Ooredoo
Dhiraagu

ޔާމީން ދެކޮޅުވުމުން ރައީސްގެ ދިފާއުގައި ވަޒީރުން

އާ ސަރުކާރުގެ މިނިސްޓަރުން ހުވާކުރައްވަނީ --

ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާއި ޕީޕީއެމްގެ ގުޅިފައިވާ ލީޑާޝިޕްގެ މެދުގައި މިހާރު އުފެދިފައިވާ މައްސަލައިގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ސަރުކާރުގެ ދިފާއުގައި އެ މަނިކުފާނުގެ ކެބިނެޓް މިނިސްޓަރުން ނިކުންނަވައިފިއެވެ.

ADK GENERAl

ޕީޕީއެމްގެ ލީޑާޝިޕްގައި މިހާރު އެންމެ އިސްކޮށް ތިއްބަވާ ބޭފުޅުންގެ ތެރެއިން އެންމެ ފުރަތަމަ މި މައްސަލައިގައި ބަސްފުޅެއް ވިދާޅުވީ އެ ޕާޓީގެ ނައިބު ރައީސް ޣައްސާން މައުމޫނެވެ.

ޣައްސާން ވިދާޅުވީ ޕީޕީއެމް އޮތީ ރައީސް ޑރ. މުއިއްޒާއެކު ސަރުކާރު ދިފާއުކުރުމަށް ކަމަށެވެ. އަދި ގައުމުދެކެ ލޯބިވާ ރައްޔިތުން ރައީސާއެކު ދެމިތިބުމަށް އޭނާ ވަނީ އެދިވަޑައިގެންފައެެވެ.

އޭގެ އިރުކޮޅެއްފަހުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި، ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ އެކްސްގައި ސަރުކާރާއި ރައީސް ޑރ. މުއިއްޒުގެ ދިފާއުގައި ޕޯސްޓުކުރައްވައިފައެވެ.

އެގޮތުން ޑރ. ޝަހީމް ވިދާޅުވި ގޮތުގައި ވެރިކަން ގެނައުމަށް މަސައްކަތްކުރި ފަދައިން އޭނާ ހުންނަވާނީ ވެރިކަން ހިމާޔަތްކޮށް ދަމަހައްޓަން ވެސް މަސައްކަތް ކުރެއްވުމަށެވެ.

"އިންޝާﷲ، މިއީ ރައްޔިތުން ވަރަށް ބުރަ މަސައްކަތްކޮށްގެން ގާއިމްކުރި ވެރިކަމެއް،" ޑރ. ޝަހީމްގެ ޕޯސްޓުގައިވެއެވެ.

މީގެ އިތުރުން ފޮރިން މިނިސްޓަރު ޒަމީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައްޔިތުންނަށް އުފާ ފާގަތިކަން ލިބެން އޮތް މަގަކީ ރައީސް ޑރ. މުއިއްޒާއެކު ސާބިތުވެތިބުންކަމަށް ވިދާޅުވެފައެވެ.

"ގައުމާއި ރައްޔިތުންގެ އުންމީދުތައް އެހެން އެއްވެސް ބަޔަކާއި އެއްޗަކާއި ކަމަކަށްވުރެ ބޮޑު،" ޕީޕީއެމުން ވަކިވެވަޑައިގެންނެވި ބޭފުޅުންނަށް ނިސްބަތްކުރައްވާ ޒަމީރު ވިދާޅުވިއެވެ.

ހަމައެއާއެކު ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޔާމީނާ އެންމެ އަރިސްކޮށް މި ހުރިހާ ދުވަހު މަސައްކަތް ކުރެއްވި އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ރައީސްގެ ދިފާއުގައި ނިކުންނަވައިފައެވެ.

އަބްދުއްރަހީމް ވެސް ވަނީ ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ރައީސް ޑރ. މުއިއްޒާއެކު ތިބުންކަމަށް ވިދާޅުވެފައެވެ.

