އަންނަ އަހަރުގެ ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި

ރާއްޖޭގައި ބޭއްވި 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕްގެ ތެރެއިން -- ފޮޓޯ/ ބީބީއޭއެމް

އަންނަ އަހަރުގެ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.

ރާއްޖޭގައި އެ މުބާރާތް ބާއްވަން ނިންމާފައިވާކަން ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ފެޑެރޭޝަން (ޑަބްލިޔުބީޕީއެފް) އިން އިއުލާންކޮށްފައިވަނީ އެ ފެޑެރޭޝަންގެ އޭޝިއާ ސަރަހައްދުގެ ނައިބު ރައީސް އަދި ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)ގެ ރައީސް އިބްރާހިމް ހަމީދު، ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ބޭއްވި ބައްދަލުވުމަށްފަހުއެވެ.

އިންތިހާބީ ރައީސް މުއިއްޒުގެ އޮފީސް، ގ. ދިމްޔާތުގައި އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ބީބީއޭއެމްގެ ރައީސް ހަމީދުގެ އިތުރުން އެ އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ރާއްޖޭގައި އެ މުބާރާތް ބޭއްވުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން މުއިއްޒު ދެއްވި ކަމަށް ޑަބްލިޔުބީޕީއެފުން ވަނީ ބުނެފައެވެ.

އަންނަ އަހަރުގެ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ވެގެންދާނީ ރާއްޖޭގައި ބާއްވާ ބޮޑީބިލްޑިންގެ އެންމެ ބޮޑު މުބާރާތަށެވެ. ރާއްޖޭގައި މީގެ ކުރިން އޭޝިއަން ބޮޑީބިލްޑިން މުބާރާތް އަދި ސައުތު އޭޝިއަން ބޮޑީބިލްޑިން މުބާރާތް ވެސް ބޭއްވިއެވެ.

ބޮޑީބިލްޑިންއަކީ ބައިނަލްއަގުވާމީ އަދި ސަރަހައްދީ މުބާރާތްތަކުގައި އެންމެ ގިނަ މެޑަލް ހޯދައިދޭ އެއް ކުޅިވަރެވެ. އެގޮތުން އޭޝިއަން ބޮޑީބިލްޑިން މުބާރާތް އަދި ސައުތު އޭޝިއަން ބޮޑީބިލްޑިން މުބާރާތުގައި ދިވެހި އެތުލީޓުން ހޯދާ ކާމިޔާބީތައް ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް

comment ފަނަރަ

2 year 8 month ago

ލާދީނީ ކަންކަމަށް ހިތްވަރުދޭ ވެރިން ހައްތާވެސް މި ހޮވެނީ. ކިހާ ދެރަ.

comment އަހުމަދު..

2 year 8 month ago

ބޭރުގެ އޮންނަ މުބާރަތްތަކުގައި ބިކިނީ ލައިގެން ދިވެހި އަންހެން ފެތުްންތެރިން ފެތުން. ހުސް ކުޑަކުޑަ ޖަގިޔަލެއް ލައިގެން ދިވެހި ފިރިހެނުން ބޮޑީބިލްޑިން ދެއްކުން. މިއީ އަހަރުމެން ދިވެހިން އުޅެމުން އައި ގޮތެއް ނޫން. މިހާ ހާމަކަންބޮޑު ގޮތެއްގައި މިގޮތަށް އުުޅުމަކީ ހަމަގައިމުވެސް ދީނުގައި ހުއްދަވާނެ ގޮތެއް ނޫންކަން ޔަގީން.

comment ބޭކާރު

2 year 8 month ago

މިކަހަލަ ކޮންމެވެސް ބޭކާރުކަމެއްގަ ވަގުތު ބޭކާރުކުރަން މުސްލިމު ގައުމުތަކުން މިއުޅެނީ. ނިވާކަން ކުޑަގޮތަކަށް އަންހެން ކުދިން އުޅުނީމަ ރާއްޖޭގަ ވަރަށް ވާހަކަދައްކާ. އެކަމަކު މިފެންނަނީ ބޮޑެތި ފިރިހެނުން އުޅޭގޮތް. މިވައްތަރުތައް ޖައްސަން ބޭރުން މީހުން ގެނެސް ރާއްޖޭގައި މުބާރާތް ބާއްވާނެކަމެއް ނެއް. ބާއްވަންޏާ ތިބެންޖެހޭނީ ނިވާކޮށްގެން. މިއީ މުސްލިމު ގައުމެއް. ބޭކާރު ކަންތަކުގައި މުސްލިމުން ގައުމުތައް މަސްއޫލުކުރުން އެއީ ހުޅަނގުން ކުރުވާ ކަމެއް. ޕަލަސްތީނަށް ބޮން އަޅަމުންދާއިރު މުސްލިމު ގައުމުތައް މިކަހަލަ ކަންތަކުގައި.

comment އޮރެންޖް.

2 year 8 month ago

އޮރިޔާންވިއޭ ބުނާނީ ކިހާވަރަކަށް އޮރިޔާންވީމަތޯ؟