މާލެއިން ހުޅުމާލެއަށް ދަތުރުކުރަނިކޮށް ބުރިޖު ހައިވޭ މަތީގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންނަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެހީވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި މިއަދު ދައުރުވާން ފަށައިފިއެވެ.
ތިން ސައިކަލު ޖެހި ބުރިޖު މަތީގައި އެކްސިޑެންޓެއް ހިނގީ ރޭ 12:11 އެހާކަންހާއިރެވެ. އެކްސިޑެންޓުގައި ފަސް މީހަކަށް އަނިޔާވިއެވެ.
އެކްސިޑެންޓު ހިނގިއިރު އެ ސަރަހައްދުގައި ހުރި މީހަކު 'ސަން'އަށް މައުލޫމާތު ދިން ގޮތުގައި އެކްސިޑެންޓު ހިނގީ ކުރީގެ ނައިބު ރައީސް ފައިސަލް މާލެއިން ހުޅުމާލެއަށް ވަޑައިގަންނަވަނިކޮށެވެ. އެކްސިޑެންޓުވި މަންޒަރު ފެނުމުން ފައިސަލް ކާރުން ނުކުމެ، އެ މީހުންނަށް އެހީވާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯތައް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
މައުލޫމާތު ދިން މީހާ ބުނި ގޮތުގައި އެކްސިޑެންޓުގައި އަނިޔާވީ ދެ އަންހެނުންނާއި ތިން ފިރިހެނުންނަށެވެ. އަނިޔާވި ތަނުން އެއް އަންހެނަކީ މާބަނޑު މީހެކެވެ.
އެ ވަގުތު އެ ސަރަހައްދުގައި، އެކްސިޑެންޓުވި މީހުންނަށް އެހީވާން ހުންނެވި ފައިސަލް ވަނީ އޭނާގެ ކާރުކޮޅުގައި ދެ އަންހެނުން ވެސް ހުޅުމާލޭ ހޮސްޕިޓަލަށް ފޮނުވައިފައެވެ. ދެން އަނިޔާވި ތިން މީހުން ހޮސްޕިޓަލަށް ފޮނުވާލީ ޓެކްސީގައެވެ.

އެކްސިޑެންޓްވި މީހުންނަށް ކުރީގެ ނައިބު ރައީސް ފައިސަލް އެހީތެރިވަނީ --- ފޮޓޯ/ ސޯޝަލް މީޑިއާ
މަންޒަރު ދުށް މީހާ ބުނި ގޮތުގައި ފައިސަލް ވަނީ އެ މީހުން ހުޅުމާލޭ ހޮސްޕިޓަލަށް ފޮނުވާލުމަށް ފަހު، އެ މީހުންގެ ހާލު ބައްލަވާލައްވަން ޓެކްސީއެއްގައި ހުޅުމާލޭ ހޮސްޕިޓަލަށް ވަޑައިގެންފައެވެ.
މާބަނޑު އަންހެނަކަށް އަނިޔާވިކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ފުލުހުން ބުނީ، އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އެކަކަށް އަދިވެސް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ސައިކަލު އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ދެ ސައިކަލު ޖެހި، ފަހަތުން އައި އެހެން ސައިކަލެއް ވެސް ޖެހިގެންނެވެ. ގަވާއިދާ ހިލާފަށް ދުއްވި ސައިކަލު މިހާރު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރީގައި ވެސް މަގުމަތީގެ އެކްސިޑެންޓުތަކުގައި މި ގޮތަށް އަނިޔާވާ މީހުންނަށް ފައިސަލް އެހީވެވަޑައިގަންނަވާ މަންޒަރުތައް މީސްމީޑިއާގައި އާންމުވެފައިވެއެވެ.
އިޖުތިމާއީ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފައިސަލަކީ އެކްސިޑެންޓުތައް މަދު ކުރުމާއި ރޯޑް ސޭފްޓީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން އުފަން ރަށް ޏ. ފުވައްމުލަކުގައި އަމިއްލަ ޚަރަދުގައި ބަންޕަރުތަކެއް ވެސް ގާއިމުކޮށްފައެވެ. އަދި، އަމިއްލަ ޚަރަދުގައި ރޯޑް ސޭފްޓީގެ އެތައް ޕްރޮގްރާމެއް ވެސް ހިންގާފައިވެއެވެ.
