ޔާމީން ގެއްލިއްޖެ، މިވީ ކިހިނެއް؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: މަޖިލީސް އިންތިޚާބަށް ފަހު އެ މަނިކުފާނު ސިޔާސީ ހަރަކާތެއް ނުބާއްވާ. އޭގެ ކުރިން ގެންދެވީ ދެ ރެއިން އެއް ރޭ ޖަލްސާތައް ބާއްވަވަމުން -- ސަން ފޮޓޯ/ މޫސާ ނަދީމް

މިދިޔަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގެ ވޯޓަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިޔާސީ ހަރަކާތެއް ނުފެނެއެވެ. އެހެންޏާ، ކޮންމެ ދެ ރެއަކުން އެއް ރެއަކުހެން ސިޔާސީ ޖަލްސާތައް ބާއްވަވައިގެން އެކިއެކި މައުޟޫއުތަކަށް ވަރަށް ދިގުކޮށް އެ މަނިކުފާނު ވާހަކަފުޅު ދައްކަވައެވެ.

އެކަމަކު، މަޖިލީސް އިންތިޚާބުގައި ވޯޓުލައްވާފައި ގެޔަށް ވަޑައިގެންނެވި ގޮތަށް ސިޔާސީ ހަރަކާތެއް ނުބާއްވައެވެ.

މަޖިލީސް އިންތިޚާބަށް ފަހު މިއަދަށް 18 ދުވަސްވީއިރު އެ މަނިކުފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ނަތީޖާއާ ގުޅިގެން ވެސް ބަސްފުޅެއް ވިދާޅެއް ނުވެއެވެ. އޭގެ ކުރިން ދެ ރެއިން އެއް ރޭ ބާއްވަމުން އައި ޖަގަހަ ޖަލްސާތައް ވެސް އޮތީ މެދުކެނޑިފައެވެ.

ނަމަވެސް، މިދިޔަ މަހު 28 ގައި އެ މަނިކުފާނުގެ ޕާޓީގެ ފުރަތަމަ ސެނެޓު ބޭއްވިއެވެ. ރިޔާސަތުގައި ޔާމީން އިންނެވިއެވެ.

ޔާމީން ގެކޮޅަށް ބަދަލުކުރި ދުވަހު އަރިހުގައި ރައީސް މުއިއްޒު: މިނިވަންވެވަޑައިގެން ފަހުން ޔާމީން ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވަމުން -- ސަން ފޮޓޯ/ މުހައްމަދު މާހިލް

އެންމެ ފަހުން ވޯޓުލީ ދުވަހު، ވޯޓުލެއްވުމަށް ފަހު ނޫސްވެރީންނާ ވާހަކަދައްކަވަމުން އެ މަނިކުފާނު ވަނީ އިންތިޚާބުގައި ސަރުކާރުން ބޮޑު އިންސައްތައެއް ނަގާނެ ކަމަށް ލަފާކުރައްވައިފައެވެ. އެއީ، ސަރުކާރުގެ ވަސީލަތްތަކާއި ވަޒީފާގެ ނުފޫޒު ބޭނުންކޮށްގެން ކަމަށް ވެސް އެ ދުވަހު އެ މަނިކުފާނު ތުހުމަތުކުރެއްވިއެވެެ. އެހެންވެ، މިއީ އިންތިޚާބުގެ ނަތީޖާ ނުކުތް ގޮތުން ލިބުނު 'ޝޮކެއް' ކަމުގައި ވެސް ނުބުނެވޭނެއެވެ.

ބަންދުގައި ހުންނެވީއިރު ވެސް އަޑެއް ނުކެނޑޭ

މިދިޔަ ފަސް އަހަރުގެ ބޮޑު ބައި ޔާމީން ހޭދަކުރެއްވީ ޖަލުގައެވެ. އެ ހުކުމުން، ހައިކޯޓު މަރުހަލާއިން އެ މަނިކުފާނު ސަލާމަތްވެވަޑައިގަތީ އިންތިޚާބަށް ކުޑަތަންވެފައި އޮއްވައި އޭޕްރީލް 18 ގައެވެ.

https://sun.mv/191129

މިނިވަންވެވަޑައިގެން ގޮތަށް ވަރަށް ހީވާގިކަމާ އެކު ސިޔާސީ ހަރަކާތްތައް ފެއްޓެވިއެވެ. ޖެހިގެން އައި ހުކުރު ދުވަހު، އެ މަނިކުފާނުގެ ޕާޓީއަށް ތާއީދު އޮތް ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވިއެވެ. އެ ރަށުގެ ސަޕޯޓަރުންނާ އެކު ގިނަ ވަގުތުތަކެއް ހޭދަކުރެއްވިއެވެ. އެ މީހުން ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ވެސް ދެއްވިއެވެ. ހީ ސަމާސާ ވެސް ކުރެއްވިއެވެ.

