އޮރިޖިނަލްގެ ނަމުގައި ވިއްކާ ސެންޓުފުޅި ގަނެގެން ގޮސް ބޭނުންކުރަން ފަށާ ހިސާބުން އެއީ އަދި އަސްލުނޫންކަން އެނގުމުން ދެރަވެ ރުޅިއަންނަގޮތް ދިމާވެއެވެ. އެ ފިހާރައިން ނުވަތަ އެމީހާ އަތުން ދެން ދުވަހަކުވެސް ސެންޓު ނުގަންނާނެކަމަށް ހިތާހިތުން ބުނެލެވޭނެއެވެ. ނަމަވެސް ސެންޓުފުޅިއެއް ގަތުމުގެ ކުރިން އެއީ އޮރިޖިނަލްތޯ ޔަގީންކޮށްލެވޭނަމަ މިހާލަތަށް ދާކަށް ނުޖެހޭނެއެވެ. އެހެންކަމުން ތިބާ ގަންނަ ސެންޓަކީ އޮރިޖިނަލްކަން ނުވަތަ ނޫންކަން ދެނެގަނެވޭނެ ފަސޭހަ ގޮތްތަކެއް ކިޔައިދޭނަމެވެ.
ޕެކޭޖިން
ޖެނުއިން ޕާފިއުމެއްނަމަ އެ ބަންދުކޮށްފައިވާ ގޮތް ނުވަތަ ޕެކޭޖިންގެ ފެންވަރު ވަރަށް ރަނގަޅުވާނެއެވެ. ކޮލިޓީ ރަނގަޅު މެޓީރިއަލް ބޭނުންކޮށްގެން ފޮށި ތައްޔާރުކޮށްފައި ހުރުމުން ބަލައިލަން ރީތިވެފައި އަޅައިގަންނަކަހަލަ ގޮތެއް ހުންނާނެއެވެ. ފޮށީގެ ބޭރުގައި ލާފައި ހުންނަ ސެލޯފޭން ހުންނާނީ ވަރަށް ބާރުކޮށެވެ. އަދި ފޮށި ހަދާފައި ހުންނާނީ ހަރު، ވަރުގަދަ ކާޑުބޯޑުންނެވެ. ސެލޯފޭން ދޫކޮށް ސޮހިފައި ހުރުމާއި ފޮށި ހަދާފައިވާ ކަރުދާހުގެ ފެންވަރު ދަށްކަމަށް ފާހަގަވާނަމަ އެއީ އޮރިޖިނަލް ސެންޓުނޫންކަމަށް ބެލިދާނެއެވެ. ފޮށީގައި ހުރި ޕްރިންޓަށް ބަލާށެވެ. އޮރިޖިނަލް ޕެކޭޖިންގައި ހައި ރިޒޮލިއުޝަން ޕްރިންޓާއި ސާފު ފޮންޓުތަކާއި ލޯގޯތައް ހުންނާނެ އެވެ. މިއާ ތަފާތުނަމަ އެއީ ފޭކް އެއްޗެއްކަމުގެ ނިޝާންތަކެކެވެ.

ސެންޓުފުޅި ލާފައިވާ ފޮށިންވެސް އޮރިޖިނަލާއި ފޭކު ދެނެގަނެވޭނެ -- ފޮޓޯ / ޑިނޯ.ޔޫކޭ
ފުޅީގެ ކޮލިޓީ
ޖެނުއިން ސެންޓެއްނަމަ އެ ބަންދުކޮށްފައި ހުންނަ "ފުޅި" ވާނީ އޭގެ ޒާތުގައިވެސް ޝައުގުވެރި ގޮތެއް ހުންނަ ރީތި މަސައްކަތަކަށެވެ. ފެންވަރު ރަނގަޅު ބިއްލޫރިން ތައްޔާރުކޮށްފައި ހުރުމުން ފުޅި ބަރުކަން އިހުސާސްކުރެވޭނެއެވެ. ފުޅި ލުއިވުން ނުވަތަ ބިއްލޫރި މާ ތުނިކަމަށް ފާހަގަވާނަމަ އެއީ އޮރިޖިނަލް ސެންޓުނޫންކަމަށް ބެލިދާނެއެވެ.

