ޕަބްލިކް ނޯޓަރީންގެ ގޮތުގައި މަސައްކަތް ކުރާ ބައެއް ގާނޫނީ ވަކީލުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންގެ ލިޔެކިޔުންތަައް ގަވާއިދާ ހިލާފަށް އޮންލައިންކޮށް ނޯޓަރައިޒް ކުރާ ކަމަށް ބުނެ، އެގޮތަށް އެ ކަން ނުކުރާން ބާ ކައުންސިލުން މިއަދު އެދިއްޖެއެވެ.
މި މައްސަލަ ފެންމަތިވެފައި ވަނީ ޕަބްލިކް ނޯޓަރީންގެ ގޮތުގައި މަސައްކަތް ކުރާ ބައެއް ގާނޫނީ ވަކީލުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންގެ ލިޔެކިޔުންތަައް ގަވާއިދާ ހިލާފަށް އޮންލައިންކޮން ނޯޓަރައިޒް ކުރާ ކަމަށް ފާހަގަކުރެވުމުންނެވެ.
ނޯޓަރައިޒް ކުރުމަކީ ގާނޫނީ ލިޔެކިޔުންތަކުގައި ސޮއިކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ބަލައި، ކަށަވަރުކޮށްދީ، އެފަދަ ލިޔެކިޔުމުގައި ސޮއިކުރާ ފަރާތްތަކަށް އޭގައި ބަޔާންކުރާ އެއްޗެއް އެނގޭކަން ކަށަވަރުކޮށް، ލިޔުމުގެ ސައްހަކަން ކަށަވަރު ކުރުމެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިގޮތަށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތެއްގެ ލިޔެކިޔުންތައް ރާއްޖޭގައި ޚިދުމަތްދޭ ވަކީލަކު އޮއްލައިންކޮށް ނޯޓަރައިޒްކުރުމަކީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޤަވާއިދާ ޚިލާފު ކަމެއް ކަމަށެވެ.
ޤަވާއިދުގައި ވާގޮތުން ލިޔުމެއްގައި ސޮއިކޮށްފައިވަނީ ނޯޓަރައިޒްކޮށްދޭ ފަރާތުގެ ކުރިމަތީގައިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ނޯޓަރައިޒްކޮށްދޭ ލިޔުންތަކުގައި ސޮއިކުރަންވާނީ ޕަބްލިކް ނޯޓަރީގެ ހާޒިރުގައެވެ. އޮންލައިންކޮށް ނޯޓަރައިޒްކޮށްދޭނަމަ، ލިޔުމުގައި ސޮއިކުރެވޭ ވަގުތު، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޕަބްލިކް ނޯޓަރީގެ ހާޒިރުގައެވެ.
އޮންލައިންކޮށް ޕަބްލިކް ނޯޓާރީގެ ހިދުމަތް ދެވޭނީ ގާނޫނީ ވަކީލަކާ ބައްދަލުވެން ނެތް ހާއްސަ ހާލަތެއްގައި އެކަންޏެވެ. އެއީ، ދަތުރުފަތުރު ކުރުން މަނާ ކުރެވިފައިވާ ހާލަތްތަކުގައެވެ.
މި މައްސަލައަކީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭ މައްސަލަ އަކަށްވުމުގެ އިތުރުން ޤާނޫނީ ވަކީލުންގެ ސުލޫކާ ގުޅޭ މައްސަލައެއް ކަމަށް އެ ބާޔާނުގައިވެއެވެ.
ނޯޓަރައިޒް ކުރުމުގައި ޤަވާއިދާ ޚިލާފަށް އަމަލުކޮށްފިނަމަ، ޖޫރިމަނާ ކުރުމާ އެކު ޕަބްލިކް ނޯޓަރީގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމަށް ނުވަތަ އެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި ޕަބްލިކް ނޯޓަރީގެ ހުއްދަ ބާތިލުކުރާނެ ކަމަށް ބާ ކައުންސިލުން ބުންޏެވެ.