އޭގެ ކުރިން، ޖަލު ހުކުމުގައި ހުންނެވީއިރު ވެސް ޔާމީންގެ އަޑެއް ނުކެނޑެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވި، އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމާ އެކު، ޔާމީން ގެކޮޅަށް ބަދަލުކުރިއެވެ. އޭގެ ފަހުން، މިނިވަންވެވަޑައިގަތުމާ ހަަމައަށް ބޮޑެތި ލުއިތަކަކާ އެކު އެ މަނިކުފާނު ހުންނެވީ ގޭބަންދަގައެވެ.

ބަންދުގައި ހުންނަވައިގެން ވެސް ސިޔާސީ ބޮޑެތި ފިޔަވަޅުތަކެއް އެޅުއްވިއެވެ. އެ މަނިކުފާނުގެ އަޑު ކެނޑުނަކަ ނުދެއްވައެވެ.

https://sun.mv/191044

މި ވެރިކަމަށް ހަފުތާއެއް ނުވަނީސް ޕީޕީއެމް/ޕީއެންސީގެ ކޯލިޝަން ލީޑަރުކަމުން އިސްތިއުފާ ދެއްވިއެވެ. އެއަށް ފަހުގައި، މި ސަރުކާރުގެ އިސްވެރީންނަށް ތަފާތު އެކިއެކި ތުހުމަތުތައް ކުރެއްވިއެވެ. އެ ބޭފުޅުން އެ މަނިކުފާނަށް ސިޔާސީ ގޮތުން 'ބޭވަފާތެރިވީ'ކަމުގެ ބޮޑު ތުހުމަތުކުރެއްވިއެވެ.

އަމިއްލަފުޅު ސިޔާސީ އާ ޕާޓީއެއް އުފައްދަވަން ނިންމެވީ ވެސް ބަންދުގައި ހުންނަވައިގެންނެވެ. އެ ޕާޓީގެ މަސައްކަތުގައި ވެސް އަމަލީ ގޮތުން ވެސް އުޅުއްވިއެވެ.

ބަންދުގައި ހުންނަވައިގެން ކެމްޕޭން ހަރަކާތްތަކަށް ހުޅުމާލެއަށް ވެސް ވަޑައިގެންނެވިއެވެ. އަބަދު ވެސް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ ބަންދެއްގައި ހުންނެވުމުން 'އަނގަ މަތީ މަލަން' އަޅާފައި ހުރި ކަމަށް ވިދާޅުވެއެވެ. މިނިވަންވެވަޑައިގަންނަވާ ދުވަހަކުން، ރައްޔިތުންނަށް ހަގީގަތް ކިޔައިދޭން ކެތްމަދުވެފައި ހުންނެވި ކަމަށް ތަކުރާރުކޮށް އެތައް ފަހަރަކު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން ގޭބަންދުގައި ހުންނެވީއިރު، ޕީއެންއެފްގެ ޖަލްސާއެއްގައި ބައިވެރިވަނީ: އޭރު ދެ ރެއިން އެއް ރޭ ކަހަލަ ގޮތަކަށް އެ މަނިކުފާނު ގެންދެވީ ޖަގަހަ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަމުން -- ސަން ފޮޓޯ/ މޫސާ ނަދީމް

ބަންދުގައި ހުންނެވީއިރު ވެސް އަޑެއް ނުކެނޑެއެވެ. ސިޔާސީ މަސައްކަތް ކުރެއްވިއެވެ. އެކަމަކު، މިހާރު ކުއްލިއަކަށް އެ މަނިކުފާނު ގެއްލިއްޖެއެވެ.

