Dhiraagu
Ooredoo

ކުރީގެ ރައީސް ޞާލިޙަށް އަދާކުރި އިޚްތިރާމުން ޣައްސާނަށް ތައުރީފު

ކުރީގެ ރައީސް ޞާލިހް ވަޑައިގެންނެވުމުން ޣައްސާން އިޙްތިރާމުގެ ގޮތުން ކޮޅަށް ތެދުވެވަޑައިގެން --

މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި އޮތް އިންތިޚާބީ ރައީސާއި ނައިބު ރައީސް ހުވާކުރެއްވުމުގެ ޖަލްސާގެ ތެރެއިން، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަލުން އަދި އާ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫންގެ ފަރާތުން ފެނިގެން ދިޔައީ ވެރިންނަށް ކިޔަމަންގަތުމާއި އިޙްތިރާމްކުރުމުގެ ރިވެތި ނަމޫނާ އެކެވެ.

sun.mv

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ޖަލްސާއަށް ވަޑައިގެން އިށީންދެވަޑައިގަންނަވާ ގޮނޑިކޮޅާ ހަމައަށް ހިންގަވާ ވަޑައިގެންނެވި އިރު، ފެނިގެން ދިޔައީ ޖަލްސާ މާލަމުގައި ތިބި އެންމެން އިށީންދެ ތިބި ތަނެވެ. އިށީންދެ ތިބި ގޮތުން އެއްވެސް މީހަކަށް ރައީސް ވަޑައިގަންތައް ނުފެނުނީއެވެ.

ޣައްސާނަށް ވެސް ރައީސް ފެނިވަޑައިގަތީ އެ މަނިކުފާނުގެ ސެކިއުރިޓީ ޣައްސާނުގެ ފަހަތުން އައިސް އޭނާއާ ހަމަވުމުންނެވެ. އެއީ، ރައީސްގެ ސެކިއުރިޓީކަން އިނގުމުން އޭނާ ފަހަތަށް ބަލައިލިއިރު ރައީސް ޣައްސާނާ އަރާ ހަމަވެއްޖެއެވެ. ލިބުނު ސިހުމާ އެކު ދެވަނަ ވިސްނުމަކަށް ނުގޮސް އޭނާ ވަގުތުން ކޮޅަށް ތެދުވީ ކުރާ އިޙްތިރާމްގެ ސަބަބުންނެވެ.

މި މަންޒަރު މީހުންގެ ލޮލުގައި އަޅައިގަތެވެ. ކެމެރާތަކުގައި ރިކޯޑު ވެސް ވިއެވެ. ވަގުތުން ސޯޝަލް މީޑިއާގައި މި މަންޒަރު ދައުރުވާން ފެށިއެވެ. އެއާ އެކު އެތައް ބައެއް ތައުރީފު ޣައްސާނަށް އޮހެންފެށިއެވެ.

މިއީ މުޅި ރަސްމިއްޔާތުގެ ތެރެއިން ވެސް ފެނުނު އެންމެ ތަފާތު މަންޒަރު ކަމަށް މީހަކު މީސްމީޑިއާގައި ބުނެފައިވެއެވެ. އަދި، ދައުލަތުގެ ޝަރަފާއި ޤަދަރު ހިފެހެއްޓޭނީ ގައުމީވަންތަ ތަރުބިއްޔަތުގެ މަތީގައި ދަރީން ބަލައި ބޮޑުކުރުމުން ކަމަށާއި މިއީ އެކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށް އެ މީހާ ބުނެފައިވެއެވެ.

"ދަރީން ރަނގަޅަށް ތަރުބިއްޔަތު ކުރެވުނީމައި މި ކަހަލަ މަންޒަރު ފެނުމަކީ އާ ކަމަކަށް ނުވާނެ،" މީހަކު ލިޔެފައިވެއެވެ.

މިކަމާ ގުޅިގެން އެހެން މީހަކު ބުނެފައި ވަނީ، ޣައްސާނުގެ ކިބައިން ފާހަގަވެގެން ދިޔައީ ވަރަށް ރީތި އަދަބު އަޚްލާގު ކަމަށެވެ. އަދި ޣައްސާނުގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫނާއި މަންމާފުޅު ނަސްރީނާ އިބްރާހީމަށް ތައުރީފު ކުރައްވާ އެހެން މީހަކު ބުނެފައި ވަނީ، ހަމަ ޔަގީނުން ވެސް މިއީ ވަރުގަދަ މަންމައަކާއި ބައްޕައެއް ތަރުބިއްޔަތު ކޮށްފައިވާ ދަރިއެއްކަން އެނގޭ ކަމަށެވެ.

މީގެ އިތުރުން ވެސް، ޣައްސާނަށް ތައުރީފުކޮށް މީހުން ބުނެފައި ވަނީ، ގައުމިއްޔަތަށް ޣައްސާންގެ ހިތުގައިވާ ލޯތްބާއި އިޙްތިރާމް ފެނިގެން ގޮސްފި ކަމަށެވެ.

ޣައްސާނަކީ ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ އެ ޕާޓީގެ ލީޑާޝިޕް މެންބަރެކެވެ. މިރޭ ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ޑިފެންސް މިނިސްޓަރުކަމުގެ މަގާމަށް ޣައްސާން އައްޔަން ކުރައްވައިފައެވެ.

