި އޭގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ސީދާ ރައީސް ޔާމީން ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ޞާލިޙް ފަދަ އިންސާނިއްޔަތުކަން ހުރި ބޭފުޅަކު ކެންޑިޑޭޓުންގެ ތެރޭގައި ނެތް ކަމަށާއި އެހެންކަމުން އަދާލަތުގެ ދީނީ އިލްމުވެރިން ވެސް އެމަނިކުފާނާއެކު ތިއްބަވަން މިއަދު ޖެހޭ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތިޔަ ހުރިހާ ދީނީ އިލްމުވެރިން ރައީސް ޞާލިޙުގެ ދިފާއުގައި މިއަދު އެބަޖެހޭ ނިކުންނަށް،" މައުރޫފް ވިދާޅުވިއެވެ.
comment ދޯދޯ
2 year 10 month ago
ކައިވެސް މާރަގަޅު ދޯ
comment ތުއޭން
2 year 10 month ago
އެހެންވެގެންތޯ އެން.ޑީ.އެން މީހުން ރައީސްއޮފީހަށް ވައްދައިގެން އެ އުޅުއްވަނީ؟
comment ދޮން ބަބުރު ސޮރު
2 year 10 month ago
ހީހީހީ، ވެއްޓެނީ ވެއްޓެނީ، އެހެންވީމަ ކިޔޭ ނުކިޔޭ އެއްޗެއް ނޭގެ މާމުއި ބޮއެގެން ކޮސްގޮވެނީ، ކަލޯ ގާތު މީހަކު އެހިތަ؟ ބަލަގަ އެއްވެސް ގޮތަކުން މުޢިއްޒުއާއި އަޅުވާ ކިޔޭ ވަރުގެ މީހެއްގެ ވާހަކަތަ ތިޔަ ގޮވަނީ.
comment ސލހ
2 year 10 month ago
ދީނީ ގޮތުން ރަނގަޅު ވީމަ ތަ، ދީނުގަ ޙަރާމް ކުރައްވާފައިވާ ބޮޑުފާފައެއް، (ލިވާތު) ކުޅުނު މީހުންނަށް ޙައްޤު އަދަބު ނުދީ ބައެއް މީހުން މިނިވަން ކުރީވެސް.
reply ޚލޞ
2 year 10 month ago
ކޯޓުތަކުގެ ޤާޟީކަންވެސް ކުރަނީ މިދައުރުގައި ރައީސްތޯ!!! އެކަމަކުދޯ އެކަކު ވިއްޔާ ތިހުރިހާ ކޮމެންޓެއް ތިކުރަނީ! ވެދާނެ މުސާރަދީފަ ޕޕމ ޖަގަހާގައި އުޅޭ ބޮޓަކަށްވެސް. ކޮމެންޓަކަށް ކިތައް ޕާކިންޒޯން ލިބޭތަ؟ ލޮލް
comment ސލހ
2 year 10 month ago
މާދަން ވެސް ވެރިކަން ގެއްލޭ އިރަށް ސިޔާމް ވެސް ރސ ކައިރީން ދުރައް ދާނެ، އިރާދަ ކުރެއްވިއްޔާ އެދުވަހަކުން ތިޔަ މައުރޫފާއި، ސިޔާމް ދުވާނީ ޑރ.މުއިއްޒު ފަހަތުން އޭނައަށް ސަނާ ކިޔަމުން. އެތަން އަދި ދުނިޔޭގަ ތިބި ބަޔަކަށް ފެންނާނެ، އަބަދުވެސް ކަލޭމެން އުޅޭ ގޮތް އެއީ.
comment ސލހ
2 year 10 month ago
މިހާރު ހުރިހާ ގޮތަކުން ވެސް މައުރޫފަށް ރސ ރަނގަޅުވާނެ ކަން އެނގޭ. ތީ ރަނގަޅު މީހުންނާއި ގޯސް މީހުން ކަނޑައަޅަން ހުންނަ މީހެއް ތަ؟ ރސ މިއަދު ރަނގަޅު ވެގެން ތި އުޅެނީ ސިޔާމް ކައިރީ ލައިގެން އުޅޭތީ.