ދަރިވަރުންގެ ވެހިކަލްތައް ޓޯކުރާ މައްސަލައަށް ހައްލެއް ނުލިބޭތީ ކުޑޫގެ ކަންބޮޑުވުން

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހުގެ ޖަލްސާއެއްގައި ބަހުސްކުރައްވަނީ: އޭނާ ވަނީ ދަރިވަރުންގެ ވެހިކަލްތައް ޓޯކުރާ މައްސަލައަށް ހައްލެއް ނުލިބޭތީ ކަންބޮޑުވުން ފާޅުކުރައްވާފައި -- ފޮޓޯ/ މަޖިލިސް

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)އާއި ވިލާ ކޮލެޖު ކެމްޕަސް ކައިރީ ދަރިވަރުން ޕާކުކުރާ އުޅަނދުތައް، ކުލާސް ގަޑިތަކުގައި ޓޯކުރާ މައްސަލައަށް ހައްލެއް ނުލިބޭތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެދި ކުޑޫ ވަނީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ސިޓީއެއް ފޮނުއްވާފައެވެ.

އެހެންނަމަވެސް އެ ސިޓީ ފޮނުވިތާ އިއްޔެއަށް މަހެއްވީއިރުވެސް އެއަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ އޭނާ ވަނީ ކަންބޮވުން ފާޅުކުރައްވާފައެވެ. އެކަން ފާހަގަކުރައްވާ އޭނާ ވަނީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ "މާލީ ބުރަ ދަރިވަރުންގެ ބޮލުގައި ނާޅަން" ގޮވާލައްވާފައެވެ.

ސީޕީއަށް މީގެ އެއް މަސް ކުރިން ފޮނުވި ސިޓީގައި ވަނީ، ވިލާ ކޮލެޖު ހިމެނޭ ސަރަހައްދަކީ އުނގަންނައިދޭ މަރުކަޒުތައް ގިނަ ހިސާބަކަށް ވާތީ، އެ ސަރަހައްދުގައި ހިމެނޭ އެހެނިހެން ތަންތަނުގައި ދަރިވަރުން ޕާކުކުރާކަން ފާހަގަކޮށްފައެވެ. ޚާއްސަކޮށް ހުޅުމާލެއިން މާލެއަށް އަންނަ ދަރިވަރުން ޕާކުކުރާނެ އެކަށީގެންވާ ސަރަހައްދެއް ނެތުމުން ވެހިކަލްތައް ޓޯ ކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

އެ ސައިކަލުތައް ޓޯކުރުމުގެ ބަދަލުގައި ވެރިފަރާތަށް ގުޅައި، ފުލުހުން ދޭ ވަގުތުކޮޅެއްގެ ތެރޭގައި އުޅަނދު ނެގުމަށް އެންގުމުގެ ފުރުސަތު އޮންނާނެކަމަށް ގަބޫލުކުރައްވާ ކަމަށް ކުޑޫ އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް ހުޅުމާލެއިން ކިޔަވަން އަންނަ ކުދިންގެ ކިޔެވުން ރޭގަނޑު 11 ޖަހާފަހުން ނިމޭކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އޭގެ ފަހުން ޓޯކުރެވިފައިވާ ވެހިކަލެއް ދޫކުރާނޭ ނިޒާމެއް ކަނޑައެޅިފައިނުވާތީ ކިޔަވަން އަންނަ ކުދިންނަށް އިތުރު ތަކުލީފުތައް ކުރިމަތިވަމުންދާ ކަމަށެވެ.

އަދި ކިޔަވަމުންދާ ކުދިންތަކެއް އުނގެނުމަށްޓަކައި އެމީހުންގެ މަރުކަޒުތަކަށް ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ނުބައްދަލު މާލީ ބުރައެއް އުފުލަންޖެހިފައިވާކަމުގައި ވަރަށް ގިނަ ކުދިން ފާހަގަކޮށްފައިވޭ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް

އެހެންކަމުން ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުންނަށް ދިމާވަމުންދާ ދަތިތަކާ މެދު ވިސްނައި އެ ސަރަހައްދުގައި އެކަށީގެންވާ ވަރަށް ޕާކިން ސަރުކާރުން އިންތިޒާމުކޮށްދެވެންދެން ކިޔަވާކުދިން ގިނަވާ ގަޑިތަކުގައި އެއަށްވުރެ ލުއިގޮތަކަށް ޓޯކުރާ ނިޒާމު ބައްޓަންކުރުމަށް އޭނާ ވަނީ އެދިފައެވެ.