ޖަމީލް ވިދާޅުވީ މަސައްކަތް ނުހުއްޓޭ ކަމަށް

ޔާމީންގެ ސިޔާސީ ހަރަކާތްތަކުގައި މިހާރު އެ މަނިކުފާނާ އެންމެ އަރިސްކޮށް ހުންނަވަނީ އެ މަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް އަދި އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. ޔާމީން ރިޔާސީ އިންތިޚާބަށް ނުކުންނަވަން ކެންޑިޑެސީ ހުށަހެޅުއްވީއިރު، ރަނިންމޭޓެއްގެ ގޮތުގައި ވެސް އިހުތިޔާރުކުރެއްވީ ޖަމީލެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)ގެ ހަރަކާތްތަކެއް ނުހުއްޓެއެވެ.

މިހާރު ކުރިއަށް ދަނީ ޕާޓީގެ އޮނިގަނޑުތަކާއި އުސޫލުތައް އެކުލަވައިލުމުގެ މަސައްކަތެވެ. ކުރިއަށް އޮތް ތަނުގައި ސިޔާސީ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާ ގުޅޭ ގޮތުން މިހާރު ވެސް ރޭވުންތައް ރާއްވަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، އާންމުންނަށް ފެންނަ ހަރަކާތްތައް މަދުވަނީ ސްކޫލު ޗުއްޓީއާ ވެސް ދިމާވާތީ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

https://sun.mv/191624

"މަޖިލީސް އިންތިޚާބާ ޕާޓީގެ ހަރަކާތްތަކާ އެއްވެސް ގުޅުމެއް ނެތް. މިހާރު ކުރިއަށްދަނީ ބައެއް އިދާރީ އޮނިގަނޑު އެކުލަވައިލުން،" އޭނާ ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަން ހީވާގިކަމާ އެކު މަސައްކަތްކުރާ ހަމައެކަނި ޕާޓީއެއްގެ ގޮތުގައި ފެންނާނީ ޕީއެންއެފް ކަމަށެވެ. އަދި، އެ ޕާޓީގެ މަސައްކަތްތައް ނުހުއްޓޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު، އިންތިޚާބަށް ފަހު މިހާތަނަށް ޔާމީން އެއްވެސް ސިޔާސީ ހަރަކާތަކުން ފެނިފައެއް ނުވެއެވެ.

މަޖިލީސް އިންތިޚާބުގައި ޕީއެންއެފްގެ ކެންޑިޑޭޓުން ވާދަނުކުރި ނަމަވެސް ޔާމީންގެ ތާއީދާ އެކު ކެންޑިޑޭޓުން ވާދަކުރިއެވެ. ސަރުކާރަށް ސުޕަމެޖޯރިޓީ ލިބުނު އިންތިޚާބުގައި ޔާމީންގެ ތާއީދާ އެކު ވާދަކުރި އެއްވެސް ކެންޑިޑޭޓަކު އިންތިޚާބެއް ނުވެއެވެ.

ޔާމީން ގެއްލިއްޖެއެވެ. މަޖިލީސް އިންތިޚާބަށް ފަހު އެ މަނިކުފާނުގެ ސިޔާސީ ކުރިމަގާ މެދު ވެސް ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެއަށް ގޮތެއް ކިޔަން އެނގޭނީ ދެން ނުކުމެވަޑައިގެން އެ މަނިކުފާނުގެ ސިޔާސީ މަގުޗާޓު ކުރައްސަވާ ގޮތަކުންނެވެ. މިހާރު އަމިއްލަފުޅަށް ބަންދުވެވަޑައިގެން ހުންނަވައިގެން އެ މަނިކުފާނު އެ ކުރައްވަނީ އެ މަގުޗާޓު ކުރެހުމުގެ މަސައްކަތްކަމުގައި ބެލެވިދާނެއެވެ.

comment ކޮމެންޓް

comment ދދ

1 year 2 month ago

ޔަހޫދީންގެ ވިޔަފާރި ކަމަށްވާ ކޭއެފްސީ އާއި ޕިއްޒާހަޓުގެ ހައްސާދާރުންނަކީ ޔާމީނުގެ ފެމެލީ ނުންތޯ !