އޮރިޖިނަލް ސެންޓުގެ ފުޅި ރަނގަޅަށް ދެނެގަނެވިފައިވާނަމަ އޭގެ ފޭކު ފުޅިއެއް ފެނުމުން އެއީ އަސްލުނޫންކަން ދެނެގަނެވޭނެ -- ފޮޓޯ / ޑިނޯ.ޔޫކޭ
އޮރިޖިނަލް ސެންޓުފުޅީގެ ސްޕްރޭޔަރު ވަރަށް ރަނގަޅަށް ހޮޅިއަށް ފިޓުވެފައި ފިތައިލަން ފަސޭހަވާނެއެވެ. އަދި ސްޕްރޭ ކުރެވޭގޮތް އޮމާންވެފައި، އެކި ދިމަދިމާލަށް ބުރައިގެން ނުގޮސް އެއްވަރަކަށް ސެންޓު ނިކުންނަކަން ފާހަގަވާނެއެވެ.

ސެންޓުފުޅީގެ ސްޕްރޭޔަރ -- ފޮޓޯ / ޑިނޯ.ޔޫކޭ
އެންގްރޭވްކުރުމާއި ލޭބަލްތައް
އޮރިޖިނަލް ސެންޓުފުޅީގައި ހުންނަ ލޭބަލްތައް ހުންނާނީ ވައިބޮކި އެރުންފަދަ ކަމެއްނެތި ވަރަށް އޮމާންކޮށް އަދި ބާރުކޮށް ތަތްކުރެވިފައެވެ. އަދި އޭގައިވާ ލިޔުންތައް ސާފުވާނެއެވެ. ބައެއް ލަކްޝަރީ ބްރޭންޑްތަކުގެ ސެންޓުފުޅީގައި އެމީހުންގެ ލޯގޯ ނުވަތަ ނަން ކަނޑައިނަގާފައި ހުރެއެވެ. އޮރިޖިނަލް ސެންޓުފުޅިއެއްނަމަ މި އެންގްރޭވްކުރުންތައް ހުންނާނީ ވަރަށް އޮމާންކޮށް މިންހަމަކޮށެވެ. ދިމަދިމާލުން އަޅައިގަތުމާއި ރާޅުކަން ފާހަގައެއްނުވާނެއެވެ. މިކަންކަން މިއާ ތަފާތުނަމަ އެއީ ފޭކެއްކަމަށް ބެލެވިދާނެއެވެ.

އާއްމުކޮށް އޮރިޖިނަލް ސެންޓު ބޭނުންކުރާ ފަރާތްތަކަށް ފޭކު ސެންޓު ފާހަގަކުރަން ފަސޭހަވާނެ -- ފޮޓޯ / ޑިނޯ.ޔޫކޭ
ސެންޓުގެ ވަހާއި ދެމިހުންނަ މުއްދަތު
އޮރިޖިނަލް ސެންޓެއްނަމަ ގިނައިރުވާ ވަރަކަށް އޭގެ ވަސް ނުބައިވުމެއްނެތި ނިއުޅެމުންދާނެއެވެ. މި ބަދަލުވުމުގައި ހިމެނެނީ ޓޮޕް، މިޑްލް އަދި ބޭސް ނޯޓެވެ. ޓޮޕް ނޯޓުގެ ވަސް ވަރުގަދަވެފައި ފާޅުކަން ބޮޑުވާނެވެ. މި ނޯޓު މާގިނައިރަކު ނުހުންނާނެއެވެ. އޮރިޖިނަލް ސެންޓު ޖެހުމަށްފަހު ގިނައިރުވާވަރަކަށް މިޑްލް އަދި ބޭސް ނޯޓުގެ ވަސް ފާޅުވަމުންދާނެއެވެ. ފޭކު ސެންޓުގައި އާއްމުކޮށް ހުންނާނީ ޓޮޕް ނޯޓު އެކަންޏެވެ.
