ކީރިތި ޤުރުއާން ހިތުދަސްކުރި 32 ކުއްޖަކަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ދޭ ރަންތާޖު މިރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެ ކުދިންނަށް ތާޖު ހަވާލުކޮށްދެއްވީ ކީރިތި ގުރުއާން ކިޔެވުމުގެ 36ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ އޮތް ހަފްލާގެ ތެރެއިންނެވެ.
ޤުރުއާން ހިތުދަސްކޮށް ތާޖު ހާސިލްކުރި ކުދިންނަކީ:
- ޝަޢަފް ޙާމިދު އިބްރާހީމް
 - އަބާން އިބްރާހީމް
 - މިބުސާމް ސަލްމާން
 - މޫސާ ޢަޝްޙަލް އަޝްރަފް
 - ޢަބްދުﷲ ބިން ޔާމިން
 - ޢަބްދުﷲ ރަޝީދު
 - މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު
 - ރާހިން ބިން މުޙައްމަދު
 - އިޒްކާން ޢަޖީބު ޙުސައިން
 - މުޙައްމަދު ޙަނޫން ޙުސައިން
 - ޢަލީ ރަޢީފް
 - ރަސްލާން ޢަބްދުއްރައްޒާޤް ޢީސާ
 - ޙަސަން ނަޞީރު
 - އަޙްމަދު ރާއިޢު ބަޝީރު
 - އިސްމާޢީލް އިޒުޢާން އިބްރާހީމް
 - އަޛިން މުޙައްމަދު
 - އާމިނަތު އައިފާ
 - މަރްޔަމް މުޙައްމަދު ދީދީ
 - ފާޠިމަތު ދީދީ
 - ޢާއިޝަތު އާން ރަޝީދު
 - ފާޠިމަތު ޢިޝާ
 - ޖަމީލާ ޢަލި ދީދީ
 - ޙަކީމަތު މުޙައްމަދު
 - އާމިނަތު ލަޠީފާ
 - ފާޠިމަތު އަޙްމަދު
 - ސަޚިއްޔާ ޢަބްދުލްޣަނީ
 - ސަޢުދިއްޔާ މޫސާ
 - ޔުމްނާ ޢަބްދުލްޢަޒީޒު
 - ފާޠިމަތު ނަޞީރާ
 - ޝަބީނާ ޢަބްދުﷲ
 - މޫނިސާ ޢަބްދުއްރަޙީމް
 - ރައުޙާ އިސްމާޢިލް
 
މިރޭގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒުވަނީ ހާފިޒުންނަށް އުފާވެރި ޚަބަރުތަކެއް ދެއްވައިފައެެވެ.
އެގޮތުން ގުރުއާން ހިތުދަސްކުރާ މީހުންނަށް ދޭ އިނާޔަތް މިހާރު ލިބޭ މިންވަރަށްވުރެ ދެގުނަ ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން މީގެކުރިން ކީރިތި ޤުރްއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު އަދަދެއްގެ ބައެއް ކަމަށެވެ.
ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުން އަންނަކަމަށާއި މި ސަރުކާރުގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން އެ ކަމަށް ޚާއްސަ ހޭދައެއްކުރުން ކަމަށް ވިދާޅުވިއެވެ.