އަދި އެ ސަރަހައްދުން ޓޯކުރާ އުޅަނދުތައް ފަސޭހަކަމާއެކު އެ ކުދިންނަށް އަނބުރާ ލިބޭނެ ނިޒާމެއް ހަމަޖައްސައި ވީވަރަކުން އެ ސަރަހައްދުން ކިޔަވާކުދިން ޖޫރިމަނާ ނުކުރުމަށް ވެސް ވަނީ އެދިފައެވެ.

މި ފަހުން މާލެއާއި ހުޅުމާލޭގައި ވެސް ވަނީ ވެހިކަލްތައް ޓޯކުރަން ފަށައިފައެވެ. މާލޭގައި ޕާކިން މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، ރަޖިސްޓްރީކޮށްގެން ދުއްވާ ގާތްގަނޑަކަށް 80،000 ވެހިކަލްގެ ތެރޭގައި 4500 އަށްވުރެ ގިނަ ކާރު ހިމެނެއެވެ.

މާލެ ސަރަހައްދުގައި ނުގަވައިދުން ހުރި އުޅަނދުތައް ޓޯ ކުރުމުގެ ބަދަލުގައި ހުޅުމާލެއިން ކަނޑައަޅާ ވަކި ބިމަކަށް ބަދަލު ކުރުމުގެ ފުރުސަތު ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މި ފަހުން ވަނީ ނިންމާފައެވެ.

ހަމައެއާއެކު މާލޭގެ މުހިންމު ބައެއް ކަންމަތިތަކުގައި 'ރެޑްލައިން' ދަމަން ނިންމައިފައިވާ ކަމަށާއި، އެއަށްފަހު އެ ލައިން މަތީގައި ޕާކުކުރާ އުޅަނދުތައް ފުލުހުން ގެންދާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ މި ފަހުން ވިދާޅުވެފައެވެ.

comment ކޮމެންޓް

comment ހިތަދޫ ހުސެން

11 month 4 week ago

އެއްފަހަރު ކިޔާނެ ކުޑަ ތަނެކޭ ޒޯނަކަށް ޖަހާލާފަ ހިނގާފަ އައިސް ވީމަ ނިމުނީނޫންހޭ، ދެން މިހާރު އަނެއްކާ ރާގު ބަދަލު ވި ޒޯން ސްކޫލް ކުރިމަތީ ނެތީމަ އަމިއްލަޔަށް ޒޯނަކަށް ހަދަންވީ؟ ކަމަކު ނުދޭ ތިހެނެއް، ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ނޫން އޮންނަން ޖެހެނީ، އެކަމަށް އެދި ހުއްދަ ލިބިއްޖިއްޔާ ޒޯން ކުރަހައިގެން ޕާކް ކުރުން ރަނގަޅު

comment ޖަނމީ

11 month 4 week ago

ކިޔަވާ ކުދިންނެއްކަމަކު ޕާކިންގެ ޤަވާއިދާ ޚިލާފުވެގެން ނުވާނެ. ޤަވާއިދު ހަދާފައި ހުންނަނީ ޢާންމުގޮތެއްގައި އެންމެންގެ ރައްކަލަކަށް އަދި ގިނަމީހުންނަށް ފަސޭހަވާނެހެން. ކިޔަވާކުދިންވެސް ކިލާހަށް ވަންނަނީ ގަޑިޖެހިގެން. ގެއިން ނައްޓާލާނީ ފަސްމިނިޓަށްވީމަ. ދެން ކޮލެޖަށްއައިސްފަ އަވަސްއަވަހަށް ހިތަށް އެރިގޮތަކަށް ހިތަށް އެރިތަނެއްގައި ޕާކުކުރާނީ.

comment ސސ

11 month 4 week ago

ޕާކިން މައްސަލަ ހައްލު ކުރަން ޓޯކުރަނީ، !