ފޭކު ސެންޓު އުފައްދާ ފަރާތްތަކަށް އޮރިޖިނަލާ އެއްގޮތްކުރަން އެންމެ އުނދަގޫ އެއްޗަކީ މި ނޯޓުތަކެވެ. އެހެންކަމުން، ސެންޓު ޖެހުމަށްފަހު ވަސް ބަދަލުވެގެންދާ ގޮތް ބަލައިލުމަށް އިރުކޮޅެއް ވަންދެން މަޑުކޮށްލުން ރަނގަޅެވެ. ޝޮޕިން މޯލްތަކުގައި މީހުން އަތަށް ނުވަތަ ކަރުދާސްކޮޅަކަށް ސެންޓު ޖެހުމަށްފަހު ފިހާރައިން އެހެން އެއްޗެއް ބަލައިލުމަށް ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އަނެއްކާވެސް އެ ސެންޓުގެ ވަސް ޗެކުކޮށްލަނީ މިހެންވެގެންނެވެ.
އޮރިޖިނަލް ސެންޓެއްތޯ ބެލުމަށްޓަކައި ސެންޓު ޖަހައިލުން އެންމެ ރަނގަޅީ ހަންގަނޑަށެވެ. އޮރިޖިނަލްނަމަ ހަންގަނޑުގައި ގިނައިރު ވަސް ހުންނާނެއެވެ. އޮރިޖިނަލް ސެންޓުފުޅިއެއް ކަނޑައިލުމަށްފަހު ގާތްގަނޑަކަށް 18 މަސްދުވަހު އޭގެ ވަސް ފުޅީގައި ހުންނައިރު، ފޭކު ސެންޓުފުޅިއެއްގައި ވަސް ދެމިހުންނާނީ ދެތިންމަސް ވަންދެންނެވެ.
އޮރިޖިނަލް ސެންޓެއް ޖަހައިފިނަމަ އޭގެ ވަސް އެތަނެއްގައި ގިނައިރު ދެމިހުންނާނެއެވެ. އެގޮތުން، ސެންޓު ޖަހައިގެންދާ މީހާގެ ފަހަތުން އޭނާ ބޭނުންކުރި ސެންޓުގެ މީރުވަސްގަނޑު ދުވުމަކީ މީގެ މިސާލެކެވެ.

އޮރިޖިނަލް ސެންޓެއްނަމަ ތިން ނޯޓެއްގެ ވަސް ފާޅުވާނެ -- ފޮޓޯ / ފްރެގްރާންސްއެކްސް.ކޮމް
ސެންޓުފުޅި ލާފައިވާ ފޮށީގައިވާ ލިޔުންތަކުގައި އިމްލާ ކުށް ހުރުމާއި ބަހުގެ ގަވާއިދާ ފުށުއަރާގޮތަށް ލިޔުންތައް ހުރުމާއި، ލިޔުމުގެ ލޭއައުޓް ހުތުރުކޮށް ހުރުމަކީވެސް ފޭކު ސެންޓުކަމަށް ބެލެވިދާނެ އަލާމާތްތަކެވެ. ސެންޓުފުޅީގެ އަގަކީ އޮރިޖިނަލް އާއި ފޭކު ދެނެގަތުމުގައި އެހައި ބޮޑަށް ބަރޯސާ ވެވޭ އެއްޗަކަށްނުވިޔަސް، ބްރޭންޑަޑް ސެންޓެއް މާ އަގުހެޔޮކޮށް ލިބެން ހުރުމަކީ އެއާމެދުގައި ވިސްނައިލަން ޖެހިދާނެ ކަމެކެވެ. ސެންޓު ފުޅިއެއް ގަތުމުގެކުރިން، ބޭނުންވާ ބްރޭންޑްގެ ސެންޓު މާކެޓުގައި ލިބެން ހުރި އާއްމު އަގުތައް ބަލައިލުން ރަނގަޅެވެ. އަދި އޮރިޖިނަލް ބޭނުންނަމަ ސެންޓު ގަންނަން އެންމެ ރަނގަޅީ އޮތޮރައިޒްޑް ރީޓެއިލް ފިހާރައަކުން ނުވަތަ ބްރޭންޑްގެ ރަސްމީ ވެބްސައިޓުންނެވެ.
comment ސެންޓޭ
9 month 3 week ago
ވަސްބަލަން ހުންނަ ފުޅި އެއްވެސް ފިހާރައަކުން ނުވިއްކާނެ ޕެކުކޮއްފަ ހުންނަނީ އަސްލާއި އެއްގޮތަށް ވަސްބަލަންއެހުންނަނީ އޮރިޖިނަލް ގަނެގެން ދިޔާމަ ފޮށިކެޑީމަ ފޭކު އެއްޗެއްކަން މިއިގެނީ. ކަޑާފިއްޔާ އެބަދަލެއް ނުކޮއްދޭ.
