ތިން ގައުމަކަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުންނަށް ރުހުން ހޯދަން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ވަނީ ތިން ސަފީރަކު އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ހޯދަން އެދި ފޮނުވައިފައެވެ. އެއީ،
- ދިވެހިރާއްޖެއިން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޕީއެންސީގެ ނައިބު ރައީސް އަދި އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި ހުންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު)
- އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް
- އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ)ގެ ދާއިމީ މަންދޫބު ކަމަށް ޑރ. އަލީ ނަސީރު މުހައްމަދު
ނޮވެމްބަރ 17، 2018: ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މުންދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުގެ މަގާމު ވެސް މުންދުވަނީ ފުރުއްވައިފައެވެ.
އަދި، އދ.އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ ސަފީރަކަށް އައްޔަންކުރައްވާ ޑރ. އަލީ ނަސީރަކީ ވެސް ޚާރިޖީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.
މި ތިން ބޭފުޅުން ސަފީރުކަމަށް އައްޔަންކުރަން ރުހުން ހޯދަން ރައީސް ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.
އެހެންވެ، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެ މައްސަލަ ދިރާސާކުރަން ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވަން ނިންމައިފައެވެ.
އެ މައްސަލަ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށް ފަހު، ތަޅުމުގައި ބަހުސްކޮށް ވޯޓަށް އަހާނެއެވެ.
comment އިބޫ
2 year 7 month ago
ލޮލް!
comment ޖާމިއު
2 year 7 month ago
ރައީސް މުއިއްޒުއެވެ. މަނިކުފާނަށް އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގެ ޓްރަސްޓް ގެއްލިއްޖެއެވެ. ސަބަބުތައް: - ރައީސް ޔާމީން މިނިވަން ނުކުރުން - ރައީސް ޔާމީން އެއްކާރިކޮށް އަބްދުއްރަހީމްގެ ބަސްއެހުން - ޗާގޯސް ވިއްކާލިކަމަށް ބުނާ ސިޓީ އާއްމު ނުކުރުން - އުތުރު ތިލަފަޅު އެއްބަސްވުން ހާމަނުކުރުން. - ވައިކުޑައިގަ ފޭބި އިރުތިޝާމް، ޝަހީމް، މާރިއާ، ޝަފީއު، ފައިސަލް، އައިޝަތު ޝިހާމް ފަދަ މީހުންނަށް މަގާމްތައްދީ އަދި މަސައްކަތްކުރި އެތައްބަޔަކަށް އިހްތިރާމް ކުޑަވާގޮތަށް އަމަލުތައް ބެހެއްޓުން. މޭޔަރު އަދި މަޖިލީހުގެ އިންތިހާބުގައި އެންމެ ވޯޓެއްވެސް ސަރުކާރަށް ފައިދާވާގޮތަށް ނުދޭނަން.
comment ޢޭދަމް
2 year 7 month ago
އިރު އަޅުގަނޑު ގެންދަންވީނު. މިހާރު ހުސްހަށިބައެއްނު.