ބ. އަތޮޅުގެ ރިސޯޓަކަށް ޖައްސަން ދިޔަ ސީޕްލޭނަކަށް މިއަދު ގެއްލުންވެ، މީހުން ބާލަން ޖެހުނު ހާދިސާ ތަހުގީގު ކުރަން ފަށައިފައިވާ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)އިން ބުނެފިއެވެ.
ސީއޭއޭއިން ބުނީ ބ. އަތޮޅުގެ ސީސައިޑް ފިނޮޅު ރިސޯޓުން ވެސްޓްއިން މޯލްޑިވްސް މިރިޔަންދުއަށް ދަތުރުކުރި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ބޯޓު، މިއަދު 3:30ހާއިރު މިރިޔަންދުއަށް ޖެއްސުމުގެ ތެރޭގައި ބޯޓުގެ ކަނާތު ކަނދަށް ގެއްލުންވެފައިވާ ކަމަށެވެ.
އެ އޮތޯރިޓީން ބުނީ އެއީ ޑީއެޗްސީ ޑޭޝް 6 މަރުކާގެ ބޯޓެއް ކަމަށާއި އޭގައި 11 ފަސިންޖަރުންނާއި ތިން ކުރޫއިން ތިބި ކަމަށެވެ.
އެ ހާދިސާގައި ސީޕްލޭނަށް ގެއްލުން ލިބުނު ނަމަވެސް ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށާއި ދާގީނާއަށް ވެސް ގެއްލުން ނުވާ ކަމަށް ސީއޭއޭއިން ބުންޏެވެ.
އެ ސީޕްލޭން އެއް ފަރާތަށް އަރި އަޅައިފައި އޮންނަ މަންޒަރާއި އޭގެއިން ފަސިންޖަރުން ބާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން މީގެ ކުރިން އެމްއެންޑީއެފުން ބުނީ، އެ ސީޕްލޭންގައި ތިބި ހުރިހާ ފަސިންޖަރުން މާލެ ގެނެސްފައިވާ ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮންނަ ޓީއެމްއޭގެ 65 ބޯޓު އޮވެއެވެ.
comment ގަންބޯ
1 year 2 month ago
ޢަޅެ މަބުނީތީވެސް ތި ޕައިލެޓުން ޑުރަގު ޓެސްޓްއެއް ހަދާލަބަލަ. ނޭފަތުން މި ދަމާ އަރުވާ ޒާތުގެ އެއްޗެހި ބެލޭ ޓެސްޓްއެއް. ތަންކޮޅެއް ފަރިތަ ބޮޑުވެ މޭފުއްފާފަ ނުކުމެ ހުރި އަޅުގަނޑުތައް ވަރަށް ގިނަވެއްޖެ. ކުރީގަ ޕައިލެޓޭ ބުންޔަސް މީހުން ސިހުނަސް މިހާރު އެންމެނައްވެސް އެނގޭ ތީ ކުރަން ފަސޭހަ ކަމެއްކަން. ނޫންނަމަކާ މާލެ ތެރޭ ހަކުރުބޮމުން މަސްތުގެ ވަބާގަ ޖެހިފަތިބި މީހުން ތިކަމެއް ނުކުރެވުނިސް