comment ބަލްގިސްރާޖާ

11 month 4 week ago

ނޫސް ވިދާޅުވާ ބޭފުޅުން ކުޑޫއަށް ރަނގަޅު ފިލާވަޅެއް ދީފައިވާތަން ކޮމެންޓްތަކުން އެބަފެނޭ. ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ މަޖިލިސް. މި މަޖިލިސްގެ މެމްބަރުން ގާނޫނު މުގުރާ ބަޔަކަށް ވެގެން ނުވާނެ. އަދި ގާނޫނު މުގުރާ ބަޔަކަށް ހިތްވަރުދޭ ބަޔަކަށްވެސް ވެގެން ނުވާނެ. އެހެންވީމަ އަބަދުވެސް މިބުނަނީ ކަންކަމަށް އެކަށީގެންވާ ޤާބިލު މީހުން ހޮވާށޭ. މަޖިލީހުގައި އަނގައެއް ތަޅާލާއިރު ވިސްނާލަންވާނެ ކޮންކަހަލަ ވާހަކައެއްތޯ މި ދެއްކެނީ. މައްސަލަތައް ރަނގަޅަށް ދިރާސާކޮށްލައިގެން ލެސަން ޕްލޭން ހަދާލައިގެން ހަމަޖެހޭ އޮއްޓަރުހުރި ވާހަކަ ދައްކަންވާނީ.

comment ކުޑޫބެ

11 month 4 week ago

ކުޑޫއައް ރަނގަޅުވާނީ މިހާރު ނުގަވައިދުން އުޅޭ މީހުން ކުރިން އެމްޑީޕީ ވެރިކަމުގަ ޓޯކޮއް ސްޓިކާ ޖެހިޔަސް އޯކޭ

comment ދޮން ބަބުރު ސޮރު

11 month 4 week ago

މިކަހަލަ ބޯ ގަޅީންގެ ސަބަބުން މިގައޮމުގެ ޒުވާން އާބާދީގެ ބޮޑު ބަޔަށް ގާނޫނަށް ބޯ ލަނބަން ނެއެނގި އަދި އަޚޮލާގެއް ސުލޫކެއް ނެތި މި އުޅެނީ، ހީ ވަނީ މިކަލޭގެއަށް ދަރިއަކު ބުލީ ކުރިހެން.

comment އަމާ

11 month 45 minutes ago

ސިއްޙަތަށްވެސް ފައިދާވާނީ ކިޔަވަން ހިނގާފަ އައީމަ، ޕޮލިސް ޝުޖާއަށް ދަންނަވަން މި ހިސާބު ވެހިކަލް ޕާރކްނުކުރާ ހިސާބަކަށް ބަދަލުކޮށްދޭން

reply ނޭމަރ

11 month 4 week ago

ތާއީދު

comment احمد

11 month 1 hour ago

ހުރިހާމީހުންވެސް ޕަާކުކުރަންވާނީ ގަވާއިދުން މަޖިލީހުން ނިންމާކިޔަވާކުދިން ބޭނުންތާކުޕާކުކުރެވޭނެކަމައް

comment ލާމު

11 month 3 hour ago

ޕާކުކުރާނެ ޖާގަނެތިއްޔާ ސައިކަލުގައި ނާންނާނީ. ހުޅުމާލެއިން ބަހުގައި އެބައާދެވޭ ވިލާ ކޮލެޖުގެ ބުޑަށް. ނުބައިތަނެއްގައި ޕާކުކުރާނީ ޓޯކުރިޔަސް އެންމެ ރަނގަޅުކަމަށް ބަލައިގެން. ކޮންމެހެން މެޑަލް ޖަހަން އުޅޭނެކަމެއްނެތް.

comment މިހާލު

11 month 3 hour ago

ޕާރކުކުރެވޭނެތަންތަން ހަދާބަލަ ޔުނިވަސިޓީތެރޭގަ އޭރުން ކަންބޮޑުވެލައްވާކައް ނުޖެހޭނެ

comment އާޒިމް

11 month 4 hour ago

ކުޑޫ ޤާނޫނުގައި ތިހެން ލިޔެފަ އޮންނަނަމަ، ކިޔަވާ ކުދިންވާނެ ނަމޫނާ ދައްކަން

comment ނޫހު

11 month 4 hour ago

ގާނޫނު ތަންފީޒު ކުރުމަށް ހުރަސްއެޅުމަކީ މެމްބަރުން ހުވަޔާ ޚިލާފުވުން. ބޭނުން ތަނެއްގަ ޕާކު ކުރެވޭގޮތަށް ގާނޫނު ފާސްކުރަންވީނު.

reply އައިމަން

11 month 4 week ago

މިކަހަލަ ބޯ ހުންނަ މީހުން ހޮވި ރައްޔިތުންނަށްވެސް ހުތުރެއްނުން. ކޮލެޖަށްދަނީ މި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވަޢިދުތަކަށް އަމަލުކުރަން ނުޖެހޭ މާ މަތީބައެއްތޯ؟ ޏޯ ވަން އެބައު ދަ ލޯ...