ތ. މަޑިފުށިން ގެއްލިގެން ހޯދަން އިއްޔެ އިއުލާނުކުރި މީހާ މިހާރު ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ގެއްލިގެން ހޯދަން އިއުލާނުކޮށްފައި ވަނީ ތ. މަޑިފުށި، ބޮންތި ޙަސަން ނިހާލު (34އ) އެވެ.
ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ފުލުހުންނަށް ރިފޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ ހަސަން ނިހާލު، އިއްޔެގެ ވަގުތެއްގައި ފެނިފައިވާކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އިއްޔެ އޭނާ ހޯދުމަށް ފުލުހުން އިއުލާނުކުރީ، ގެއްލިގެން އުޅޭތާ ދެ ދުވަސް ވެސް ވީ ފަހުންނެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނިހާލުގެ އާއިލާއަށް ޚަބަރެއް ނުވެގެން 20:07 އެހާ ކަންހާއިރު ފުލުހުންނަށް އާއިލާއިން ވަނީ ރިޕޯޓު ކޮށްފައެވެ.
މީހުން ގެއްލިގެން ދޭތެރެދޭތެރެއިން ރިޕޯޓުކުރެއެވެ. އޭގެ ތެރޭގައި ފުރާވަރުގެ ކުދިން ގިނައިން ހިމެނޭއިރު، އާންމުކޮށް ހޯދަން އިއުލާނުކުރާ ހިސާބުން އެ މީހުން ފެނެއެވެ.
comment ދިލް
6 month 3 day ago
ގައިމު ފެނުނީ ކޮނތާކުން ކޮން ހާލެއްގަތޯ ވެސް ޖަހާލިނަމަ ތާ... އޭރުން ކިޔުން ތެރިންނަށް އެނގޭނީ އޭނާ ގެއްލުނީތޯ، ފިލީތޯ، ނޫނީ ބަޔަކު ވެގެން ގެއްލުވާލަން އުޅުނީތޯ.... ވަރަހ ވެސް ދަށް ޚަބަރެއް. އެއްވެސް ތަސައްލީ އެއް ނުލިބުނު މި ޚަބަރު ކިޔައިގެނެއް