ފޯ ސީޒަންސް ރިސޯޓްސްގެ އެޕްރެންޓަސްޝިޕް ޕްރޮގްރާމުން 49 ދަރިވަރުން މިއަދު ދަސްވެނިވެއްޖެއެވެ.
މި ކަމަށް ޚާއްސަކޮށް މިއަދު ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީގެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފޯ ސީޒަން ކުޑަ ހުރައާއި ފޯ ސީޒަން ލަނޑާ ގިރާވަރުގައެވެ.
ފޯ ސީޒަން ރިސޯޓުން ބުނީ، މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މި ސަރަހައްދުގައި މިގޮތަށް އެންމެ ގިނަ ދުވަސް ވަންދެން ކުރިއަށް ގެންގޮސްފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކަމަށެވެ. އެގޮތުން، 2001 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖުމުލަ 850 ދަރިވަރުން މި ކޯސް ފުރިހަމަކޮށްފައިވާ ކަމަށް ވެސް ފޯ ސީޒަނުން ބުންޏެވެ.

ފޯ ސީޒަންގެ އެޕްރެންޓަސްޝިޕުގެ ދަސްވެނިވުމުގެ ޕްރޮގްރާމުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިޝް ނާހިދު
މިއަދު 49 ދިވެހި ދަރިވަރުން މި ކޯހުން ދަސްވެެނިވިއިރު ދެން އަންނަން އޮތް ބެޗުގައި 70 ކުދިން މި ކޯސް ހަދާނެ ކަމަށް ފޯ ސީޒަނުން މައުލޫމާތުދެއެވެ.
މިއަދު މި ކޯހުން ދަރިވަރުން ދަސްވެނިވީ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
- ފުޑް އެންޑް ބެވެރޭޖް ޕްރެޕެރޭޝަން
 - ފުޑް އެންޑް ބެވެރޭޖް ސާވިސް
 - ޕަޑީ ޑައިވް މާސްޓާ
 - ވޯޓާ ސްޕޯޓްސް
 - މެރިން ބަޔޮލޮޖީ
 - ރީޓެއިލް
 - ހައުސް ކީޕިން އެންޑް ގެސްޓް ސާވިސަސް
 - ސޭފް މެރިޓައިމް ޓްރާންސްޕޯޓް
 - ފްރޮންޓް އޮފީސް އެންޑް ރިކްރިއޭޝަންސް
 - އިންޖިނިއަރިން
 

ފޯ ސީޒަންގެ އެޕްރެންޓަސްޝިޕުގެ ދަސްވެނިވުމުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިޝް ނާހިދު
މި އެޕެރެންޓިސްޝިޕް ޕްރޮގްރާމުން ދަސްވެނިވީ ދަރިވަރުން ބުނި ގޮތުގައި ކޮލެޖުގައި ހުރިހާ ކަމެއް ދަސްކުރަނީ ތިއަރީކޮށެވެ. އެހެންވެ، އަސްލު ކަންވާގޮތް ނޭނގޭކަން އެ ކުދިން ފާހަގަކުރިއެވެ.
ނަމަވެސް، ފޯ ސީޒަން އެޕޭރެންޓަސްޝިޕް ޕްރޮގްރާމުގައި އަމަލީ ގޮތުން މިކަން ކުރާ ގޮތް ފެންނަކަން އެ ކުދިން ފާހަގަކުރިއެވެ. އަދި، މި ޕްރޮގްރާމުގައި ކަމަށް ޤާބިލު ޕްރޮފެޝަނަލް ބޭފުޅުން ކައިރިން ކަންކަން ދަސްކުރުމުގެ ފުރުސަތު ލިބޭކަން ވެސް އެ ކުދިން ވަނީ ފާހަގަކޮށްފައެވެ.