މީގެ ކުރިން ހިނގި ބައެއް އެކްސިޑެންޓުތައް ހިނގި ވަގުތު ވެސް ފައިސަލް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، 2019 ވަނަ އަހަރު މީހަކު މިސްކިތަށް ވެއްޓުނު މީހަކު ވެސް ފައިސަލްގެ ކާރުކޮޅުގައި ހޮސްޕިޓަލަށް ގެންގޮސްދެއްވާފައިވެއެވެ.
comment ސަޢީދު
6 month 3 week ago
މަ ނަމަވެސް އެހީވާނަން.. އިންސާނެއް ވިއްޔާ އިންސާނިއްޔަތުކަން ހުންނަން ޖެހޭނެ. އަޅާނުލާ ދާނީ އިންސާނިއްޔަތުކަމެއް ނެތް މީހަކު.
reply އިންސާނުން
6 month 3 week ago
ކިތައް މީހުންތޯ އެކްސިޑެންޓް ތަކުގައި އެހީ ނުވެ ދަނީ. ކާރު ހަޑިވެދާނެތީ، ނޫނީ ދާންޖެހޭ ތަނަކަށް ލަސްވެދާނެތީ، ނޫނީ އެހެން ކޮންމެވެސް ކަމެއް.
comment ރައްޔިތެއް
6 month 3 week ago
ކުރިންވެސް ހަމަ މިފަދައިން އެހީތެރިވެފައި ވޭ، ހަމަ ހައިވޭއިން، މިއީ އެބޭފުޅާ އަލަށް ކުރައްވާކަމެއްނޫން. ޜަހުމަތް ލައްވާށި
comment އާސިމް
6 month 3 week ago
ދެއްކުންތެރިކަން މިވަރެއްނެތް
reply މަހުމޫދު
6 month 3 week ago
ހާދަހާވާ ސިކުނޑީގަ ތެއްކަމެއް ނެތިއްޔޭދޯ!
comment މަރީ 2 ނަމްބަރު
6 month 3 week ago
ހީއިޒް އޯލްވެސް ދެއަރ. ވެންއެވަރ ދެއަރއިޒް އެކްސިޑެންޓް. ވެރީނައިސް ގާއި ދެޓް ހީއިޒް.
comment ގ
6 month 3 week ago
އޭހޭން ތޭ
comment ސުދީރު
6 month 3 week ago
ފައިސަލްގެ ކިބައިން އެފެންނަނީ ޓުއަރިޒަމްގެ ދާއިރާގައި މަސައްކަތްކޮށްފައިވާތީވެ ލިބިފައިވާ ހިތްހެޔޮކަމާއި އޯގަަތެރިކަމުގެ ސިފަތަށް. ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތްކުރާ ގިނަ މީހުންނީ ހިދުމަތް ދިނުމުގައި ތަމްރީނުލިބިގެން ތިބިބައެއް. ބައެއް ރިސޯޓްތަކުގައި ތިބޭ ބައެއް ދިވެހި ސީނިއަރ މީހުން ފަރާތުން ބޮޑާކަން ފެނުނަކަސް ގިނަ މީހުންނީ ހަމަ ފައިސަލް ކަހަލަ ހިތްތިރި އޯގާތެރި މީހުން. ސަރުކާރުގެ މަތީމަގާމްތަކަށް ސަރުކާރުގެ ކުންފުނިތަށް ހިންގަން ވެރިންނަށް ނަގަންވީ ރިސޯޓްތަކުގައި ސީނިއަރ ލެވެލްގައި މަސައްކަތްކޮށްފައި ތިބޭމީހުން، އެމީހުންގެ ހުންނާނެ ބެސްޓް ޕްރެކްޓިސް ގެ ގަވަައިދުތަށް. ހަމަޔަގީނުންވެސް މިއުމިއުޅޭ ކޮރަޕްޓް ސިޔާސީ މީހުން އުޅޭހެން މޭފުއްޕާފައި ތިމާމީ އެންމެ ގަދަމީހާކަމަށް ހެދިގެން އެމީހުން ނުއުޅޭނެ.
comment އަހުމަދު
6 month 3 week ago
ފައިސަލް އަށް ހެޔޮރަޙްމަތްލައްވާށިއެވެ. އާމީން