ޔާމީނާއި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާ ގުޅުން ގޯސްވެ، ރޭ އެ މަނިކުފާނު ވަނީ ޕީޕީއެމުން ވަކިވެފައެވެ. އަދި، އެ މަނިކުފާނުގެ އާ ޕާޓީ އުފެއްދެވުމުގެ މަސައްކަތް ހަމަ ރޭ ވަނީ ފައްޓަވައިފައެވެ.

އަލަށް އުފައްދާ ޕާޓީގެ މަސައްކަތް ފަށައިގަނެ، އެ ޕާޓީގެ ނަމާއި ލޯގޯ ވެސް މިހާރު ވަނީ ކަނޑައަޅައިފައެވެ. އެކަމަކު، ޕާޓީގެ ނަމާއި ލޯގޯ އާންމު ކުރާނީ އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމުންނެވެ.

ލީޑާޝިޕުން އެ މަނިކުފާނުގެ މަޝްވަރާއާއި ހިޔާލުފުޅު ނުހޯއްދަވައި ކަމަށާއި އަދި ރައީސް ޑރ. މުއިއްޒަށް ފޯނު ކުރެއްވުމުން ޖަވާބު ވެސް ނުދެއްވައި ކަމަށް ޔާމީނާ ހަވާލާދީ އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލު ރޭވަނީ ވިދާޅުވެފައެވެ.

Redstar
comment ކޮމެންޓް

comment ވިކިލީކްސް

2 year 7 month ago

އެންމެ ހައިރާންކަމެއް ލިބުނީ މަޝްހޫރު ޓުވިޓާ ލުޖެއިން އެމްވީ އާ ދިމާލަށް ތިމައްސަލަގަ ޓުވިޓާ ހަސަންކުރުސީގެ ވެރިފައިޑް އެކައުންޓުން ފާށުކިޔައި ޒާތީގޮތުން ދިމާކޮށްލީމަ. އަދި ލުޖެއިންއެމްވީ އަކީ އިސްކޮޅުން ކުރު މީހެއްކަމަށް ބުނެ ހަސަންކުރުސީ ލުޖެއިންއެމްވީއާ ދެކޮޅަށް ޕޯސްޓު ކުރީ 500 މެމްބަރުންނާއެކު ޑރ.މުއިއްޒަށް ލުޖެއިންއެމްވީ ދިމްޔާތަށް މެމްބަރޝިޕް ފޯމު ގެންދިޔާމަ. ރ.ނަޝީދުގެ އެކައުންޓެއް ކަމަށް ތުހުމަތި ކުރެވޭ ހަސަންކުރުސީ އަކީ ކުރިން ޔާމީނާއި އިދިކޮޅަކަސް މިހާރު ޔާމީނަށް ސަނާކިޔައި މިވެރިކަމާއި ދިމާކޮށްލައިގެން އުޅޭ އެކައުންޓެއް. ރާއްޖެ ސީދާމަގުން ތަރައްގީއަށް މިސްރާބުޖަހައި ރައްޔިތުންގެ ލޯބިނޑރ.މުއިއްޒަށް ލިބުމުން އެކަން ހަޖަމުނުވާ ބަޔަކު މިއަދު އެބަތިބި.

comment ފަހުމީ

2 year 7 month ago

ތިޔަ ކެބިނެޓުގައި ރައީސް ޑރ. މުޢިއްޒަށް ވަފާތެރި ނޫން، ވަޒީރަކު އެބަހުރި. އޭނާ ދަނީ، ރައީސް ޔާމީނާ މަޝްވަރާކުރަމުން. އަދި ޔާމީނަށް ތާއީދުކުރާ، ރަށްރަށުގެ މީހުންނާ ގުޅާ، ޑރ. މުޢިއްޒާ މެދު ނަފުރަތު އުފައްދަމުން.

comment ޚިއަސަނު

2 year 7 month ago

މަގާމް ދިފާއު ކުރަނީ. ޜައްޔިތުންނަށް ހެޔޮއެދޭ ބައެއްނުން. ޢަމިއްލަ ޖީބު ބޮޑު ކުރުން.