Redstar
comment ކޮމެންޓް

comment ނަދީމާ

2 year 9 month ago

އައްސާނަކީ އަޚްލާޤީ ގޮތުންވެސް ، ނިކަމެއްޗެއް، މުއްސައްޖަކަށް ބެލުމެތްނެތި އިޚްތިރާމް އަދާ ކުރައްވާ ބޭފުޅެކެވެ. މިފަދަ ލަވަލް ތަކުގެ ގިނަ ބޭފުޅުންނަކީ، ބޮޑާކަމާއި ، ކިބުރުވެރިކަމުން ފުރިފައިވާ މީހުންނެވެ، އެކަމަކު އަޅުގަޑުގެ ތަޖުރިބާގެ އައްސާން ތަފާތެވެ. ވަރަށް ހިތްހެޔޮ ލާމަސިލް ބޭފުޅެއް އައްސާން އަކީ،

comment ވިކިލީކްސް

2 year 9 month ago

ޚުލްގު ކިޔަވައިގެންހުރި ކުއްޖެއް މިއީ. މިކުއްޖާ ނޫނީ މިކެބިނެޓުގަ ނެތް އިޚުލާޞްތެރި ތެދުވެރިއެއް. އަޚުލާގީ ގޮތުން 100 ޕުލަސް ޢިލްމީ ގޮތުން 85 މާކުސް ތެދުވެރިކަމުން 99 މާކުސް. ދީނީ ގޮތުން 80 މާކުސް އިޙްތިރާމް އަދާކުރުމުގާ 100 ޕުލަސް ވަފާތެރިކަމުގައި 100 ޕުލަސް ކުރުކޮށް ބުނާނަމަ ދިވެހި ޕޮލިޓީޝަނުންގެ ތެރޭގައި މިވަގުތު ހުރި އެންމެ ހަރުދަނާ ބޭފުޅަކީ ޣައްސާން. ދުވަހަކު .ީހެއްގެ އަބުރާ ނުބެހޭނެ! މައުމޫނުއާ ނަސްރީނާގެ ތަރުބިއްޔަތު.

comment ލޫނީ

2 year 9 month ago

ތީ މަ ބަލާ ލާމަސީލު ނަމޫނާއެއް. ދިވެހިން ދެކޭ ގޮތުގަ ގަދަރު ކުރުމާ މިކަންކަމީ މިހާރު ސޮޑުވުން. ޢިރެއްގައި އަހަރެން ގައްސާނު ކައިރީ މަސައްކަތް ކުރިން އެޢީ ބަތް ކައްކާ ކުޅޭ މީހެންނޫން މަޑު މައިތިރި ކަމާއެކު ކުރަން ބޭނުންވާ ކަމެއް އޭގެ އެންމެ މޮޅައްކުރާނެ

comment ހިއްސޯރު

2 year 9 month ago

ޣައްސާނު ތި ދެއްކެވީ ތަފާތު. ޝުކުރިއްޔާ. މަޖިލީސް މެމްބަރުންނަށް ފަހުމެއްނުވި އެ ވަގުތު ރޖ އަކީ އ.މ.ސޯލިހު ކަންވެސް. މި ވަރު މީހުން މަޖިލީހަށް ހޮވަން ހެޔޮވާނެތަ. ރޖ. މުއިއްޒު ކަށަވަރު ކުރަންވީ މަޖިލީހަށް ވަންނަ މެމްބަރުންނަކީ އިލްމާއި ހިލްމާ ކުލުނާ އަދަބު އަޚްލާގު އަދި ކަމުގެ ތަޖުރިބާ ލިބިފައިވާ ބަޔަކަށް ހެދުން. ރައްޔިތުން ގެ ޒިންމާއަކީ ގައުމު އިސްކޮށް މިދެންނެވި ފަދަ މީހުންނަށް ވޯޓު ދީ މަޖިލީހަށް ވެއްދުން. މިހާރު ސިޓިންގ ރޫމްގައި ދަރިންނާއެކު މަޖިލިސް ނުބެލޭކަންތައް ހުއްޓުމަކަށް ގެންނަންވީ. މި ފުރުސަތު މިއޮތީ ރޖ. މުއިއްޒު އަށް ލިބިވަޑައިގެންފައި. ވީމާ މިވަގުުތު ދޫކޮށްނުލައްވާ އޭގެ ބޭނުން ފުރިހަމައަށް ހިތްޕަވާ. ޕާޓީ އަށް ވުރެ ގައުމު އިސްކުރައްވާ.

comment ޏނ

2 year 9 month ago

މިތާގަ ބައްޕަ ޖަލައްލުމާ ތަރުބިއްޔަތާ ކޮން ގުޅުމެއް

comment ފޮނިބޮކި

2 year 9 month ago

ބައްޕާފުޅު ޖަލުގައި އޮތްއިރު ކޮބާތަ ތިލާމަސީލު ދަރި؟

reply އަހައްމަދޫ

2 year 9 month ago

ސާބަހޭ. ކޮންމެވެސް ނެގެޓިވް ކޮމެންޓްއެއް ކޮށްލެވޭތޯ ބަލާތި

comment އިލްމާ

2 year 9 month ago

ޣައްސާނު ރައީސްސޯލިހުއަށް ކުރެއްވި އިހުތިރާމަށް ޝުކުރު ދަންނަވަން. ތިގޮތަށް ތިބޭނީ ލީޑަރުން.

comment ޝާވިން

2 year 9 month ago

މައިން ބަފައިން ރަނގަޅަށް ތަރުބިއްޔަތު ކޮށްފައި ހުންނެވި ބޭފުޅެއްކަން އޭގެން ހާމަވަނީ. ސިޔާސީ ހިޔާލު ތަފާތުވުން ހުއްޓަސް އަހުލާގުގެ ރިވެތި ސިފަ ދައްކުވައިދީފި.