reply އަފީފާ
9 month 2 week ago
ކޮންމެ ކަމެއްގައި މަކަރާއި ހީލަތް ހެދުމުގެ ސަގާފަތެއް އޮންނަ ތަނެއްގައި ތިކަހަލަ ކަންތައް ވެސް ކުރާނެ.
comment އަންތަރީސް
9 month 3 week ago
ސެންޓޭމެންކަހަލަ މީހުން މިތިބެނީ ދުނިޔެއިން މޮޔަވެފަބާއޭ ހިތަށް އަރަނީ؟؟މުހިއްމު މައުލޫމާތުކޮޅެއް ލިޔުނީމަވެސް އެ ލިޔުނު މީހަކާ ޖައްސާލައި ފުރައްސާރަ މިކުރަނީ އަޅެ ކޮންކަހަލަ ވިސްނުމެއްގެ އަހުލުވެރިންނެއްބާ؟ އެފާޑު މީހުންނަށް ރަގަޅު އެއްކަމެއްވެސް ނޯންނަނީއޭ.
comment ކަނީސާ
9 month 3 week ago
މިހާރަކު ފޮށި ބަލާފަ އެއީ ފޭކް ކަމެއް ނޭނގޭނެ ޢެަށްްވުރެ ކޮލިޓީކޮށް ތައްޔާރު ކޮށްފަ ހުންނަނީ ހަމައެކަނި ވަހުން ފާހަގަ ކުރެވެނީ ފޭކް ކަން. ދެން ބައެއްފަހަރު އަގުންވެސް ފާހަގަ ކުރެވޭ ދާދިފަހުން ފޭސްބުކްގަ އިސްތިހާރު ކޮށްފަ ހުރި ޕްލެޝަރ އިންޓެންސް 50އެމް އެލް އަގު /-600 އޮރިޖިނަލް ނަމަ މިއަގަކަށް ނުލިބޭނެ ކަން ޔަގީން .ފޮށި ހަމަ އޮރިޖިނަލް އަކާ ތަފާތެއް ނެތް.
comment ސެންޓޭ
9 month 3 week ago
ކަލެއަށް މާ ރަނގަޅަށް ސެންޓު ތި އެނގެނީ..
reply ގަންބޯ
9 month 3 week ago
ކޯލާޓަރު ޖަހައިގެން ބޮޑުވި މީހުން ވީމަ ވާނެ އެހެން. ދެން 10ރުފިޔާއައްދޭ އަތަރު ޖަހައިގެން ހަފްލާތަކައްދަނީ. އެންމެފަހުގެ އައިފޯން އަތުގަ އޮންނަނީ އެންމެފަހުގެ ސައިކަލާ ޓީސާޓުގަ 1ފޫޓު ފޮންޓުން ގުޗީ ޖަހާފަ ހުދު ބޫޓަކައް އެރުނީމަ ހުރިހާ ކަމެއް ހަމަވީ. ކައިރިވީމަ ގައިންދުވަނީ ފެހިކޯލާޓަރުވަސް 🤣. ޙެއްވާ ކަމަކީ މިކަހަލަ މީހުން އެހެންމީހުނައް ބުރޭންޑުތައް ކިޔާދޭތީ ނިދަން އޮންނަނީ ކުނިވެފައޮތް ގޮދަޑިއެއްގަ. ކަންދެއްކުމާއި ދެއްކުންތެރިކަމާއި ނުފޯރާ ފޮތިން ފޫގަޅާ މީހުން ގިނައީ މިހާރު
reply ފޭކުސްތާނު
9 month 3 week ago
ފޭކް ވިއްކާ މީހެއްދޯ؟
reply ވާއު
9 month 3 week ago
މީހަކު ބުނި ސެންޓޭ ގައިން ދުވަނީ ބަބުރު ވަހޭ. ނިކަން އެބުނާ ކަހަލަ އޮރި ސެންޓެއް ގަނެގެން ޓުރައިކޮށްލަބަލަ ވަސްފިލުވާލަން