އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީގެ ސެކިއުރިޓީ ވަރުގަދަކޮށް ސަލާމަތީ ގޮތުން އިތުރު ފިޔަވަޅުތައް އަޅައި ރައްކާތެރި ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ތެހެރާންގެ ދެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ބުނެފިއެވެ.
އޮފިޝަލުން ބުނީ އީރާނުން ދެން އަޅަންޖެހޭ ފިޔަވަޅުތައް ނިންމުމަށް ހިޒްބުالله އާއި ސަރަހައްދީ އެހެން ގްރޫޕްތަކާ މެދު މެދުކެނޑުމެއްނެތި މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
ޚާމަނާއީގެ ސެކިއުރިޓީ ވަރުގަދަކޮށް ހިޒްބުﷲއާއެކު މަޝްވަރާތައް ކުރަނީ، އިއްޔެގެ ވަގުތެއްގައި އިސްރާއީލުން ލުބުނާނަށް ދިން ހަމަލާއެއްގައި ހިޒްބުﷲގެ އެންމެ އިސް ވެރިޔާ ޙަސަން ނަޞްރުﷲ އަވަހާރަކޮށްލުމާގުޅިގެންނެވެ.
ހިޒްބުﷲއާ ގާތް މީހަކާ ހަވާލާދީ އަލް އަހްރަމް ނޫހުން ބުނީ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން ނަޞްރުاللهއާ ގުޅުން ކެނޑިފައިވާ ކަމަށެވެ.
އިސްރާއީލުން އަވަހާރަކޮށްލަފާނެ ކަމުގެ ބިރު އޮތުމުން އާންމު ތަންތަނުން ނުފެންނަތާ އަހަރުތަކެއް ވެފައިވާ ނަޞްރުالله އަކީ މެދުއިރުމަތީގެ އެންމެ މަޝްހޫރު އަދި އެންމެ ނުފޫޒުގަދަ އެއް ޝަހުސިއްޔަތެވެ.
ނަޞްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން ލުބުނާނުން އިސްރާއީލަށް ދެން ދޭނީ ކިހާވަރެއްގެ ރައްދެއްކަން ސާފު ނުވާ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ނަޞްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން ޚާމަނާއީ ވަނީ ދުނިޔޭގެ މުސްލިމުން އެއްބައިވަންތަވެ ލުބުނާނުގެ ރައްޔިތުންނާއި ހިޒްބުاللهގެ ފަހަތުގައި ތިބުމަށް ގޮވާލައްވާފައެވެ.
އިސްރާއީލުން ނަޞްރުالله މަރާލި ކަމަށް ބުނުމާ ގުޅިގެން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ޚާމަނާއީ ވަނީ އިސްރާއީލުގެ ސިޔާސަތަކީ ވަރަށް ހަނި ވިސްނުމެއް ގެންގުޅޭ ސިޔާސަތެއް ކަމަށް ސިފަކުރައްވައި، ލުބުނާނަށް ދިން ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފައެވެ.
comment ޖުހާ.
7 month 1 week ago
ކިހިނެތް މުސްލިމުން އެއްބައިވާނީ. ސައުދީ ސަލަފީންގެ ހުތުރު ދޫތަކުން އެދަނީ ސުންނީނާއި ޝީޢީންނާ އަދި ސޫފީން ކާފަރުކޮށް މަރަން ގޮވަމުން. އެމީހުން ދެކޭގޮތުގައި މުސްލިމުންނަށްވުރެ ޔަހޫދީން ވެސް މާރަނގަޅު. ފުރަތަމަ ކުރަންވީ ކަމަކީ މައްކާ އާއި މަދީނާއިން އާލުސޫދުން ފައްސާލަންވީ. އެއަށްފަހު ސަލަފީ މުނާފިގު ދޫތައް ތަޅުއަޅުވަންވީ. ސުންނީ އަޝްޢަރީން ކުރިއަށްނެރެ ސަލަފީން ބަލިކުރަންވީ.
comment އަހްމަދު
7 month 1 week ago
އިރުއިރުކޮޅާ ބުނާނެ ރަތް ރޮނގު ހުރަސްކޮށްފިއޭ... ހަރާންފަދަ ކުރެވޭ ކަމެއް... މޮޅުވާހަކަދައްކަނީ - ނުކެރޭނެ އެއްކަމެއްވެސް ކުރާކަށް.
comment އިޡް
7 month 1 week ago
މަޝްވަރާކޮއްކޮއް ތިއްބާ ފަހަރަކު ގައުމެއް ސުންނާފަތި އެ ކޮއްލަނީ. ކޮން މަޝްވަރާއެއް.. އިޒުރޭލުގެ ދެ ތިން އަވަށް ބިމާ ހަމަ ކޮއްލާއިރަށް އެމީހުން ދުވެ ފިލާނެ. ޔަހޫދީންނަށްވުރެ މިއަދު އިސްލާމީ ގައުމުތަށް ފިނޑިކަމަށް ފާހަނގަކުރެވޭ.
reply ދޮން ބަބުރު ސޮރު
7 month 1 week ago
"އިސްލާމީ" މީ މިއަދު ހަމަ އެކަނި ނަމެއް، ޢަރަބީންނަކީ ޔަހޫދީން އެދޭ ގޮތެއް ހަދާގެން ތިބި އެއްވެސް އުރައްޕެއް ޝަރަފެއް ނެތް ހުޅަނގުގެ ވިސްނުން ފަތުރާ، ނުވަތަ ގުރުއާނުގެ ޖިހާދުގެ އާޔަތްތައް ސެންސަރު ކުރާ ނުބާ ބައެއް، ދެން ކިހިނެއްވާނީ.!