Dhiraagu
Dhiraagu

ނުލިބޭ ޑޮލަރު މާރުކުރަން ޖެހޭތީ ޗަންޕާ ސެންޓްރަލް ހޮޓެލް ބަންދުކޮށްފި

ކުރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން މާލޭގައި ހިންގާ ޗަންޕާ ސެންޓްރަލް ހޮޓެލް--

ބޭރުފައިސާއާ ބެހޭ ގަވާއިދުގެ ސަބަބުން ނުލިބޭ ޑޮލަރު މާރު ކުރަން ޖެހޭތީ، ކުރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން މާލޭގައި ހިންގާ ޗަންޕާ ސެންޓްރަލް ހޮޓެލް މިއަދު ބަންދުކޮށްފިއެވެ.

Ooredoo

"ސަން" އަށް އެނގިފައިވާ ގޮތުގައި މިއަދު އެ ހޮޓާ ބަންދު ކުރީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މި ފަހުން އާއްމު ކުރި ގަވާއިދުގެ ސަބަބުން އެ ހޮޓަލަށް ނުލިބޭ އާމްދަނީއެއް ޑޮލަރުގެ ގޮތުގައި މާރު ކުރަން ޖެހޭތީއެވެ.

ގަވާއިދުގައި ވާގޮތުން، ކެޓަގަރީ "އޭ"ގައި ހިމެނޭ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ވާނެއެވެ. "އޭ" ކެޓަގަރީގައި ހިމެނެނީ ގްރީން ޓެކްސް ދައްކަންޖެހޭ ޓޫރިސްޓުން އަންނަ ތަންތަނުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ޓޫރިސްޓު ރިޒޯޓުތަކާއި ރިޒޯޓު ހޮޓާތަކެވެ.

އެހެންކަމުން ޗަމްޕާ ސެންޓްރަލް ހޮޓާ ފެތެނީ 500 ޑޮލަރު މާރުކުރަން ޖެހޭ ކެޓަގަރީއަށެވެ.

ސެންޓްރަލް ހޮޓަލަކީ އާއްމުކޮށް އެއް ރެއަށް މަޑުކުރާ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ހިންގާ ޓްރާންސިޓް ހޮޓަލެކެވެ. އެ ތަނުގެ ރޫމެއް ރެއަކަށް ވިއްކަނީ 50 ޑޮލަރާއި 60 ޑޮލަރާ ދޭތެރޭ އަގެއްގައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިހާރު އެ ހޮޓަލުން ފަތުރުވެރިންނަށް ހިދުމަތްދޭ މިންވަރަށް ބަލާއިރު އާ ގަވާއިދުގެ ދަށުން މަހެއްގެ މައްޗަށް ދެ ލައްކައެއްހާ ޑޮލަރު މާރު ކުރަން ޖެހެއެވެ. އެއީ ނުލިބޭ އާމްދަނީއިން ކުރަން ޖެހޭ އަދަދެކެވެ.

މެދުނުކެނޑި ހިންގާތާ 10 ވަރަކަށް އަހަރު ވެފައިވާ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ޖުމުލަ 80 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރާއިރު އޭގެ ތެރެއިން 50 މީހުންނަކީ ދިވެހީންނެވެ.

ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ރަޖިސްޓްރީވާން ހުޅުވާލުމުން ރާއްޖޭގައި ހިންގާ 174 ރިސޯޓްގެ ތެރެއިން 173 ރިސޯޓުން ވަނީ ރަޖިސްޓާ ވެފައެވެ.

ނަމަވެސް ބޮޑެތި ބްރޭންޑްތައް ހިމެނޭގޮތަށް އެތައް ރިސޯޓަކުން އަންނަނީ އެ ގަވާއިދުގެ ދަށުން ޑޮލަރު މާރު ކުރަން ދަތިކަން އެމްއެމްއޭއަށް އަންގަމުންނެވެ.

Redstar
comment ކޮމެންޓް

comment 112233.

