ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި އައިމިނަތު ހުސައިން ޝަރީފްއާއި އެ މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އާމިނަތު ނަމްޒާ އެހެން މިނިސްޓްރީއަކަށް ބަދަލުކޮށްފިއެވެ.
މި ފަދަ ބަދަލެއް ގެނެސްފައި މި ވަނީ ޖެންޑާ މިނިސްޓްރީގެ ތެރޭގައި ނުތަނަވަސްކަމެއް އުޅޭ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުން ދަނިކޮށެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ، ސްޓޭޓް މިނިސްޓަރު އާމިނަތު ޝަރީފްއާއި ޑެޕިއުޓީ މިނިސްޓަރު ނަމްޒާ އެހެން މިނިސްޓްރީއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމަކު، އެ ބަދަލު ގެނައި ސީދާ ސަބަބެއް ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ނަމްޒާ ވިދާޅުވި ގޮތުގައި އެނާ ބަދަލުކޮށްފައިވަނީ ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީއަށެވެ.
މި ބަދަލު ގެނެސްފައިވާއިރު ޖެންޑާ މިނިސްޓްރީގެ ކ. ގުރައިދޫގައި ހުންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަރުކަޒު ވެސް ބަލަހައްޓާ އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރު އާއިޝަތު ޝޫޒާ ވަނީ އޭނާއާ މެދު ތަފާތުކުރުން ގެންގުޅެ، ވަޒީފާއިން ވަކިވާން މަޖުބޫރުކުރި ކަމަށް ތުހުމަތުކުރައްވައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފްއަކީ ރައްޔިތުންގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ދަރިކަނބަލުންނެވެ.
ސަރުކާރުގެ ބައެއް މަގާމުތަކަށް މި ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ބަދަލު ގެންނަވާފައެވެ.
އެގޮތުން، ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި ޑރ. މުހައްމަދު ޝަފީގު އިސްތިއުފާ ދެއްވުމާ އެކު، އެ މަގާމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު އައްޔަންކޮށް، ފޮރިން މިނިސްޓަރުކަމަށް ހެލްތު މިނިސްޓަރުކަމުގައި ހުންނެވި އަބްދުﷲ ޚަލީލް އައްޔަންކޮށްފައިވެއެވެ. ހެލްތު މިނިސްޓަރަކަށް އައްޔަންކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.
comment ހަލާސް
9 month 2 week ago
އެއްވެސް ޝައްކެއްނެތި މިބުނަނީ، މިފަދަ މީހުން މިއީ ހަމަ ލައިބިލިޓީސް. އެެއްތަނެއްގަ ތެދުވެރިކަމާއިއެކު ފަނަރަ ވިހި އަހަރު މަސައްކަތްކުރާ ސިވިލް މީހާއަށްވުރެ، ސަރުކާރަށް ބަލަދުއަރާ ފަސްއަހަރުގެ މިފަދަ ގިނަ ބްރޭންޑްތަކުގެ ފަރާތުން، ރައްޔިތުންނަށް ވާނީ ގެއްލުން. ނަމަވެސް މިފަދަ ބްރޭންޑަތަކާއި ނެޕޮޓިޒަމް ގަހުގެ ހިޔަލުގައި ބޮޑެތިވި މަދު ދަރިންކޮޅެއްގެ ފަރާތުން ފައިދާކޮށްފާނެ. މިސާލަކަށް ރ މުއިއްޒުގެ އެންމެ ބޮޑު އެެއް ފެއިލިއާއަކީ ސަރުކާރުން ރިޓަޔާކުރީމާ، އެމީހާވެސް އެބަގެނޭ ބޮޑު މުސާރައެއްދީފަ. މާނައަކީ ދެމަންފާ ލިބުން، އޭރުން ހަމަ ފައިދާ އެވަނީ އެއް ބަޔަކަށް. މިސާލު: އިބްރާހިމް އިސްމާއިލް ޖެންޑަރ މިނިސްޓްރީ، ހާމިދު ޝަފީއު ރ އޮފީސް، އަބްދުއްރަހީމް ޓާކީ އެމްބަސީ، ސައުދީ އެމްޓީސީސީ، ޒުހައިރު ރޯޑް ކޯޕަރޭޝަން، އަބްދުއްލާ ގައުމިއްޔަތު މިނިސްޓްރީ، ހަބީބް ހިއުމަން ރައިޓްސް، ލަތީފް ރ އޮފީސް. މިނޫންސް ބައިވަރު އެބައޮތް ލިސްޓްގަ… ދެން މިސަރުކާރަށް ވޯޓް ނުދޭނަން.
comment އަހައްމަދޫ
9 month 2 week ago
މީ ބަލަދު އަރާފަ ތިބޭ ގޮރޫޕެއްތަ. ހަމަކޮންމެހެންވެސް ގެންގުޅެންޖެހޭދޯ
comment ޙަސަނު
9 month 2 week ago
އަލޭ ނަޒްމާ މެން ބަލާދޫ ޢަޜަނީތަ