comment ސިޔާ ސީ އބ

1 year 2 month ago

ތިބުނާގޮތުން ކޮންމެ ދުވަހަކުވެސް ސިޔާސީ ފޮނުއަރުވަން ޖެހޭތޯ؟ ލިއަން ކެރޭނެތަ ޱޱ ކިޔާ މީހަކު ފިލައިގެން އޮވެފަ ނިކުއްތަނުން ގެނެސް މިނިސްޓަރުކަން ދިންވާހަކަ؟

comment ނަހޫ

1 year 2 month ago

ސަން ކުރަމުން އައި ރީތި ނޫސްވެރިކަން ނަގާލީތީ ވަރަށް ދެރަވޭ. ވަރަށް ބޮޑަށް ސިތާސީވެ ސިޔާސީ ގޮތުން މާބޮޑަށް މޑޕ އަށް މަރުދޭ ނޫސްވެރިން ކޮޅެއް ކުރިއަށް ނުކުމެ މި ކުރާ މަސައްކަތަކީ މިހާރު މިއޮތް ސަރުކާރާ ޖައްސާލާ ސަރުކާރާ ރައްޔިތުންނާ ޖެހޭނެ ކަންތައް ކުރުން ކަމުގައި ވަރަށް ބެލެވޭ. މަށަށް ވުސއނޭގޮތުގައި މިކަމުން ސަންގެ އަގުވެއްޓި ކިޔުންތެރިންނާ ސަންއަށް ސަޕޯޓްދޭ މީހުން ދާނީ މަޑުމަޑުން ފަޑުވަމުން. ސަބަބަކީ ފާއިތުވި އިންތިޚާބު ތަކުގައި މުޅި އާބާދީ އެވަނީ އެވަނީ ސަރުކާރަށް ތާއީދުކޮށް ސަރުކާރަށް މީންޒަމާނެއްގައި ނުދޭފަދަ ތަރުހީވެއްދީފަ. މީގެ މާނަ ވަރަށް ސާފު. ރައްޔިތުން ނުރުހޭ ވާހަކަ ދައްކާ ފުރައްސާރަ ކޮށް ނޫސްވެރިންގެ އަމިއްލަ އެޖެންޑާ ހިންގަން ރީނދޫ ބައިގަޑަށް ވާގިދޭން ކުރާ ނޫސްވެރިކަން ބަލައެއް ނުފަންނާނެ. ކިތަންތިބީ ރައްޔިތުން އެމީހުން ފޫހިވެ ނޫހާ ދުރަށްދާގޮތަށް ލިޔާނަމަ ކިޔާ މީހުން މަދުވާނެ ނޫސްދެކެ ފޫހިވާނެ. ބިޑުފަލި މިއޮތީ މާ ބޮޑުވެފަ، ދެން

reply ޙަސަން

1 year 2 month ago

އެމްޑީޕީ އަށްސަޕޯޓުކޮށް ސަންއިންލިޔެފައިން އެއްވެސްވާހަކައެއް ލިޔުމަކުން ނުފެނޭ. މަށަށް މޮޅުތަންކޮޅަކީ މޮޔަގޮވީމަ އެކޮމެންޓުވެސް ލިޔެލާތީ.

comment ޝަހީ

1 year 2 month ago

ސަން ވެސް މިހާރު ދާން މި މަސައްކަތް ކުރާ މިސްރާބު ރަނގަޅު ކަމުގަ ބެލެވޭކަށް ނެތް. ފޮރުވިފައިވާ ހަގީގަތަކީ މިޔުންތެރިޔާފަދައިން ސަންގެ މަތިފަޑި ވަނީ ބެލެންސް ކަޓާ ނޫސްވެރިކަނާ ދުރަށް ސޮއްސާލައިފަ. މިޔުންތެރިތާ ފަދައިން ސަންގެ ސީނިއާ އެއްމެންވެސް މޑޕ ވެރިކަން އޮތުން ވޭނުންވެފައި ތިއްބާ ރައީސް ކަމަށް މުއިއްޒު ހޮވުމަކީ ހަޖަމު ކުރަން ފަސޭހަ ކަމަކަށް ނުވަނީ. މި އާޓިކަލްގެވެސް ހަގީގީ ބޭނުމަކީ ޔާމީނާވެސް ޖެހިގަނެ މުއިއްޒު އާޖައްސާ ވެރިކަން ފަނިކުރެވޭތޯ ބެލުން.