7 month 6 day ago

ޙޮޅުވާ ހޮޓަލެއްތަ ތީ ؟

comment މއކ

7 month 7 day ago

ޗަންޕާ ސެންޓަރަލް ހޮޓެލް އެކަނިތަ މިމާލޭގަ ހިންގަނީ.

comment ބަނޑުދަށް

7 month 7 day ago

ތީ ގޮއެއް ދައްކަން ކުރި ކަމެއް

comment ޤަމަރު

7 month 1 week ago

މީ ހަމަ ސްޓަންޓެއް.. އެތަން މަރާމާތަށް ބަންދުކުރަން އުޅޭތާ ކިތަންމެ ދުވަހެއް.. މިވަގުތާ ދިމާކޮށް މޮޅު އުކުޅެއް ހަދާލީ ތޯއްޗެއް!

comment ާަަަަަަޮިިުއަވަދި

7 month 1 week ago

ާމިހަާރު ދެން ތި ސަރުކާރު ނިމެން ކަރިވީ

comment ކިލަމަންސް

7 month 1 week ago

މަޖިލީހުގައި ގިނައިން ތިބީ ކަމަށް ކުފޫ ހަމަވާ މެމްބަރުންނެއް ނޫން.

comment މީހެއް

7 month 1 week ago

އެންމެން ފުޑަާ ލަން އެއުޅެނީ.މީވަރެއްގެ ސަރުކާރެއް.

reply ޅަހުއްތު

7 month 1 week ago

ވިޔާފާރި ވެރިންނައް ލިބޭ އެންމެ ޑޮލަރެއްވެސް ބޭންކައް ދީގެނެއްނުވެ، އެކަމު ބޭންކުން ވިޔަފާރިވެރިޔާއަށާ އާންމު ރައްޔިތު މީހާޔައް ޑޮލަރު ދޭންޖެހޭ، ނުދީފިއްޔާވެސް ގޯސްވަނީ ސަރުކާރު. ޜައްޔިތުމީހާ ފުޑުނަސް ޑޮލަރު ނުލިބެންޔާ ސަރުކާރަކައްވެސް ނުދެވޭނެ. އެވަރު ނުވިސްނޭތީ މީގެކުރިން ރައްޔިތު މީހާ ސަރުކާރައް ބެވީ، މިހާރު ސަރުކާރުން އެތިބީ ރައްޔިތުންގެ އަޑުއަހައިގެން ޑޮލަރު ހޯދަންނުކުމެ، އެކަމު މިފަހަރުވެސް ގޯސްވާނީ ސަރުކާރު

comment މޮޔަހެއްދުން

7 month 1 week ago

ވިސްނުމެއް ދިރާސާއެއްނެތި ކަންކަންކުރުމުން އިޔާދަނުކުރެވޭވަރުގެ ބޮޑަތިގެއްލުންތައްކުރިމަތިވަނީ، މަސްވެރިކަން ހަލާކުވެދިޔައީ ދެން ޓުައަރިޒަމް މިއޮތީ ހަލާކުވުމުގެ މަގުމަތީގައި، ފުނިފުންޏައް ރެޔާދުވާލު ބޮޑަތި ވައުދުތައްވެ ރައްޔިތުންނައް އޮޅުވާލާ ތިމާމެންގެ ސިޔާސީބާރުވެރިކަން އިތުރުކުރަން ހަދައިގެން ގައުމުމިޔޮއް އިނދަޖެހި ހަލާކުވަނީ، ޓެކްސްތައް ކުޅަދާނަ ނުވާވަރައް ބޮޑުވީ، އޭގެން ނިކަމެތި ރައްޔިތަކައް ފައިދާއެއްނުވެ، އާސަންދަޔާ ސަބްސިޓީތަކައްވެސް ދަތިކޮއްލީ، ރައްޔިތުންގެ މަޖިލީހާ ސިޔާސީމަގާގުމަތަކައް، ގައުމައް ކުޅަދާނަނުަވާވަރުގެ މުސާރަތަކާ އިނާޔަތްތަކާއެކު، ސިންގަޕޫރާ މެލޭސިޔާއިން ބޭސްފަރުފާކުރެވުމަކީ ނިކަމެތި ރައްޔިތުންނައް ފައިދާވާނެކަމެއްނޫން. މިވެރިކަމުގެ އާރާބާރު ދެމެހެއްޓުމައްޓަކައި ރައްޔިތުންނާ ވިޔަފާރިތައް ދިޔަފެލާލާ ދުވަސްދުއްވާލަނީ