ނޯޓަރައިޒް ކުރުމުގެ ގަވާއިދުގައި ވާގޮތުން ޖޫރިމަނާ ކުރާނެ ގޮތުގެ ތަފުސީލު:
- ކުޑަބޮޑު މިނަށް ބަލައި ފުރަތަމަ ފަހަރު 25،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން
- ކުޑަބޮޑު މިނަށް ބަލައި، ދެވަނަ ފަހަރު 50،000 ރުފިޔާއާއި 150،000 ރުފިޔާއާ ދެމެދުގެ އަދަދަކުން
- ދެ ފަހަރަށް ވުރެ ގިނަ ފަހަރު ނަމަ، އިތުރަށް ޖޫރިމަނާކުރެވޭ ކޮންމެ ފަހަރަކު 150،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދަކުން
އެހެންވެ، ޕަބްލިކް ނޯޓަރީއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން އެ ޙިދުމަތް ދިނުމުގައި ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް ސަމާލުކަން ދިނުމަށް ބާ ކައުންސިލުން އެދުނެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ އެކި ބޭނުންތަކަށް ލިޔެކިޔުންތަކަށް ނޯޓަރައިޒްކުރުމުގެ އެ ޤައުމެއްގެ ޕަބްލިކް ނޯޓަރީގެ ޚިދުމަތް ހޯދުމަށް ވެސް ބާ ކައުންސިލުން އެދުނެވެ.
comment އާކައުންސިލް
2 year 7 month ago
ބާކައުންސިލަކީ ރައްޔިތުންނަށް އުނދަގޫކުރާ ބަޔަކަށް ވެގެންނުވާނެ.
comment ސަތޭ
2 year 7 month ago
ނޯޓަރީ ތަތްގަނޑު އޮންނަނީ ބަންގްލާ ބަސްވެސް ރަނގަޅަށް ލިޔަން ކިޔަން ނޭނގޭ ބަންގްލާ މީހެއް އަތުގައި!
comment ބާ ކައުންސިލް.
2 year 7 month ago
ތީ ކޮންމެހެން ބާ ކައުންސިލުން ކުރަންޖެހޭ ގޮތަށް އޮންނަން ޖެހޭ ކަމެއްވެސް ނޫން. މީގެ ކުރިންވެސް ކައުންސިލްތަކުން އެކަަންތައް ކުރޭ. ހަމަ އެގޮތަށް އެކަން މިހާރުވެސް ކައުންސިލް ތަކުން ކުރެވެން ޖެހޭނެ. ކައުންސިލްތަކަކީ ޤާނޫނީ ބާރުލިގެންވާ ޤާނޫނީ ސިއްކައެއް އޮންނަ ބައެއް. ކައުންސިލް ތަކުން ލިޔުން ތަކުގައި ސައްހަ / ނުވަތަ އަސްލާއި އެއްގޮތްތަކުގެ ތައްގަނޑު ޖެހެން ވާނެ. ގިނަ ފަހަރު ގިނަ ރަށްތަކުގައި އެކަން ކުރާނެ ވަލީކުން ނުތިބޭ. އެހެން ކަމުން އެކަން ކުރުމަކީ ތައްޔިތުންނަށް ތަކުލީފަކަށް ވޭ. ކޮންމެހެން، ބަޔަކަށް މަންފާވާގޮތަށް ވިޔަފާރި އުސޫލުން ވަކީލުންނަށް ފައިދާ ވާނެގޮތަށް ގަވާއިދެއް ހެދިގެން ނުވާން. ކައުންސިލްތަކުގައި ވެސް އުޅެނީ ދިވެހި ސިވިލްސާވިސް މުވައްޒަފުން. އެމީޙުން ނުވާ ނަޒާހަތްތެރިކަމެއް ވަކީ ވަކީލުންނެއް ނުވާނެ. ކުރިން އޮންނަ ގޮތަށް މިކަން ބަދަލުކުރަން ޖެހޭ. އޭގެ ފައިދާ ވާނީ ރައްޔިތުންނަށް.
comment އޮރެންޖް.
2 year 7 month ago
އޮންލައިންކޮށް ނޮޓަރައިޒް ކުރެވޭ ގޮތް އޮންަނަންޖެހޭނެ. ދުނިޔޭގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަންކަންކުރަނީ. ވިސްނުން މިދަނީ ހައްތަހާ ފަހަތަށް. ކަމަކު ނުދޭ. މީގައި މުހިއްމީ ތެދުވެރިކަން އަދި ކަށަވަރުކުރެވޭނެ ގޮތްތައް. ކުރީގައި އެގްރީމެންޓްގައި ސޮއިކުރަންވެސް އޮންނަނީ ގަނޑެއްގައި ގަލަމަކުން. މިިހާރު ޕީޑީއެފްކޮށްވެސް ފޮނުވަނީ.
comment މުހައްމަދު
2 year 7 month ago
ގަވާއިދާ ޚިލާފަށް ޞައްޙަކަމަށް ތައްގަނޑު ޖަހައިދޭ ލިޔުމެއް ޞައްޙަ ލިޔުމަކަށް ނުވާނެ. އެފަދަ ލިޔުމަކަށް ބިނާކޮށް ޚިދުމަތެއް ދެވިގެން ނުވާނެ.