reply ޙަދަން

1 year 2 month ago

ޝަހީ އަށްފެންނަ ހިޔާލު ތިއޮތީލިޔެފާ. މަގޭހިޔާލަކީ ޝަހީ ތިހިރީ ވަކި ހިޔާލަކަށް ވިކިފަ. އޯކޭތަ.

comment ކަނީސާ

1 year 2 month ago

"އިންތިޚާބަށް ފަހު މިހާތަނަށް ޔާމީން އެއްވެސް ސިޔާސީ ހަރަކާތަކުން ފެނިފައެއް ނުވެއެވެ." ކީކޭ މިކިޔަނީ 21ގަ އިންތިޚާބް އޮތީ އެމީހުންގެ ޕާޓީގެ ޖަލްސާ 28ގަ އެޖަލްސާގެ ރިޔާސަތުގަ އިން

comment ސަރަނގޭ

1 year 2 month ago

ބޮޑާބެ އުމަރު ނަސީރު ބުނީ ހަމަ ރަނގަޅަށް ރާއްޖެ ތެރެ މީހުން ފައިންޕުޅު ބަލާލަން އައީމަ ބޮޑާބެ ފަައިވާން ދައްކާފަ ބުނި ކަމަށްވަނީ ދެން ދާށޭ ރަށަށް. މިވަރުމީހުންނާ ހެދިވެސް ބަޔަކު ހޭބަލިވޭ އެބަ

comment ވިލް

1 year 2 month ago

ކަޑަ ގޮލައެއް. ބޮޑާބެ. އަބަދު މަމޮޅުވެފަ.

comment އެމީހާ

1 year 2 month ago

މީ ކޮންފަރާތަކުން ސްޕޮންސަރ ކޮއްފައިވާ ހަބަރެއްތޯ؟ (ކޮމެންޓް ޖަހާލަ ދީފިއްޔާ ހެޔޮ ދުއާ ކުރާނަން)

comment ޔާމީން

1 year 2 month ago

ވަރަށް ޅަ އެއްޗެއް ޔާމީން އެޅީ، މި 5 އ ވެސް ތޮޅިއަށް އެދިޔައީ، ބައްސަހާގެން ހުރިނަމަ ތަންކޮޅެއް ރަނގަޅުވީސް.

comment ނަސްރުﷲ

1 year 2 month ago

ޔާމީނުގެ ކަމްބެކް ވަރަށް ވަރުގަދަވާނެކަމަށް ބެލެވޭ. ރާވަން ނަގާ ދުވަހެއް އެ ނަގަނީ. އެ މަނިކުފާނަކަށް ކެތެއް ނުވާނެ މުއިއްޒު ގެ ޓީމުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން އެދާގޮތް ބައްލަވަން ހުންނަވާކަށް. އިންތިޒާރުކޮށްލައްވާ! ޕިކްޗަރ އަބީ ބާކީ ހޭ!

reply ލާމު

1 year 2 month ago

އެމަނިކުފާނު ހިންގެވި ކޮރަޕްޝަނުގެ ޢަމަލުތަކަށް ކެތްވިތަ!

comment އަހްަމދުު

1 year 2 month ago

ރައްޓެއްސަކު ބުނީ، ޔާމީނު އެވަރަށް "ފޮނު އެރުވީ" މޑޕ އާއި އެކު ޑީލްއެއް ހަދައިގެން، މަޖްލިސް މެޖޯރިޓީ ނަގައިގެން، ރައީސް މުއިޒް އަޒުލުކުރުމަށްފަހު، ބާއްވާ އިންތިހާބުގައި ކުރިމަތިލައިގެން ރައީސް ކަމަށް އައްނަން ކަމށް. ޕްލޭން ކުރިގޮތަށް ކަންތައް ނުދިޔައީމަ މާޔޫސްވެގންނޭ މިހާރު އުޅެނީ.... ރައްޓެހިމީހާ ބުނި ވާހަކަ އެބަ ދިމާވޭހެން ހީވަނީ

reply ގަމާރު ރައްޓެހި މީހާ

1 year 2 month ago

ތީ ގަމާރު ރައްޓެހި މީހެއް ބުނި އެއްޗެ.ނޫނީ މުއިއްޒު އަށް ސަނާ ކިޔާ ބޮޓެއް